ސޯޝަލް މީޑިއާގެ ޕްރެޝަރުގެ އަސަރު އިންޑިއާ ޓީމަށް ނުކުރާނެ: އިންޑިއާ ކޯޗު ސްޓިމަކް

Oct 6, 2021, 3:47 PM
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް.-- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް.-- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ގައުމީ ޓީމު ކުޅުނު ފުރަތަމަ މެެޗުގެ ނަތީޖާގެ ސަބަބުން، ސޯޝަލް މީޑިއާގައި ކިތަންމެ ވަރަކަށް ފާޑުކިއުންތައް އަމާޒުކުރުވިޔަސް، އެކަމަށް ސަމާލުކަމެއް ނުދޭނެ ކަމަށް އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ބުނެފި އެވެ.

މުބާރާތުގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާ 1-1 އިން އެއްވަރުވިއިރު، މެޗުގައި ފުރަތަމަ ލީޑު ނެގީ އިންޑިއާ އިންނެވެ. އަދި ބަންގްލަދޭޝުން މެޗުގެ ނަތީޖާ އެއްވަރުކުރީ އެ ޓީމުގެ ކުޅުންތެރިޔަކަށް ރަތްކާޑު ދައްކައި، 10 ކުޅުންތެރިންނަށް އެ ޓީމު މަދުވެފައިވަނިކޮށެވެ. ފަހު 40 މިނިޓް ބަންގްލަދޭޝް އިން ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ.

އެ މެޗަށް ފަހު، އިންޑިއާގެ ޓީމާއި، 2019 ވަނަ އަހަރު އެ ޓީމުގެ ކޯޗުކަމާ ހަވާލުވި ސްޓިމަކް އަށް ގިނަ ފާޑުކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ.

މި މުބާރާތުގައި މާދަމާ ހަވީރު ސްރީލަންކާއާ ދެކޮޅަށް އިންޑިއާ ކުޅޭ މެޗުގެ ކުރިން މިއަދު ހަވީރު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓިމަކް ބުނީ ފާޑުކިއުންތަކުން އޭނާ އަށް ޕްރެޝަރުގެ އަސަރެއް ނުކުރާނެ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ބަޔަކު ކިޔާ އެއްޗަކަށް، "ސީރިއަސް މީހުން" އަޅާނުލާނެ ކަމަށެވެ.

"ޕްރެޝަރާމެދު ނުވިސްނަން. އަދި އެ ޕްރެޝަރު އަހަރެންގެ ކުޅުންތެރިންނާ ހަމައަށް ދިޔަކަ ނުދޭނަން. މި މަގާމާ އަހަރެން ހަވާލުވީ އިންޑިއާގެ ފުޓްބޯޅަ އަށް އެހީވާން،" ކްރޮއޭޝިއާ އަށް ނިސްބަތްވާ ސްޓިމަކް ބުންޏެވެ.

"ކާމިޔާބުތަކަށް ވާސިލްވާނެ ޓީމެއް ބިނާކުރުން އަހަންނާ ހަވާލުކުރި މަސައްކަތަކީ. އެކަމަށް ވަގުތު ނަގާނެ. އެންމެ ފުރަަތަމަ ދުވަހުން ފެށިގެން، ސޯޝަލް މީޑިއާގައި ފާޑުކިޔާ މީހުން އެކަން ފަށައިފި. އެކަމަކު އަހަންނަށް އެނގޭ ކަމަކީ ޓީމަށް ކުޅުންތެރިން އަދި ކޯޗު ވެސް ނަގާނީ ސޯޝަލް މީޑިއާއަކުން ނޫންކަން. އެމީހުން ބޭނުން އެއްޗެއް ލިޔަންވީ. އެކަމަކު ސީރިއަސް މީހުން އެކަމާ ނުވިސްނާނެ."

ލަންކާގެ ކުޅުމަށް ސްޓިމަކްގެ ތައުރީފްް

ސްރީލަންކާ މި މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން ބަލިވިޔަސް، އެ ދެ މެޗުގައި ވެސް އެ ޓީމު ވަނީ ރަނގަޅު ވާދައެއްކޮށްފަ އެވެ. ލަންކާއާ ދެކޮޅަށް މިހާތަނަށް ކުޅުނު ބަންގްލަދޭޝާއި ނޭޕާލްގެ ކޯޗުން ވެސް ލަންކާގެ "ފިޒިކަލް ފުޓްބޯޅަ"ގެ ވާހަކަ ދެއްކި އެވެ. އަދި ހާއްސަކޮށް، ނޭޕާލްގެ ކޯޗު އަބްދުﷲ އަލް މުތައިރީ ވަނީ ލަންކާ ޓީމުގެ ފައުލް ގިނަކަން ފާހަގަކޮށްފަ އެވެ.

އެކަމަކު، ލަންކާ ޓީމާ ގުޅޭގޮތުން ސްޓިމަކްއާ މިއަދު ސުވާލުކުރުމުން، އޭނާ ވަނީ ލަންކާގެ ޓީމުގެ ކުޅުމަށް ތައުރީފްކޮށްފަ އެވެ. ސްޓިމަކް ލަންކާގެ ޓީމު ސިފަކުރީ މަސައްކަތުގެ ރޭޓު ރަނގަޅު، ހިތްވަރު ގަދަ ޓީމެއްގެ ގޮތުގަ އެވެ.

"ސްރީލަންކާ އަކީ ވަރަށް ހިތްވަރުކުރާ ޓީމެއް. ފަހު ވަގުތާ ހަމައަށް ވެސް މަސައްކަތް ކުރޭ. އެމީހުން މޮޅުވާން އެ ކުޅެންޖެހޭ ގޮތަކަށް އެ ކުޅެނީ. އެއީ މައްސަލައެއް ނޫން. ސްރީލަންކާއާ ދެކޮޅަަށް ކުޅެން ފަސޭހައެއް ނުވާނެ. އަހަރަމެން ޖެހޭނީ ވަރަށް ބޮޑަށް ކެތްތެރިވެ، ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަން،" ސްޓިމަކް ބުންޏެވެ.

އިންޑިއާ އާއި ސްރިލަންކާ މިހާތަނަށް 16 ފަހަރު ބައްދަލުކޮށްފައިވާއިރު، އިންޑިއާ ވަނީ ނުވަ މެޗު ކާމިޔާބުކޮށްފަ އެވެ. ލަންކާ މޮޅުވެފައިވަނީ ތިން މެޗުންނެވެ.

އިންޑިއާ އަތުން ލަންކާ އެންމެ ފަހުން މޮޅުވީ 2000 ވަނަ އަހަރު ދިވެހިރާއްޖޭގައި އޮތް ގޯލްޑަން ޖުބުލީ މުބާރާތުގަ އެވެ.

ސްޓިމަކް ބުނީ ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗަށް ނެރުނު ފުރަތަމަ 11 އަށް ބަދަލުތަކެއް އައިސްދާނެ ކަމަށެވެ. އެކަމަކު ކުޅުންތެރިންގެ ހާލަތު މުޅިން އެނގޭނީ މިއަދު އޮންނަ ފަރިތަކުރުންތަކަށް ފަހު ކަމަށެވެ.

އިންޑިއާ އާއި ލަންކާ ބައްދަލުކުރާ މެޗު ފަށާނީ މާދަމާ ހަވީރު 16:00ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox