ރާއްޖެ-އިންޑިއާ މެޗަށް ޖުމްލަ 3000 ޓިކެޓް، މީހަކަށް ވިއްކާނީ ގިނަވެގެން ދެ ޓިކެޓް

މީގެ ކުރިން ރާއްޖެ ކުޅުނު މެޗަކަށް މީހަކު ޓިކެޓު ގަނެގެން. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

މީގެ ކުރިން ރާއްޖެ ކުޅުނު މެޗަކަށް މީހަކު ޓިކެޓު ގަނެގެން. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ބުދަ ދުވަހު ކުޅެން ހަމަޖެހިފައިވާ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ޓިކެޓް ވިއްކަން މާދަމާ ފަށާއިރު، މީހަކަށް ގިނަވެގެން ވިއްކާނީ ދެ ޓިކެޓު ކަމަށް އެފްއޭއެމުން ހަމަޖައްސައިފި އެވެ.

މި މުބާރާތުގައި ރާއްޖެ ކުރިން ކުޅުނު ތިން މެޗުގައި ވެސް ޓިކެޓު ނުލިބުމުގެ ޝަކުވާތައް ބަންޑުންވެފައިވާއިރު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވީ ރާއްޖެ-އިންޑިއާ މެޗަށް އާންމުންނަށް ވިއްކަން ހަމަޖެހިފައިވަނީ ޖުމްލަ 3،000 ޓިކެޓު ކަމަށެވެ.

އެގޮތުން، މާދަމާ ހެނދުނު 10:00 ގައި ސޯޝަލް ސެންޓަރުގައި ޓިކެޓް ވިއްކަން ފަށާއިރު، ކޮންމެ މީހަކަށް ވިއްކާނީ ގިނަވެގެން ދެ ޓިކެޓު ކަމަށް ބައްސާމް ވިދާޅުވި އެވެ.

ޓިކެޓު ވިއްކުމަށް ސޯޝަލް ސެންޓަރުގައި ތިން ޓިކެޓު ކައުންޓަރު އެފްއޭއެމުން ވަނީ ގާއިމުކޮށްފަ އެވެ.

އެ މެޗަށް ވަންނަން ބޭނުންވާ އިންޑިއާ ސަޕޯޓަރުންނަށް 200 ޓިކެޓު ކަނޑައަޅާފައިވާއިރު، އެ ޓިކެޓު ގަންނަންޖެހޭނީ ގަލޮޅު ދަނޑުން ކަމަށް ބައްސާމް އިތުރަށް ވިދާޅުވި އެވެ.

ރާއްޖެ އާއި ސްރީ ލަންކާ ކުޅުނު މެޗަށް އާއްމުކޮށް ވިއްކަން ހުޅުވާލި ޓިކެޓުތައް ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ވިކި ހުސްވުމުން ކިޔޫގައި އެތައް އިރެއް ވަންދެން ތިބި މީހުންނަށް ވެސް ޓިކެޓް ނުލިބުނެވެ. އެކަމާ ގިނަ ސަޕޯޓަރުންތަކެއް ހިތްހަމަނުޖެހިގެން ދަނޑުތެރެއަށް ވެސް ވަނެވެ. އަދި މަގުމަތީގައި ނުރުހުމުގެ ޝުއޫރުތައް ވެސް ފާޅުކުރި އެވެ.

އެ ހުރިހާ ކަމަކަށް ބަލައި އެފްއޭއެމުން ވަނީ އިންޑިއާ އާއި ލަންކާގެ މެޗުގެ ހާއްސަ ކެޓަގަރީން 1000 ޓިކެޓް ސަޕޯޓަރުންނަށް ވިއްކައިފަ އެވެ. އެއީ ސްޕޮންސަރުންނާއި ކުޅުންތެރިންގެ އާއިލާ އަށް ހާއްސަކުރި ޓިކެޓްތަކުގެ ތެރެއިންނެވެ. އެ ޓިކެޓްތައް ސަޕޯޓަރުންނަށް ވިއްކީ ސޯޝަލް ސެންޓަރުގަ އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ އެފްއޭއެމާ ވާހަކަ ދައްކައިގެން ޓިކެޓް ވިއްކުމަށް ރަނގަޅު އިންތިޒާމެއް ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮވިޑް-19ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކާއި ގަލޮޅު ދަނޑުގެ ސީޓީން ކެޕޭސިޓީއަށް ބަލާއިރު، މި ފަހަރުގެ މުބާރާތުގެ ކޮންމެ މެޗަކަށް ވެސް ގިނަ ވެގެން ދަނޑަށް ވަދެވޭނީ 5000 މީހުންނަށެވެ.

ސާފް ޗެމްޕިއަންޝިޕްގައި ދެން ބާކީ އޮތީ ތިން މެޗެވެ. އެއީ ލީގު ބުރުގެ ފަހު ދެ މެޗާއި ފައިނަލް މެޗެވެ. ލީގު ބުރުގެ ފަހު ދެ މެޗުގެ ތެރެއިން ބުދަ ދުވަހު ހަވީރު ކުޅޭނީ ބަންގްލަދޭޝް އާއި ނޭޕާލް އެވެ. އަދި އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖެ އާއި އިންޑިއާ އެވެ. މިހާރު އޮތް ގޮތުން މި ދެ މެޗުން މޮޅުވާ ޓީމެއް ފައިނަލަށް ދާއިރު، ދެ މެޗު ވެސް އެއްވަރުވެއްޖެނަމަ ފައިނަލް ކުޅޭނީ ރާއްޖެ އާއި ނޭޕާލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox