ދަނގެތިން ގެއްލިގެން ހޯދި މީހެއް ވަޅެއްގެ ތެރޭ މަރާލާފައި އޮއްވާ ފެނިއްޖެ

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ މަހުމޫދު: އޭނާގެ މަރާއެކު ދަނގެތި އޮތީ ބިރުވެރިކަމެއްގެ ތެރޭ

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ މަހުމޫދު: އޭނާގެ މަރާއެކު ދަނގެތި އޮތީ ބިރުވެރިކަމެއްގެ ތެރޭ

އދ. ދަނގެތީގައި ގެއްލިގެން ހޯދި މީހެއް މަރާލުމަށްފަހު ވަޅަކަށް އެއްލާލާފައި އޮއްވާ ފެނިއްޖެ އެވެ.

މަރާލާފައިވަނީ އެ ރަށު މޮނަލާޒު, މަހުމޫދު އަބޫބަކުރު, 57 އެވެ. އޭނާއަކީ އެ ރަށުގައި ކެފޭއެއް ހިންގާ ވިޔަފާރިވެރިއެކެވެ.

އޭނާގެ ތިން ދަރިންނާއި އަތްނބަކު އެބަ ހުއްޓެވެ.

ރަށުން ތުހުމަތު ކުރާ ގޮތުގައި އޭނާ މަރާލާފައިވަނީ އެ ރަށަށް އެރި އެހެން ރަށަކު ދެ މީހުންނެވެ.

އެރަށު ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު "އަދަދު"އަށް ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން ހޯދަމުން ދިޔަ މަހުމޫދު ފެނުނީ މަރާލުމަށްފަހު ބޮލަށާއި ދެފަޔަށް ސުތުލި ގޯންޏެއް އެރުވުމަށްފަހު ވަޅަކަށް އެއްލާލާފައި އޮއްވާ ކަމަށެވެ.

ރޭ 11:00އިން ފެށިގެން އާއިލާއިން އޭނާ ގެއްލިގެން އުޅޭކަން ފާހަގަކުރައްވުން މުއާވިޔަތު ވިދާޅުވީ އެނާ ހޯދުމުގެ މަސައްކަތް އެރަށު ރައްޔިތުންނާއެކު ކައުންސިލުން ފެށީ މިއަދު ހެނދުނު ކަމަށެވެ.

އަދި ފުލުހުންނާއި އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ އެހީތެރިކަމާއެކު އެރަށުގެ ފަޅާއި ރަށު ތެރެވެސް ބަލާ ފާސްކުރި ކަމަށް ވިދާޅުވި އެވެ.

މަމަމަ
މަމަމަ

މަހުމޫދު މަރާލާފައި އޮއްވާ ފެނުނު ވަޅު ފުލުހުން ކޯޑަން ކޮށްފައި.

މިހާރު ފުލުހުންގެ ފޮރެންސިކް ޓީމުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާއިރު، މުއާވިޔަތު ވިދާޅުވި ގޮތުގައި މިހާރު މަހުމޫދުގެ ހަށިގަނޑު ވަޅުން ނަގާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ބެލެވެނީ ވައްކަމުގެ އަމަލެއް ކަމަށް

މުއާވިޔަތު އިތުރަށް ވިދާޅުވި ގޮތުގައި އެ ރަށުގައި ކެފޭއެއް ވެސް ހިންގާ މަހުމޫދަކީ އަބަދުވެސް ޖީބުގައި ގިނަ އަދަދެއްގެ ފައިސާ ގެންގުޅޭ މީހެއް ކަމަށެވެ.

އެގޮތުން ރޭ ގެއަށް ދިޔުމަށް ކެފޭއިން ނުކުތީ އިއްޔެ ކެފޭއަށް ލިބުނު ފައިސާ ޖީބަށް ލައިގެން ކަމަށެވެ.

"އެހެންވީމާ ބޮޑަށް ބެލެވެނީ ބަޔަކު ފައިސާގެ ދަހިވެތި ކަމުގައި ކޮށްފައިވާ ކަމެއް ކަމަށް،" މުއާވިޔަތު ވިދާޅުވި އެވެ.

މުއާވިޔަތު ވިދާޅުވީ މަހުމޫދު މަރާލިކަމަށް ތުހުމަތުކުރެވޭ ދެ މީހަކު، އެ ރަށު ރައްޔިތުން ނުކުމެ ވަނީ ހިފަހައްޓައި، ފުލުހުންނާ ހަވާލުކޮށްފަ އެވެ.

ނަމަވެސް، އެއީ އެކަމުގައި ސީދާ ބައިވެރިވި މީހުން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، އެ ދެ މީހުން ފުލުހުންނާ ހަވާލުކުރީ، އެ މީހުންގެ ރައްކާތެރިކަމަށްޓަކައި ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.

ފުލުހުން ބުނާ ގޮތުން, މަރާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox