މާލޭގެ ކާރުބާރު ބޮޑު 16 މަގެއްގައި ތާރު އަޅަނީ

މާލޭގެ އިރުން ދެކުނަށް އޮންނަ މަޖީދީ މަގު: ތާރު އަޅަނީ މިގޮތަށް ޓްރެފިކް ތޮއްޖެހުން ބޮޑު މައި މަގުތަކުގައި. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

މާލޭގެ އިރުން ދެކުނަށް އޮންނަ މަޖީދީ މަގު: ތާރު އަޅަނީ މިގޮތަށް ޓްރެފިކް ތޮއްޖެހުން ބޮޑު މައި މަގުތަކުގައި. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

މަގުތަކުގެ މައްސަލަ ހައްލުކުރަން މާލެ ސިޓީ ކައުންސިލުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ "މާލޭ ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓް"އަށް ބަދަލުގެނެސް، ބައެއް މަގުތަކުގައި ތާރުއަޅާ ގޮތަށް މިއަދު ހަމަޖައްސައިފި އެވެ.

މާލޭގެ މަގުތަކުގެ ފެންވަރު ދަށްވެ، ހިނގާބިނގާވެ އުޅުމަށާއި ދުއްވާއެއްޗިއްސަށް ދަތިވެފައިވާ މައްސަލަ ހައްލުކުރަން ހިންގާ މި ޕްރޮޖެކްޓު އޭރުގެ ސިޓީ ކައުންސިލުން 2019 ގައި އާރްޑީސީއާ ހަވާލުކުރީ ހުރިހާ މަގެއްގައި ގާ އަތުރާ ގޮތަށެވެ.

އޭރު ކައުންސިލުން މަގުތަކުގައި ތާރު ނާޅާ ގޮތަށް ޕްރޮޖެކްޓު ހަވާލުކުރީ، ޑީވޯޓަރިން މައްސަލަ ހައްލުވީމާ އެ މަސައްކަތް ފަށަން ކަމަށް ބުނެ އެވެ. އަދި ޕްރޮޖެކްޓު "އެއްކޮށް" ނިމޭއިރު މަގުތަކުގައި ތާރު އަޅާ ނިމޭނެ ކަމަށް ކުރީގެ މޭޔަރު ޝިފާ މުހައްމަދުއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައި އެބަހުއްޓެވެ.

އެކަމަކު މާލެ ސިޓީ ކައުންސިލުގެ މި ދައުރުން ވަނީ މި ޕްރޮޖެކްޓަށް ބަދަލު ގެނެސް މި ޕްރޮޖެކްޓަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ.

މާލެ ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓަށް ގެނައި ބަދަލުތައް

  • ބޭރު މަގާއެކު 16 މަގެއްގައި ތާރު އެޅުން
  • މާލޭގެ 105 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުން
  • ނޯތު ހާބަރާ ދިމާލުން ތޮށިގަނޑު ފެޔަށް ޖައްސާ މަގު ފުޅާކުރުން
  • ސެގްމަންޓްތަކަށް ބަހާލުމުގެ ބަދަލުގައި އެއްފަހަރާ ޕްރޮޖެކްޓް ކުރިޔަށް ގެންދިޔުން

މި އެއްބަސްވުމުގައި ސޮއިކުރަން ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޕްރޮޖެކްޓަށް ބަދަލު ގެނައި މައިގަނޑު ސަބަބަކީ ޕްރޮޖެކްޓު އަވަސްކުރުން ކަމަށެވެ. އަދި ކުރިން ސެގްމެންޓްތަކަށް ބަހާލައިގެން ޕްރޮޖެކްޓު ކުރިޔަށް ގެންދާތީ ދިގުލައިގެން ދިޔުމުގެ މައްސަލަ މިހާރު ދިމާ ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މި ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ތަކުލީފުތަކެއް ދިމާވެދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު ކުރު މުއްދަތެއްގެ ތެރޭގައި ޕްރޮޖެކްޓު ނިންމުމުގެ މަންފާ މާ ބޮޑު ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ބޭނުންވަނީ ބާރަށް އަވަސް ސްޕީޑެއްގައި މަޝްރޫއުގެ މަސައްކަތް ކުރިޔަށް ގެންގޮސް ރައްޔިތުން ބޭނުންވާ ޒަމާނީ މަގުތަކެއް ކުރު މުއްދަތެއްގެ ތެރޭގައި ފޯރުކޮށްދިނުން" މުއިއްޒު ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުގެ ސްޓްރެޓެޖިކް ޕްލޭނުގައި އެންމެ އިސްކަން ދީފައިވާ ކަންކަމުގެ ތެރޭގައި ވެސް "ހިތްފަސޭހަ މަގުމަތި" ހިމެނެ އެވެ. މި ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓަކީ އެކަން ހާސިލުކުރުމުގެ އެންމެ މުހިންމު ކޮމްޕޯނަންޓެވެ.

މި ރަސްމިއްޔާތުގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވަނީ ސިޓީ ކައުންސިލުގެ ބަދަލުތަކަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ރައްޔިތުންގެ މަންފާއަށް ކުރާ ކަންކަމުގައި އާރްޑީސީން އެއްބާރުލުން ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގާތްގަނޑަކަށް 462 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ބެލެވޭ މި ޕްރޮޖެކްޓުގެ ދަށުން މިހާރު ވެސް ބައެއް މަގުތަކުގައި މަސައްކަތްތައް ކޮށް ނިމި، އަނެއް ބައި މަގުތަކުގައި މަސައްކަތްތަށް ވަނީ ފަށާފަ އެވެ. އެގޮތުން މިހާރު މޮބިލައިޒްކޮށްގެން އުޅޭ ޕްރޮޖެކްޓު ސެގްމެންޓުގެ ދަށުން ހެންވޭރުގައި ވަނީ މަސައްކަތް ފަށާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox