މީޑިއާ ކައުންސިލް އެވޯޑް މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލައިފި

2019 ވަނަ އަހަރު ބޭއްވި ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާ.

2019 ވަނަ އަހަރު ބޭއްވި ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާ.

ނޫސްވެރިކަމުގެ އެވޯޑް ދޭން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިރޭ ބާއްވާ ޖަލްސާ ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި 20 ނޫސްވެރިން ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނުބައި ސެކްޝަނަކަށް ހުށަހަޅާފައިވާ ކަމަށް ބުނެ އެ މައްސަލަ ކޯޓުން ބޭރުކޮށްފި އެވެ.

މި މައްސަލަ ބެއްލެވި ގާޒީ، އަބްދުއް ނާސިރު ޝަފީގު ދެންމެ ކުރި ހުކުމުގައި ވަނީ އަވަސް ނިޔާގެ މައްސަލަތައް ބަލާ ސެކްޝަނަށް އެ މައްސަލަ ބެލުމުގެ އިހްތިސާސް ނުލިބޭކަން ފާހަގަކުރައްވައިފަ އެވެ. ގާޒީ ހަވާލާދިނީ 2015 ވަނަ އަހަރު ސުޕްރިމް ކޯޓުން ނެރެފައިވާ ސާކިއުލާއަށެވެ.

އޭގައި ވަނީ ސިވިލް ކޯޓުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ފަަސް ޑިވިޝަނެއް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން އެ ޑިވިޝަންތަކުގެ ތެރެއިން މި މައްސަލަ ބެލޭނީ އިދާރީ މައްސަލަތައް ބަލާ ޑިވިޝަނުން ކަމަށް ގާޒީ ނިންމެވި އެވެ. އަދި އެ މައްސަލަ ކޯޓުގައި ބާއްވައިގެން އެހެން ސެކްޝަނަކަށް ނުފޮނުވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ގާޒީ އިތުރަށް ވިދާޅުވީ މި މައްސަލަ އެ ސެކްޝަނަށް ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް 20 ނޫސްވެރިން ތަމްސީލު ކުރި ވަކީލް މަރިޔަމް ޝުނާނާ ވަކާލާތު ކުރެއްވީ މައްސަލައިގެ ބާވަތުގެ އަސްލު އޮޅޭ ގޮތަށް ކަމަށެވެ.

އެހެންކަމުން އެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނަމަ ޖެހޭނީ އެ މައްސަލައިގެ ބާވަތާއި ގުޅޭ ސެކްޝަނަށް އަލުން ހުށަހަޅާށެވެ. އެއީ ދައުވާ ފޯމަށް ބަދަލު ގެންނަން ޖެހޭތީ އެވެ.

މީޑިޔާ ކައުންސިލާއި ދެކޮޅަށް ހުށަހަޅާފައިވާ މި މައްސަލާގައި އެދިފައި ވަނީ މިރޭ ބާއްވަން ތާވަލްކޮށްފައިވާ ނޫސްވެރިންނަށް އެވޯޑް ދިނުމުގެ ޖަލްސާ ފަހުގެ ތާރީހަކަށް ލަސްކޮށްދިނުމަށް އެދި އަމުރެއް ނެރެދިނުމަށެވެ. އެއީ އެވޯޑު ދިނުމުގައި މީޑިޔާ ކައުންސިލުން އެކުލަވާލައިފައިވާ އުސޫލާއި ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެއެވެ. އަދި އުސޫލާއި އެއްގޮތަށް އިންސާފުވެރި ފަނޑިޔާރުންގެ ޕެނަލެއް އެކުލަވާލުމަށް އެދިފައިވެ އެވެ.

ޝުނާނާ ފާހަގަކުރެއްވި ގޮތުގައި މިރޭ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިނަމަ, އެތައް ނޫސްވެރިއެއްގެ ހައްގު ގެއްލިގެން ދާނެ އެވެ. އެހެންނަމަވެސް, އެމްއެމްސީން ބުނީ އެ ހަފްލާ ކުރިއަށް ގެންދަން ގިނަ ހަރަދުތަކެއް ކޮށްފައިވާ ކަމަށާއި، ސަރުކާރުގެ އިސްވެރިންގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ދައުވަތު އަރުވާފައިވާ ކަމަށެވެ. އަދި މިރޭ ޖަލްސާ ނުބޭއްވި ލަސްވެއްޖެނަމަ އިއާދަނުކުރެވޭ ބޮޑު ގެއްލުމެއް ދައުލަތަށް ލިބިގެން ދާނެ ކަމަށެވެ.

ޝުނާނާ ވިދާޅުވީ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox