އަފްގާނިސްތާނަށް އެހީވާނަން އެކަމަކު ތާލިބާން ސަރުކާރު ބަލައިނުގަނެވޭ: ތުރުކީ

ތުރުކީ ސަރުކާރާއި ތާލިބާން ސަރުކާރުގެ އޮފިޝަލުން އަންކާރާގައި ބައްދަލުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ތުރުކީ ސަރުކާރާއި ތާލިބާން ސަރުކާރުގެ އޮފިޝަލުން އަންކާރާގައި ބައްދަލުކުރަނީ. -- ފޮޓޯ: އޭއެފްޕީ

އަންކާރާ، ތުރުކީ (އޮކްޓޯބަރު 14) - އަފްގާނިސްތާނަށް ދިމާވެފައިވާ އިންސާނީ ކާރިސާ އިން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތުރުކީ އިން ތައްޔާރަށް އޮތް ނަމަވެސް ތާލިބާނުންގެ ވެރިކަން ބަލައިނުގަނެވޭނެ ކަމަށް ބުނެފި އެވެ.

ބައިނަލްއަގްވާމީ މުޖުތަމައުގެ ރުހުން ހޯދުމަށް ތާލިބާނުން މަސައްކަތް ކުރަމުން ދާއިރު ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތް ކަވުސޮގްލޫ އާއި ތާލިބާން ސަރުކާރުގެ ފޮރިން މިނިސްޓަރު އާމިރް ހާން މުއްތަގީ ބުރާސްފަތި ދުވަހު ތުރުކީގައި ބައްދަލުކުރި އެވެ.

މުއްތަގީ ތުރުކީ އަށް ދިޔައީ ގަތަރުގެ ދޯހާގައި އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ފަހު އެވެ. އެ ބައްދަލުވުމުގައި މުއްތަގީ ބުނީ އަފްގާނިސްތާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ ސެކިއުރިޓީ ހާލަތު ގޯސްވާ ސަބަބެއް ކަމަށެވެ.

ތުރުކީގެ އަންކާރާގައި މުއްތަގީ އާއި ކަވުސޮގްލޫ ބޭއްވި ބައްދަލުވުމަށް ފަހު ތުރުކީ އިން ވެސް ވަނީ މުއްތަގީގެ އެ ވާހަކައާ އެއްބަސްވެފަ އެވެ.

"މިހާރު މި އޮތް ތާލިބާން ސަރުކާރާ އެކު ކުރިއަށް ދިޔުމުގެ މުހިއްމުކަމާ ގުޅޭ ގޮތުން ބައިނަލްއަގްވާމީ މުޖުތަމައުއާ ވާހަކަ ދެކެވިއްޖެ. ތާލިބާން ސަރުކާރު ބަލައިގަތުމާއި އެކުގައި މަސައްކަތް ކުރުމަކީ މުޅިން ތަފާތު ދެ ކަންތައް،" ކަވުސޮގްލޫ ވިދާޅުވި އެވެ.

"އަފްގާން އިގްތިސާދު ހުއްޓިގެން ނުވާނެ. އެހެންވީމަ، ބޭރުގައި ހުރި އަފްގާނިސްތާނުގެ އެކައުންޓުތައް ފްރީޒް ކުރި ގައުމުތަކުން މިހާރަށް ވުރެ ދޫދީގެން އަމަލުކޮށް، ރައްޔިތުންގެ މުސާރަ ފޯރުކޮށްދެވޭނެ ގޮތް ތަނަވަސްކޮށްދޭން ޖެހޭ."

މިދިޔަ އޯގަސްޓު މަހު ތާލިބާނުން ވެރިކަމަށް އައުމާއެކު ވޯލްޑު ބޭންކުން ވަނީ އަފްގާނިސްތާނަށް ފޯރުކޮށްދޭ ފަންޑުތައް ހިފަހައްޓާފަ އެވެ.

ކަވުސޮގްލޫ ވިދާޅުވީ އަންހެން ކުދިންނަށް ތައުލީމް ލިބިގަތުމަށް ހުރަސް ނޭޅުމަށާއި އަންހެނުން ވަޒީފާ އަށް ދިޔުން މަނާ ނުކުރުމަށް ތާލިބާނުންނަށް ބާރު އެޅުއްވި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox