ރާއްޖޭގައި 10 އަހަރުގެ ކުދިންވެސް މަސްތުގައި ޖެހޭ، 9 ކުއްޖަކު ފަރުވާގައި

ރާއްޖޭގައި 10 އަހަރުގެ ކުދިންވެސް މަސްތުގައި ޖެހޭ، 9 ކުއްޖަކު ފަރުވާގައި

ރާއްޖޭގައި އުމުރުން 10 އަހަރުގެ ކުޑަކުދިން ވެސް މަސްތުވާތަކެތި ބޭނުންކޮށް ފަރުވާ ހޯދަމުންދާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)އިން ބުނެފި އެވެ.

މަސްތުވާތަކެތީގެ ވަބާގައިޖެހޭ ކުޑަކުދިންގެ އަދަދު ފާއިތުވި އަހަރުތަކުގެ ތެރޭގައި އިތުރުވަމުންދާ ކަމަށް ދާދި ފަހުން ހެލްތް މިނިސްޓްރީން ހެދި ދިރާސާއަކުން ދެއްކި އެވެ. އެގޮތުން, އެ މިނިސްޓްރީގެ އެންމެ ފަހުގެ ހޯދުންތަކުން އުމުރުން އެންމެ އަށް އަހަރު ކުޑަކުދިން ވެސް ޑްރަގް ބޭނުންކުރެ އެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރޭގައި އުމުރުން 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން މަސްތުވާތަކެތި ވިޔަފާރި ކުރުމުގައި، އޭގެ އިސް ފަރާތްތަކުން ކުޑަކުދިންނާއި ބިދޭސީން ބޭނުން ކުރަމުންދާ ކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

Advertisement

އެކަމާ ގުޅިގެން "އަދަދު"ން އެންޑީއޭގެ މީޑިއާ އަދި ލީގަލް އޮފިޝަލް އަހުމަދު ހިލްމީއާ ސުވާލުކުރުމުން ވިދާޅުވީ, އެ އިދާރާއަށް މަސްތުވާތަކެތި ބޭނުން ކުރާ އެންމެ ހަގު އުމުރަކަށް ފާހަގަވެފައި ވަނީ 10 އަހަރު ކަމަށެވެ.

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަނުން ވެސް ބުނީ މިހާތަނަށް ހޯދި ހޯދުންތަކުން އަށް އަހަރުގެ ކުދިން މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ރިކޯޑު ކޮށްފައިނުވާ ކަމަށެވެ.

ހިލްމީ ވިދާޅުވި ގޮތުގައި, ފަރުވާއަށް އެދިފައިވާ 18 އަހަރުން ދަށުގެ ކުދީންގެ ތެރެއިން މިވަގުތު ފަރުވާ ނުފެށި ވެއިޓް ލިސްޓްގައި ފަސް ކުދިން އެބަ ތިއްބެވެ. ފަރުވާގައި މިވަގުތު ތިބީ ހަތަރު ކުއްޖެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ފަރުވާގެ ނިޒާމް އޮންނަ ގޮތް:

މަސްތުގެ ވަބާގައި ޖެހޭ ކުޑަކުދިންގެ އަދަދު ކަންބޮޑުވާ ވަރަށް އިތުރުވަމުންދާއިރު ރާއްޖޭގެ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ފަރުވާގެ ނިޒާމް ހަމަޖެހިފައި އޮތީ ދެ ގޮތަކަށެވެ.

  • ޑްރަގް ކޯޓް މެދުވެރިކޮށް
  • އަމިއްލައަށް އެދިގެން

މި ދެގޮތުގެ އިތުރުން ދައުލަތުގެ ކަމާއި ބެހޭ އިދާރާތަކުން ހަދާ ރިފަރަލްސްތަކަށް ބެލުމަށްފަހު އެފަދަ ފަރާތްތަކުން ފަރުވާ ފުރިހަމަކުރުމަށް އެދޭނަމަ އެ ފުރުސަތު ދެވެމުންދެ އެވެ.

ފަރުވާގެ ނިޒާމާއި ގުޅުވުމުގެ ގޮތުން އެފަރާތްތައް މަސްތުވާތަކެއްޗަށް ދެވިހިފާފައިވޭތޯއާއި، ފަރުވާ ބޭނުންވޭތޯ އަދި ކޮންކަހަލަ ފަރުވާއެއްތޯ ކަނޑައެޅުމުގެ ގޮތުން އެސެސްމެންޓް ހެދަ އެވެ. އެގޮތުން ހެދޭ އެސެސްމެންޓަށް ބަލާ އެފަރާތްތަކުގެ މަސްތުވާތަކެތީގެ ސިކިއުރިޓީގެ ރިސްކު ހުރި މިންވަރު ބެލުމެވެ.

  1. ލޯ ރިސްކު ކަމުގައިވާނަމަ ކޮމިއުނިޓީ ރީއިންޓަގްރޭޝަން ފަރުވާއަށް (މުޖުތަމައުގެ އާއްމު ނިޒާމުގެ ތެރޭގައި ހުރެގެން ދެވޭ ފަރުވާ)
  2. މީޑިއަމް ރިސްކު ކަމުގައިވާނަމަ (ޑީޓޮކްސިފިކޭޝަން ނުވަތަ އައުޓްޕޭޝަންޓް ސާވިސް އަދި ކޮމިއުނިޓީ ރީއިންޓަގްރޭޝަން) އެއީ ޑީޓޮކްސިފިކޭޝަންގެ 14 ދުވަހާއި 21 ދުވަހުގެ ޕްރޮގްރާމަކަށްފަހު، ނުވަތަ ޑޮކްޓަރަށް ދެއްކުމަށްފަހު ބޭހާއި އެކު ކޮމިއުނިޓީގައި ބައިތިއްބައިގެން ފަރުވާ ދިނުމެވެ.
  3. ހައިރިސްކް ކަމުގައިވާނަމަ (ރެސިޑެންޝަލް ޓްރީޓްމެންޓް) ސެންޓަރުގެ ތެރޭގައި ތިބެގެން ކުރިޔަށް ގެންދާ ފަރުވާ.
  4. ދިގު މުއްދަތެއް ވަންދެން މަސްތުވާތަކެތިން އިސްތިއުމާލްކޮށް އަދި ފަރުވާއަކާއި ގުޅުނު ނަމަވެސް، މަސްތުން ސާފްކޮށް ނުތިބެވޭ ފަރާތްތައް ސައިކޭޓްރިސްޓްގެ ލަފާގެ މަތީން ދިގު މުއްދަތަކަށް ބޭހާއި އެކު ކުރިޔަށް ގެންދެވޭ ޕްރޮގްރާމެއް.

އެގޮތުން ޑްރަގް ކޯޓު މެދުވެރިކޮށް ކޯޓު އަމުރެއްގެ ދަށުން ފަރުވާއަށް އަންނަ ފަރާތްތަކުގެ ފަރުވާ ނިމުމުން އެފަރާތްތައް ފަރުވާއިން ރިލީޒްކޮށް ޑްރަގް ކޯޓަށް ކޭސް ފޮނުވާ ފަރުވާގައި ޕްރޮގްރެސް ފެންނަ މިންވަރު ކޯޓަށް ރިޕޯޓް ކުރެވެން ޖެހޭނެ ކަމަށް ގާނޫނުގައިވެ އެވެ.

ކޯޓުގެ ޕްރޮގްރާމަށް އެއްބާރުލުން ނުދޭ ފަރާތްތަކަށް ކޯޓަށް ގެންދެވި ފިޔަވަޅު އަޅާނެ ކަމަށައި އޭގެ ފަހުންވެސް ތަކުރާރުކޮށް ފަރުވާއަށް އެއްބާރުލުން ނުދޭ ފަރާތްތައް ފަރުވާއިން ވަކިކުރެވޭނެ ކަމަށް ވެސް އެ ގާނޫނުގައި އޮވެ އެވެ.

މީގެ އިތުރުން ވޮލަންޓިއާކޮށް ފަރުވާއަށް އަންނަ ފަރާތްތަކުގެ ފަރުވާ ނިމުމުން ފަރުވާއިން ދޫކޮށްލެވޭނެ ކަމަށެވެ.

ފަރުވާގެ ނިޒާމަށް ގާނޫނެއް އޮވޭ، މަސްތުން ސަލާމަތެއް ނުވޭ!

"އަޅުގަނޑުމެން ދިރާސާކޮށް ބެލިއިރު، ނޭނގޭ މިކަންތައް ކުރަންވީ ގޮތެއް ވެސް،"

އެންޑީއޭގެ ހިންގުމާ ގުޅޭގޮތުން ދިރާސާކޮށް ބެލިއިރު، އެކަށީގެންވާ ގޮތެއްގައި ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން ޑްރަގުގެ ވަބާއިން ސަލާމަތް ކުރަން ފަރުވާދެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސިފައިނުވާކަން ފާހަގަކޮށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މަޖިލީހުގައި ވިދާޅުވި އެވެ.

މަސްތުވާތަކެއްޗަށް ފަރުވާ ކުރުމުގެ ނިޒާމު ރާއްޖޭގައި އޮތީ ބޮއްސުންލައިގެން ގޮސްފަ އެވެ. އެ ނިޒާމު ވަނީ ފެއިލުވެފަ އެވެ. ސަބަބަކީ ހަމަ އެންމެ ސަބަބެކެވެ;

ރިހެބިލިޓޭޝަންގެ ފުރުސަތު މަސްތުވާ މީހާއަށް ލިބެން ނެތުމެވެ.

އެ ފުރުސަތު ލިބި ރާއްޖޭގައި ފަރުވާ ލިބޭ މީހުންގެ ތެރެއިން 40 ޕަސަންޓު މީހުން އަނެއްކާ ވެސް މަސްތުވާތަކެތި ބޭނުންކުރެ އެވެ. ސަބަބެއް ކަމަށް ވެފައި ވަނީ ކަމާބެހޭ އިދާރާތަކުގެ އިތުރުން އާއިލާގެ ތެރެއިން ވެސް އެފަދަ މީހުންނަށް އެކަށިގެންވާ ވަރަށް އެހީތެރިކަން ފޯރުކޮށް ނުދެވުމެވެ.

ހެލްތު މިނިސްޓްރީން ކޮށްފައިވާ ދިރާސާގެ ހޯދުންތައް މަޖިލީހަށް ހުށަހަޅުއްވަމުން، ހެލްތު މިނިސްޓަރުގެ ނައިބު ސަފިއްޔާ މުހައްމަދު ވިދާޅުވެފައި ވަނީ 2014 ވަނަ އަހަރު މަސްތުވާތަކެތި ބޭނުންކުރާ އުމުރު ފުރާ އުޅުނީ 22 އަހަރާއި 37 އަހަރާ ދެމެދުގަ ކަމަށެވެ.

ނަމަވެސް, ފާއިތުވި ހަ އަހަރު ތެރޭ އެ އުމުރުފުރާ 17 އަހަރާއި 68 އަހަރާ ދެމެދަށް ބަދަލުވެފައިވާ ކަމަށެވެ. މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންގެ ނިސްބަތް އަހަރުން އަހަރަށް އިތުރުވަމުން އަންނަ އިރު ފުލުހުންގެ ތަފާސްހިސާބުތަކަށް ހަވާލާ ދެއްވައި، އޭނާ ވިދާޅުވީ, އޭގެ ތެރޭގައި ގިނައީ ސްކޫލަށް ނުދާ ކުދިން ކަމަށެވެ.

ކަން މިހިން އޮތްއިރު މަސްތުވަތަކެތި ބޭނުން ކުރާ މާބަނޑު އަންހެނުންގެ ސަބަބުން ކުދިންގެ ރައްކާތެރިކަމަށް ނުރައްކާވެފައިވާތީ ދައުލަތަށް ނަގާ ކުދިންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ އަހަރު އެކަނި 10 ކުއްޖަކު ވަނީ ނަގާފަ އެވެ.

މަސްތުވާ މައިންނާއި ފިރިހެނުންގެ އިތުރުން އެންމެ އަޅާލުން ބޭނުންވާ ކުޑަކުދިން އެކަމަށް ގޮސް ހުސްވާއިރު މިހިން އަތް އުރާލައިގެން ތިބެވޭކަށް ނެތެވެ. އަލަށް އުފަންވާ ތުއްތު ކުއްޖާއިން ފެށިގެން ޒުވާން އުމުރަށް އަންނަ އިރު މިހާ ހޯދަން ޖެހެނީ މަސްތުގެ ދުނިޔެއިންނެވެ.

މިއީ އިންތިހާއަށް ކަންބޮޑުވާ ކަމަކަށްވާއިރު އެކަށީގެންވާ ވަރަށް ފަރުވާ ދޭން މަސައްކަތް ކުރަން ޖެހެ އެވެ. ނަމެއްގައި ގާނޫނެއް ހެދުމުގެ ބަދަލުގައި އަމަލު ކުރާނެ އުސޫލަކާއެކު ފަރުވާދީ ގައުމު ވެއްޓެމުން މިދާ އަނދިރި ވަޅުގަނޑުން ސަލާމަތް ކުރާނެ ރަނގަޅު ނިޒާމެއް ގާއިމް ކުރަން ޖެހެ އެވެ. ނޫންނަމަ މާދަމާގެ ޖީލަށް ދައްކާނެ މޫނެއް ނޯންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަލީ ނިޔާވެއްޖެ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ، އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ. އުމުރުން 67 އަހަރުގައި ނިޔާވި މުހައްމަދު އަލީއަކީ އިމިގްރޭޝަން ކޮންޓްރޯލަރުގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޓޫރިޒަމް ހީނަރުވުމުން އިގުތިސޯދީ ހަރަކާތް މަޑުޖެހޭނެ: ފައްޔާޒު

ސަރުކާރުން ޓެކްސް ގާނޫނުތަކަށާއި ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެނައި ކުއްލި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް އަތުވެދާނެ ކަމަށް ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް އިންވެސްޓަރުންގެ އިތުބާރު ގެއްލި، ވިޔަފާރިތައް ހުއްޓި މުޅި ގައުމުގެ އިގުތިސޯދު މަޑުޖެހުމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕްލާސްޓިކް ހޮޅި ހުއްދަކުރީ ކަރުދާސް ހޮޅި ބޭނުންކުރަން ދަތިވުމުން

ކަރުދާސް ހޮޅި ބޭނުންކުރުމުގައި ހުރި ދަތިތަކާއި ސިއްހީ ކަންބޮޑުވުންތަކާ ގުޅިގެން، ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރާ ތާރީހު 2031 ވަނަ އަހަރަށް ސަރުކާރުން ފަސްކޮށްފިއެވެ. އެންވާރަމަންޓް މިނިސްޓްރީން ބުނީ މި ބަދަލު ގެނައީ ކަރުދާސް ހޮޅި ފޫދުމުގެ މައްސަލައާއި އޭގެ ސަބަބުން މައިކްރޯ ޕްލާސްޓިކް އުފެދުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. މީގެ ކުރިން 2023 ގެ ނިޔަލަށް ޕްލާސްޓިކް ހޮޅި މަނާކުރަން ނިންމާފައި އޮތް ނަމަވެސް، މި ނިންމުމާއެކު އެ ތާރީހު ވަނީ ވަރަށް ބޮޑަށް ފަސްވެފައެވެ.

ހިރިމަރަދޫއަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި ކައުންސިލް އުވާލާފައިވާ ހދ. ހިރިމަރަދޫގައި ވަޒީފާ އަދާކުރާ ގޮތަށް، ޔޫތު މިނިސްޓްރީގެ ދެ ޕޮލިޓިކަލް ޑިރެކްޓަރުން ސަރުކާރުން އައްޔަނުކޮށްފިއެވެ. މަހަކު 20،000 ރުފިޔާގެ މުސާރަ ލިބޭ މި މަގާމުތަކަށް އައްޔަނުކުރި ޕީއެންސީގެ ދެ އެކްޓިވިސްޓުންގެ އިތުރުން، އެ ރަށުގެ ތިންވަނަ މީހަކަށްވެސް ސިޔާސީ މަގާމެއް ދީފައިވާކަން ވަނީ އެނގިފައެވެ.

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ ދަބަހެއްގައި ބޮމެއް އޮތް ކަމަށް ބުނެ ސަމާސާކުރި މިސްރުގެ ރައްޔިތަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ. އޭނާ އެއީ ސަމާސާއަކަށް ދެއްކި ވާހަކައެއް ކަމަށް ބުނެ މައާފަށް އެދުނު ނަމަވެސް، މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނުގަވައިދުން ބިމެއް ދިނުމުން ކޮރަޕްޝަންގެ ދައުވާކުރަނީ

ގަވާއިދާ ހިލާފަށް އަމިއްލަ ކުންފުންޏަކަށް ބީލަމަކަށް ނުލައި ބިންތަކެއް ދޫކުރި މައްސަލައިގައި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ތިން ކައުންސިލަރެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. މި ބޭފުޅުންގެ މައްޗަށް ދައުވާކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭތީއެވެ.

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް މިނިސްޓަރެއްގެ އިންޒާރު

"އައިޝާ" ޑޮކިއުމެންޓްރީ ނެރުމުގެ ކުރިން، އެއްވެސް މައުލޫމާތެއް ލީކުނުކުރުމަށް ބުނެ މިހާރުގެ ކެބިނެޓް މިނިސްޓަރަކު އިންޒާރުދިން ކަމަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ތުހުމަތުކޮށްފިއެވެ. މީގެ އިތުރުން، ޖިނާއީ ތަހުގީގަކަށް އޭނާގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox