ވިނަރެސް ފްލެޓުތައް މި މަހު އާންމުންނަށް ވިއްކަން ފަށަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ ވިނަރެސް ފްލެޓުތަކުގެ ކުރެހުމެއް: މި ޕްރޮޖެކްޓު ނިމޭނީ އަންނަ އަހަރު މެދު ތެރޭގައި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ ވިނަރެސް ފްލެޓުތަކުގެ ކުރެހުމެއް: މި ޕްރޮޖެކްޓު ނިމޭނީ އަންނަ އަހަރު މެދު ތެރޭގައި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުން އަންނަ ވިނަރެސް ފްލެޓުތައް އާންމުންނަށް ވިއްކަން މި މަހު ފަހުކޮޅު ހުޅުވާލާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފި އެވެ.

ވިނަރެސްއަކީ ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ ހަވާލުކޮށްގެން އެޗްޑީސީން ކުރިޔަށް ގެންދާ "މިކްސްޑް ރެޒިޑެންޝަލް ކޮމްޕްލެކްސް" ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓުގެ ދަށުން އިމާރާތްކުރާ 10 ޓަވަރުގައި ތިން ކޮޓަރީގެ 1،344 ހައުސިން ޔުނިޓާއި، އެތަނުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ މުދަލާއި ހިދުމަތްތައް ފޯރުކޮށްދޭން ހާއްސަ ކޮމާޝަލް ޔުނިޓުތައް ހިމެނެ އެވެ.

މިއީ މެދު މިނުގެ ފުދުންތެރިކަން ހުރި އާއިލާތަކަށާއި ފަންނީ ވަޒީފާތަކުގައި އުޅޭ މީހުންނަށް އަމާޒުކޮށްގެން، ފަރުނީޗަރު ނޫން އެހެން ހުރިހާ ވަސީލަތެއް ހިމެނޭގޮތަށް ފިނިޝިން އާއި އިންޓީރިއާ ނިންމާފައި ހަވާލުކުރާ ފެންވަރު ރަނގަޅު ފްލެޓްތަކެއް ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

ފުރަތަމަ ފުރުސަތު ދެނީ ހިޔާ ލިބުނު މީހުންނަށް، ދެން ގުޅީފަޅުން ފްލެޓް ގަތް މީހުންނަށް

ވިނަރެސް ފްލެޓުތައް މިހާތަނަށް އާންމުންނަށް ވިއްކަން ހުޅުވާ ނުލާ އޮތީ، ހިޔާ ފްލެޓުތައް ދޫކޮށްލި މީހުންނަށާއި ގުޅީފަޅުން ފްލެޓް ގަތް މީހުންނަށް ފުރުސަތު ދިނުމަށެވެ.

މި ފްލެޓުތައް ގަންނަން ފުރަތަމަ ފުރުސަތު ދެނީ މީގެ ތެރެއިން ހިޔާ ފްލެޓު ދޫކޮށްލި 200 އެއްހާ މީހުންނަށެވެ.

އޭގެ ފަހުން ފުރުސަތު ދެނީ ގުޅީފަޅުން ފްލެޓު ގަތް މީހުންގެ ތެރެއިން ސަރުކާރާ އެކު ބަދަލުގެ އެއްބަސްވުމަކަށް އައިސްފައިވާ 214 މީހުންނަށެވެ.

އެޗްޑީސީގެ މަސައްކަތްތަކާ ގުޅިގެން މައުލޫމާތު ދޭން ބޭއްވި ބައްދަލުވުމެއްގައި އެޗްޑީސީގެ ސޭލްސް އޮފިސާ ޝައުޒަބް އާދަމް ވިދާޅުވީ މިހާތަނަށް ހިޔާ ކެޓެގަރީން ޝައުގުވެރިކަން ފާޅުކުރި މީހުންގެ ތެރެއިން ފޯމު ހުށަހެޅީ 75 މީހުން ކަމަށެވެ.

މި މީހުންގެ ތެރެއިން އެއްވެސް މީހަކު މިހާރު ވިނަރެސް ފްލެޓު ބޭނުން ނުވާ ނަމަ، ނޫނީ ޝަރުތު ހަމަނުވާ ނަމަ، ހިޔާ ފްލެޓަށް އަނބުރާ ދެވޭނެ އެވެ.

"މިހާރު މި ބަލަނީ ހުށަހެޅި މީހުންގެ ލިޔެކިޔުންތައް. މި ހަފުތާ ތެރޭ މަދުވާ ލިޔެކިޔުންތައް ހުށަހަޅަން އަންގާނަން. އެއަށްފަހު އިވެލުއޭޝަން މަރުހަލާ ނިންމާ، އޮފާ ލެޓާއާއެކި ޕޭމަންޓް ޝެޑިއުލް ފޮނުވާނަން" ޝައުޒަބް ވިދާޅުވި އެވެ.

ވިނަރެސް ފްލެޓުތައް ގަންނަން ބޭނުންވާ އާންމުންނަށް ހުޅުވާލާނީ މި މީހުންނަށް އެ ފުރުސަތު ދީ ނިމުމުންނެވެ. އެޗްޑީސީން ބުނީ މިހާރު މަސައްކަތްތައް ކުރިޔަށްދާ ގޮތުން ލަފާކުރެވެނީ، މި ހިނގާ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން އެ މަސައްކަތްތައް ނިމި އާންމުންނަށް ހުޅުވާލެވޭނެ ކަމަށެވެ.

މާޗަށް ނުނިމޭނެ، މިހާރު ލަފާކުރަނީ ޖޫން ނޫނީ ޖުލައިގައި ނިމެނޭ ކަމަށް

އެޗްޑީސީން ފުރަތަމަ ބުނީ މި ޕްރޮޖެކްޓުގެ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އައި ހުރަސްތަކާއި ގޮންޖެހުންތަކުގެ ތެރޭގައި ނިމޭ ތާރީހު ވަނީ އެކި ފަހަރު މަތިން ބަދަލުކޮށްފަ އެވެ. މިހާރު މި ފްލެޓުތައް ނިންމާލެވޭނެ ކަމަށް ބުނަނީ އަންނަ އަހަރުގެ ޖުލައި މަހަށެވެ.

ތާރީހު ލަސްވުމާ ގުޅިގެން އެޗްޑީސީގެ ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ޑިރެކްޓަރު މުހައްމަދު ރަޝީދު ވިދާޅުވީ ޕްރޮޖެކްޓުގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދޭން ސީއެމްއީސީން އެޗްޑީސީގައި އެދުނީ ސައިޓަށް ބޭނުންވާ މަސައްކަތު މީހުންނާއި ޕްރޮޖެކްޓަށް ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ދަތިތައް ހުރެގެން ކަމަށެވެ.

އެގޮތުން ކޮވިޑާ ގުޅިގެން ދެކުނު އޭޝިއާ ގައުމުތަކުން މީހުން އައުން މަނާކުރުމާއި ލޮޖިސްޓިކްސް ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅިގެން މުދާ ލިބުން ލަސް ކަމަށް ކޮންޓްރެކްޓަރު ވަނީ އެޗްޑީސީއަށް އަންގާފަ އެވެ. އަދި މަސައްކަތު މީހުން ބައިތިއްބާ ލޭބަރު ކުއާޓާތަކުގައި ކޮވިޑް އައުޓްބްރޭކް ވުން ވެސް ލަސްވާ ސަބަބުތަކުގެ ތެރޭގައި ފާހަގަކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox