ޔުނައިޓެޑްގެ ރެކޯޑް ނިމުމަކަށް، މެންޑީ ތަފާތު ދައްކައި ޗެލްސީ އެއް ވަނަ އަށް

Oct 16, 2021, 6:52 PM
ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މެންޑީ ބޯޅަ ހިފަނީ.-

ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މެންޑީ ބޯޅަ ހިފަނީ.-

ލަންޑަން (އޮކްޓޫބަރު 16) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލެސްޓާ ސިޓީ އަތުން 4-2 އިން ބަލިވެ މެންޗެސްޓާ ޔުނައިޓެޑް ރަށުންބޭރުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް 29 މެޗަށް ފަހު ނިމުނުއިރު، ބްރެންޓްފޯޑްގެ މައްޗަށް 1-0 އިން ކުރިހޯދައި ޗެލްސީ އަލުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

މިރޭގެ މެޗަށް ނުކުތްއިރު ޗެލްސީ އަށް އޮތީ އެއް ވަނަ ގެއްލިފަ އެެވެ. އެއީ ވަޓްފޯޑް އަތުން ލިވަޕޫލް 5-0 އިން ހޯދި މޮޅާ އެކު އެވެ.

ޗެލްސީ އަލުން އެއް ވަނަ އަށް އެރީ އެ ޓީމުގެ ކީޕަރު އެޑޮއާޑް މެންޑީ ދެއްކި ތަފާތު މޮޅު ކުޅުމާ އެކު އަށް މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި ލިވަޕޫލް އޮތީ އަށް މެޗުން 18 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތީ މިރޭ 2-0 އިން ބާންލީ ބަލިކުރި މެންޗެސްޓާ ސިޓީ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ސިޓީ އަށް އަށް މެޗުން ވަނީ 17 ޕޮއިންޓް ލިބިފަ އެވެ.

ލެސްޓާ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ޔުނައިޓެޑުން ލީޑުނެގީ 19 ވަނަ މިނިޓްގައި އޭރިއާބޭރުން މޭސަން ގްރީންވުޑް ޖެހި މޮޅު ގޯލުންނެވެ. އެ ގޯލު ޖެހިތާ ބާރަ މިނިޓް ފަހުން ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ހެދި ގޯހެއްގެ ފައިދާނަގައި ލެސްޓާ އަށް އެއްވަރުކޮށްދިނީ ޔޫރީ ޓީލެމަންސް އެވެ.

ޝަލްގާ ސޮޔުންޗޫ ޖެހި ގޯލުން މެޗުގެ 78 ވަނަ މިނިޓްގައި ލެސްޓާ އިން ފުރަތަމަ ފަހަރަށް ލީޑުނެގި އެވެ. ލެސްޓާ އަށް ލީޑުހިފަހައްޓައިލެވުނީ ތިން މިނިޓް އެވެ.

ޔުނައިޓެޑްގެ ރޮނާލްޑޯ އަތުން ބޯޅަ ހޯދަން ލެސްޓާގެ ސޮޔުންޗޫ ޓެކަލްކުރަނީ.-- ފޮޓޯ: އޭއެފްޕީ

އަނިޔާ އިން ރަނގަޅުވުމަށް ފަހު ކުޅުމަށް އެނބުރި އައި މާކަޝް ޜެޝްފޯޑް ވަނީ މެޗުގެ 82 ވަނަ މިނިޓްގައި ޔުނައިޓެޑަށް އެއްވަރުކޮށްދީފަ އެވެ. ޔުނައިޓެޑުން އެއްވަރުކުރި ނަމަވެސް އެ ބޯޅަ ކޮށްޓައިގެން ދިޔަ ގޮތަށް ކުރި ފުރަތަމަ އެޓޭކްގައި ލެސްޓާ އިން އަލުން ލީޑުނެގި އެވެ. އަޔޯޒީ ޕެރޭޒް ދިން ބޯޅައަކުން މި ގޯލު ޖެހީ ޖޭމީ ވާޑީ އެވެ. އިތުރު ވަގުތުގައި ލެސްޓާގެ ފަހު ގޯލު ޖެހީ ޕެޓްސަން ޑަކާ އެވެ.

މިރޭ ލެސްޓާ އަތުން ބަލިވުމުގެ ކުރިން ޔުނައިޓެޑް އެންމެ ފަހުން ރަށުންބޭރުގައި ލީގުގެ މެޗަކުން ބަލިވީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު ލިވަޕޫލް އަތުންނެވެ.

ހަތްދިހަ ހަތަރު އަހަރު ފަހުން އިނގިރޭސި ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ބްރެންޓްފޯޑުން ވަނީ މި ފަހަރު އާސެނަލް ބަލިކޮށް ލިވަޕޫލާ އެއްވަރުކޮށްފަ އެވެ.

މިރޭ ބްރެންޓްފޯޑުން ޔޫރަޕްގެ ޗެމްޕިއަން ޗެލްސީގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް މެންޑީ ވަނީ ހުރިހާ ހަމަލާއެއް ހުއްޓުވައިފަ އެވެ. މި މެޗުގައި ޗެލްސީގެ ހަމައެކަނި ގޯލު ޖެހީ ފުރަތަމަ ހާފުގައި ކާމިޔާބުކުރީ ބެން ޗިލްވެލް އެވެ.

ޗެލްސީ އަކީ ލަންޑަންގެ ކްލަބްތަކުގެ ތެރެއިން ޖެހިޖެހިގެން ހަތް މެޗުން ރަށުންބޭރުގައި ލަންޑަންގެ އެހެން ކްލަބްތައް ބަލިކުރި ފުރަތަމަ ޓީމެވެ.

ބާންލީ ކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން ސިޓީގެ ދެ ގޯލު ޖެހީ ބެނާޑޯ ސިލްވާ އާއި ކެވިން ޑި ބްރޭނާ އެވެ.

ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ފަހު ވަގުތު ލަނޑު ޖަހައި ވުލްވްސް އިން ވަނީ އެސްޓަން ވިލާ ދަނޑުގައި 3-2 އިން މޮޅުވެފަ އެވެ. ނޯވިޗާއި ބްރައިޓަން ލަނޑެއް ނުޖެހި އެއްވަރުވިއިރު، ސައުތެމްޓަން ވަނީ 1-0 އިން ލީޑްސް ބަލިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox