ނިއުކާސަލުން ބޭނުންވާ ކޯޗުންގެ ޝޯޓްލިސްޓު ކުރީގައި ޖެރާޑާއި ލަމްޕާޑް

Oct 13, 2021, 4:41 AM
ނިއުކާސަލުން ބޭނުންވާ ކޯޗުންގެ ޝޯޓްލިސްޓު ކުރީގައި ޖެރާޑާއި ލަމްޕާޑް

ނިއުކާސަލް (އޮކްޓޫބަރު 13) - ސައުދީ އަރަބިއްޔާ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހިއްސާއާ އެކު ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ދާދި ފަހުން ގަތް ނިއުކާސަލް ޔުނައިޓެޑުން އާ ކޯޗެއް ހޯދަން ޝޯޓްލިސްޓުކުރި ކޯޗުންގެ ތެރޭގައި ޗެލްސީގެ ކުރީގެ ކޯޗު ފްރޭންކް ލަމްޕާޑާއި މިހާރު ރޭންޖާސްއާ ހަވާލުވެ ހުރި ކޯޗު ސްޓީވެން ޖެރާޑް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޖެރާޑް މި ވަގުތު ހުރީ ރޭންޖާސްއާ ހަވާލުވެ އެވެ. ދާދިފަހުން ޖެރާޑް ވަނީ 2024 ވަނަ އަހަރަށް ރޭންޖާސްގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. ލަމްޕާޑް ހުރީ މި އަހަރު ޖެނުއަރީ މަހު ޗެލްސީގެ ކޯޗުކަމުން ވަކިކުރި ފަހުން ޓީމަކާ ހަވާލުނުވެ އެވެ. ޗެލްސީގެ ކޯޗުކަމުގައި 18 މަސް ދުވަހު ހުރި ލަމްޕާޑް ވަނީ އެ ޓީމާ ހަވާލުވުމުގެ ކުރިން ޑާބީ ކައުންޓީ އަށް ކޯޗުކޮށްދީފަ އެވެ.

މި ސީޒަން ފެށުމުގެ ކުރިން ލަމްޕާޑަށް ވަނީ ކްރިސްޓަލް ޕެލަސްގެ ކޯޗުކަމާ ހަވާލުވާން ހުށަހެޅުމެއް ލިބިފަ އެވެ. އެކަމަކު، ލަމްޕާޑް ބޭނުންވާ ބައެއް ކަންތައްތައް ފުރިހަމަނުވާތީ އޭނާ އެ ހުށަހެޅުން ދޫކޮށްލީ އެވެ. ފަހުން ކްރިސްޓަލް ޕެލަސް އިން އެ ޓީމު ހަވާލުކުރީ ޕެޓްރިކް ވިއޭރާއާ އެވެ.

ނިއުކަސަލްގެ ކޯޗަކަށް ހުރި ސްޓީވް ބްރޫސް އަށް މަގާމުގައި ދެމިހުރެވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ.

ރިޕޯޓްތައް ބުނާގޮތުން ނިއުކާސަލްގެ އާ ބޯޑުން މިހާރު އަންނަނީ ބްރޫސްގެ ކޮންޓްރެކްޓް އުވާލަން ކުރަން ޖެހޭ މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ. އެއީ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ޓީމު ވަރުގަދަ ކުރަން ހަރަދުކުރަން ވިސްނާއިރު، މިހާރުން ފެށިގެން ކްލަބްގެ ބޯޑުން ބޭނުންވާ ކޯޗެއް ބެހެއްޓުމުގެ ބޭނުމުގަ އެވެ.

ނިއުކާސަލްއާ އާ މެނޭޖްމަންޓަކުން ހަވާލުވިއިރު، ކްލަބް މާލީ ގޮތުން ރަނގަޅު ހާލަތެއްގައި އޮތުމުން ޕްރިމިއާ ލީގުގެ ޓީވީ ރައިޓްސްގެ އާމްދަނީ އަންދާޒާކޮށް ލިބޭނެ ވަރަކަށް ބަލައި ރަނގަޅު އަދަދެއް ހަރަދުކުރަން ލިބޭނެ އެވެ. އެ އުސޫލުން ބަލާކަމަށްވާނަމަ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ނިއުކާސަލް އަށް 272 މިލިއަން ޑޮލަރު ހަރަދުކުރުމުގައި އެއްވެސް ހުރަހެއް ނެތެވެ.

ޖެނުއަރީ ޓްރާންސްފާ މާކެޓްގައި ނިއުކާސަލް އިން ފާރަލާނެ ކުޅުންތެރިންގެ ތެރޭގައި ބާސެލޯނާގެ ކްލެެމެންޓް ލޯންގްލޭ އާއި ފިލިއްޕޭ ކުޓީނިއޯ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox