އިރާނުގެ ބޯޑަރު ކައިރީގައި އަފްގާނިސްތާނުގެ ރައްޔިތުން ތޮއްޖެހެނީ

އިރާނާއި އަފްގާނިސްތާނު ގުޅޭ ބޯޑަރު ކައިރިއަށް އަފްގާނިސްތާނުގެ ބަޔަކު ޖަމާވެފައި. -- ފޮޓޯ: އޭއެފްޕީ

އިރާނާއި އަފްގާނިސްތާނު ގުޅޭ ބޯޑަރު ކައިރިއަށް އަފްގާނިސްތާނުގެ ބަޔަކު ޖަމާވެފައި. -- ފޮޓޯ: އޭއެފްޕީ

ޒަރަންޖް، އަފްގާނިސްތާން (އޮކްޓޯބަރު 9) - މީގެ ދެ މަހެއްހާ ދުވަސް ކުރިން އަފްގާނިސްތާނުގެ ވެރިކަމަށް ތާލިބާނުން އައުމާއެކު އިރާނުގެ ބޯޑަރު ކައިރިއަށް ޖަމާވާ އަފްގާނިސްތާނު ރައްޔިތުންގެ އަދަދު ވަރަށް ބޮޑު ތަނުން އިތުރުވެއްޖެ އެވެ.

އޯގަސްޓު 15 ވަނަ ދުވަހު ތާލިބާނުން ވެރިކަމަށް އައުމުގެ ކުރިން ކޮންމެ މަހަކު ވެސް 1000-2000 އާ ދެމެދުގެ އަދަދަކަށް މީހުން ހުޅަނގު ދެކުނު ނިމްރޯޒް ޕްރޮވިންސްގެ ޒަރަންޖް ބޯޑަރު ސްޓޭޝަން މެދުވެރިކޮށް އިރާނަށް އެތެރެވެ އެވެ.

ނިމްރޯޒް ޕްރޮވިންސްގެ ބޯޑަރު ކޮމާންޑަރު މުހައްމަދު ހާޝިމް ހަންޒަލީ ވިދާޅުވީ އޭގެ ފަހުން އަފްގާނިސްތާނު ދޫކޮށް އިރާނަށް އެތެރެވާން މަސައްކަތް ކުރާ މީހުންގެ އަދަދު ކޮންމެ ދުވަހަކު 3000-4000 އަށް މިހާރު އަރާފައިވާ ކަމަށެވެ.

އިރާނަށް އެތެރެވާން މަސައްކަތް ކުރާ އަފްގާނިސްތާނު ރައްޔިތުންގެ އަދަދު އިތުރުވެފައި މި ވަނީ އިގްތިސާދީ އަދި އިންސާނީ ކާރިސާއެއް ކުރިމަތިވެފައި ވަނިކޮށެވެ. އަފްގާނިސްތާނުގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންނަށް ބަނޑުހައި ހޫނުކަމާ ކުރިމަތިވެފައިވާ ކަމުގެ އިންޒާރު އދ. އިން ވަނީ ދީފަ އެވެ.

ނަމަވެސް ހަންޒަލީ ވިދާޅުވީ ގައުމު ދޫކޮށް ދާން ބޭނުންވާ ލިޔެކިޔުންތައް ހިފައިގެން އަންނަނީ ވަރަށް މަދު އަދަދެއްގެ މީހުން ކަމަށެވެ.

އޭނާ ވިދާޅުވީ ވިޔަފާރިވެރިންނާއި، ރެޒިޑެންސް ވިސާ އަދި ސިއްހީ ފަރުވާ ހޯދަން ބޭނުންވާ ވިސާ ހިފައިގެން އަންނަ މީހުން "އިރާނުގެ ފައުޖުތަކުން ނުހުއްޓުވާނެ" ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ގިނަވެގެން 600 މީހުން އިރާނަށް އެތެރެވާން ހުއްދަދޭ ކަމަށް ފާހަގަކުރެއްވި އެވެ.

ލިޔެކިޔުންތައް ނެތި ބޯޑަރު ކައިރިއަށް ޖަމާވާ މީހުންނަށް އިރާނުގެ ބޯޑަރު ސެކިއުރިޓީން އަނިޔާކުރާ ކަމަށް އެ މީހުން ބުނެ އެވެ. އޭގެ އިތުރުން ބޯޑަރު ފާރުގެ މަތިން ވަގަށް އަރައިގެން އިރާނަށް އެތެރެވާން އުޅޭ މީހުންގެ ގަޔަށް ބަޑި ވެސް ޖަހަ އެވެ.

ނަމަވެސް ބޯޑަރު ކައިރިއަށް ތޮއްޖެހިފައިވާ ގިނަ މީހުން އިރާނަށް އެތެރެވާން ކުރާ މަސައްކަތް ހުއްޓައެއް ނުލަ އެވެ. ލިޔެކިޔުން ނެތް ނަމަވެސް، އިރާނުގެ ގާޑުންނަށް ސިއްރުން ބޯޑަރު ހުރަސް ކުރެވޭތޯ އެކި ދުވަސް މަތިން އެ މީހުން މަސައްކަތް ކުރާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox