ޓިކެޓު ވިއްކުމުގައި ކޮރަޕްޝަނެއް ނެތް: ބައްސާމް

Oct 11, 2021, 2:26 PM
ޔޫތު މިނިސްޓަރު މަހުލޫފް (ކ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ޔޫތު މިނިސްޓަރު މަހުލޫފް (ކ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ މެޗުތަކުގެ ޓިކެޓު ވިއްކުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި ސްރީލަންކާ އިއްޔެ ބައްދަލުކުރި މެޗުގެ ޓިކެޓު ވިއްކުމުގެ އިންތިޒާމްތައް ހުރިގޮތުން، ފުޓްބޯލް އެފްއޭއެމަށް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. އަދި ގަލޮޅު ދަނޑުން އެންމެ ފުރަތަމަ ސަޕޯޓަރުންނަށް ވިއްކަން ނެރުނު ޓިކެޓުތައް ހުސްވުމާ އެކު، ސަޕޯޓަރުން ހޫނުވެ، އެ ސަރަހައްދުގައި މުޒާހަރާ ވެސް ކުރި އެވެ.

އެކަމަކު، ފަހުން އެފްއޭއެމް އިން ވަނީ ހާއްސަ ކެޓެގަރީތަކަށް ރިޒާވްކުރި ޓިކެޓުތަކުގެ އަގު މަދުކޮށް، އިތުރު 1000 ޓިކެޓު ސަޕޯޓަރުންނަށް ވިއްކައިފަ އެވެ.

ޓިކެޓު ލިބުމުގައި އާންމުންނަށް ދަތިތަކެއް ކުރިމަަތިވުމާ އެކު، އެފްއޭއެމް އަށް ގިނަ ފާޑުކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެގޮތުން، ވިކެޓު ވިއްކުމުގައި ކޮރަޕްޝަން ހިނގާ ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ރާއްޖެ އާއި އިންޑިއާ މެޗުގެ ޓިކެޓު ވިއްކުމުގެ އިންތިޒާމްތަކާ ގުޅޭގޮތުން، މިއަދު ހަވީރު ސޯޝަލް ސެންޓަރުގެ މިނިސްޓަރު މަހުލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް ވަނީ މީޑިއާއާ ބައްދަލުކޮށްފަ އެވެ.

މީޑިއާއާ ވާހަކަ ދައްކަމުން، ބައްސާމް ވިދާޅުވީ ޓިކެޓު ވިއްކުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާނެ ޖާގައެއް ނެތް ކަމަށާއި އެފަދަ ކަމެއް ހިނގާފާނެ ކަމަށް ގަބޫލްފުޅުނުކުރައްވާ ކަމަށެެވެ.

"މި ވަގުތު ގަލޮޅު ދަނޑަށް މިވަދެވެނީ 5000 މީހުންނަށް. މި އަދަދުގެ ޓިކެޓު ބައެއް މި ހާއްސަކުރެވެނީ ސްޕޮންސަރުންނާއި ކުޅުންތެރިންގެ އާއިލާތަކަށް. މި އަދަދުތަކަށް ބަލާއިރު، ކޮރަޕްޝަނެއް ހިންގޭނެ ޖާގައެއް ނެތް. އަދި އެފަދަ ކަމެއް ހިނގާފާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ބައްސާމް ވިދާޅުވި އެވެ.

ރާއްޖެ - އިންޑިއާ ބައްދަލުކުރާ މެޗުގެ ޓިކެޓު މާދަމާ ހެނދުނު 10:00 އިން ފެށިގެން ސޯޝަލް ސެންޓަރުން ވިއްކަން ހަމަޖެހިފައިވާއިރު، ސަޕޯޓަރުންނަށް ވިއްކާނީ 3000 ޓިކެޓެވެ. ކޮވިޑްގެ ހާލަތާ ގުޅިގެން، މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ދަނޑަށް ވައްދަނީ 5000 މީހުންނެވެ.

ބައްސާމް ވިދާޅުވީ، ސަޕޯޓަރުންނަށް ވީހާ ވެސް ގިނަ ޓިކެޓު ފޯރުކޮށްދިނުމުގެ ގޮތުން، ސްޕޮންސަރުންނާއި ކުޅުންތެރިންނާ ކުރި މަޝްވަރާތަކުން، އެ ފަރާތްތަކަށް ލިބޭ ޓިކެޓުގެ އަދު މަދުކުރަން އެއްބަސްވެފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި، ކުޅުންތެރިންނާއި ސްޕޮންސަރުންނަށް ޝުކުރު އަދާކުރާ ކަމަށެެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ވީހާ ވެސް ގިނަ ސަޕޯޓަރުންނަށް ޓިކެޓު ލިބުން،" ބައްސާމް ވިދާޅުވި އެވެ.

ޓިކެޓު ވިއްކުމުގެ އިންތިޒާމްތައް ހަރުދަނާކޮށް، ސަޕޯޓަރުންނަށް ލުއިފަސޭހަތަކެއް

މިނިސްޓަރު މަހްލޫފު ވިދާޅުވީ ކުރިން ޓިކެޓު ގަތުމަށް ސަޕޯޓަރުން ކިއުގައި ގިނައިރުތަކެއް ހޭދަކުރަންޖެހުނު ނަމަވެސް، ޔޫތު މިނިސްޓްރީ އާއި އެފްއޭއެމް އިން ގުޅިގެން ޓިކެޓު ވިއްކުމުގެ އިންތިޒާމްތަކަށް ގެނައި ބަދަލުތަކާއެކު، ޓިކެޓު ކިއުގައި ސަޕޯޓަރުން ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑުތަން ކުޑަވާނެ ކަމަށެވެ.

ރާއްޖެ އާއި އިންޑިއާ މެޗުގެ ޓިކެޓު މާދަމާ ހެނދުނު 10:00 ވިއްކަން ފަށާއިރު، ސޯޝަލް ސެންޓަރު ސަރަހައްދުގައި ކިއު ހެދޭނީ 9:30 ގެ ފަހުންނެވެ. އޭގެ ކުރިން އެއްވެސް ފަރާތްތަކަށް އެ ސަރަހައްދުގެ ބޭރުގައި ކިއު ނުހުދޭނެ ކަމަށް ޔޫތު މިނިސްޓްރީން ބުނެ އެވެ. އަދި، ޓިކެޓު ވިއްކުމަށް ހަ ކައުންޓަރު ބޭނުންކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން، ކިއުގައި މަޑުކުރާއިރު، ކޮޅަށް ހުރުމުގެ ބަދަލުގައި، ހުރިހާ ފަރާތްތަކަށް ވެސް ގޮނޑީގައި އިށީންދެ ތިބެވޭނެ އިންތިޒާމް ވަނީ ހަމަޖައްސަައިފަ އެވެ. އަދި ކައުންޓަރަށް އެރުމުގެ ކުރިން، އައިޑީ ކާޑާއި ވެކްސިން ކާޑު ޗެކްކުރެވޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

އެފްއޭއެމް އިން ބުނީ ޓިކެޓު ގަންނަން އަންނައިރު، މާރުކުރަން ނުޖެހޭ ގޮތަށް، ޓިކެޓަށްވާ ފައިސާ ގެންނަން ހުރިހާ ފަރާތްތަކަށް ވެސް އިލްތިމާސްކުރާ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕްގައި ދެން ބާކީ އޮތީ ތިން މެޗެވެ. އެއީ ލީގު ބުރުގެ ފަހު ދެ މެޗާއި ފައިނަލް މެޗެވެ. ލީގު ބުރުގެ ފަހު ދެ މެޗުގެ ތެރެއިން ބުދަ ދުވަހު ހަވީރު ކުޅޭނީ ބަންގްލަދޭޝް އާއި ނޭޕާލް އެވެ. އަދި އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖެ އާއި އިންޑިއާ އެވެ. މިހާރު އޮތް ގޮތުން މި ދެ މެޗުން މޮޅުވާ ޓީމެއް ފައިނަލަށް ދާއިރު، ދެ މެޗު ވެސް އެއްވަރުވެއްޖެނަމަ ފައިނަލް ކުޅޭނީ ރާއްޖެ އާއި ނޭޕާލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox