ކޮމަންވެލްތު ގޭމްސްގެ ރާއްޖޭގެ ޗެފް ޑި މިޝަނަރަކަށް ޖަވާ

Oct 17, 2021, 1:13 PM
ކޮމަންވެލްތު ގޭމްސްގެ ރާއްޖޭގެ ޗެފް ޑި މިޝަނަރަކަށް ޖަވާ

މެދުކެނޑުމަކަށް ފަހު ރާއްޖޭން ވާދަކުރާ ފުރަތަމަ ކޮމަންވެލްތު ގޭމްސްގައި ދިވެހި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ހަމަޖައްސައިފި އެވެ.

ކޮމަންވެލްތު ގޭމްސް އޮންނާނީ އަންނަ އަހަރުގެ ޖުލައި 28 އިން އޮގަސްޓް އަށް ވަނަ ދުވަހުގެ ނިޔަލަށް އިންގްލެންޑްގެ ބާމިންހަމްގަ އެވެ. ކޮމަންވެލްތު ގޭމްސްގައި ރާއްޖޭން ބައިވެރިވާ ކުޅިވަރުތައް ކަނޑައަޅާނީ އަންނަ އަހަރުގެ ކުރީކޮޅުގަ އެވެ. ރާއްޖެ އަށް ކޮލިފައިން މެދުވެރިކޮށާއި އެހެނިހެން ގޮތްގޮތުން ވެސް ކޮމަންވެލްތު ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު ލިބެ އެވެ. މިއީ ރާއްޖޭގެ އެތުލީޓުންނަށް ލިބޭ ބޮޑު ފުރުސަތެކެވެ.

ރާއްޖޭގެ ކޮންޓިންޖެންޓްގެ އިސް ޒިންމާއެއް ޖަވާއާ ހަވާލުކުރުމަށް ފަހު އޮލިމްޕިކް ކޮމިޓީން ބުނީ އެ މަގާމު ޖަވާ އަށް ދިނީ ފުރިހަމަ އިތުބާރާ އެކީ ކަމަށެެވެ. އަދި އެ ޒިންމާއާ ހަވާލުވެ، ހުރެ ޖަވާގެ ފަރާތުން ދިވެހި ކޮންޓިންޖެންޓަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަަމަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޮލިމްޕިކް ކޮމިޓީން ބުނެފައިވެ އެވެ.

އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް ތަމޫ (ވ) އާއި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޖަވާ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ޖަވާ އަންނަނީ 1999 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގައި މަސައްކަތް ކުރަމުންނެވެ. އެފްއޭއެމްގެ ސްޓާފެއްގެ ގޮތުގައި މަސައްކަތް ފަށައި ޖަވާ ވަނީ ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޝަނުގެ ކަންކަމުގައި އެކި ޒިންމާތައް އަދާކޮށް މިހާތަނަށް މުހިއްމު ގިނަ ހިދުމަތްތަކެއް ކޮށްފަ އެެެވެ. އެފްއޭއެމްގެ އެކި ރައީސުންގެ ދައުރުގައި ވެސް ޖަވާ ވަނީ އިދާރީ ގޮތުންނާއި ހިންގުމުގައި އަމަލީގޮތުން މުހިއްމު މަސައްކަތްތަކެއްގައި ބައިވެރިވެފަ އެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ބައްސާމް އަދީލް ޖަލީލް އިންތިހާބުވެވަޑައިގަތުމަށް ފަހު 2016 ވަނަ އަހަރު ވަނީ ޖެނެރަލް ސެކްރެޓަރީ އަކަށް ޖަވާ އައްޔަނުކޮށްފަ އެވެ. އޭގެ ކުރިން 2014 ވަަނަ އަހަރު ވެސް ޖަވާ ވަނީ ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކޮށްފަ އެވެ.

މިހާރު ޖެނެރަލް ސެކްރެޓަރީގެ މަގާމު ޖެހިޖެހިގެން ދެ ވަނަ ދައުރަކަށް ފުރުއްވަމުން އަންނަ ޖަވާ އަކީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ ޖެހިޖެހިގެން ދެ ވަނަ ދައުރަކަށް ކުރައްވަމުން އަންނަ ފުރަތަަމަ ފަރާތެވެ. ޖަވާ އަންނަނީ އޭޝިއާގެ މައި އިދާރާ އޭއެފްސީ އާއި ދުނިޔޭގެ ފުޓްބޯޅައިގެ އިސް ޖަމިއްޔާ، ފީފާގެ ބައްދަލުވުންތަކުގައި ރާއްޖެ ތަމްސީލް ކުރައްވަމުންނެވެ.

ދުނިޔޭގެ 53 ގައުމަކުން ބައިވެރިވާ ކޮމަންވެލްތުގެ މެމްބަރު ގައުމުތަކުގެ މެދުގައި ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ކޮމަންވެލްތު ގޭމްސް އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތެވެ. މުޅި އެކު 18 ކުޅިވަރެއްގެ 261 އިވެންޓް އޮންނަ މި ގޭމްސްގައި 4،000 ވަރަަކަށް އެތުލީޓުން ބައިވެރިވެ އެވެ.

ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން މި ކުޅިވަރު ހަރަކާތުގައި ބައިވެރިވަމުން އައި ނަމަވެސް 2016 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮމަންވެލްތުން ވަކިވާން ނިންމުމާ އެކު، އެ ގޭމްސްގެ ފުރުސަތު ރާއްޖެ އަށް ގެއްލުނީ އެވެ. ކޮމަންވެލްތާ ގުޅުމަކީ ރައީސް އިބްރާހިމް މުއްމަދު ސޯލިހްގެ ރިޔާސީ އެއް ވައުދެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮމަންވެލްތާ ގުޅެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެކަން ފާސްކުރި އެވެ.

ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނުކަން ރަސްމީކޮށް އިއުލާންކުރީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ. އަލުން ކޮމަންވެލްތު ގޭމްސްގައި ރާއްޖެ ބައިވެރިކުރިކަން އެންގީ މިދިޔަ އަހަރު އޮގަސްޓް މަހުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox