އޭޝިއާ ޓޭބަލް ޓެނިސްގެ ކައުންސިލަށް ރާއްޖޭގެ ޓީޓީ އެސޯސިއޭޝަންގެ ރައީސް އައްޔަ

Oct 6, 2021, 1:51 PM
އޭޝިއަން ޓީޓީ ޔޫނިއަންގައި ރާއްޖޭގެ އެސޯސިއޭޝަންގެ ރައީސް އައްޔަ (ކ) އާއި ނައިބު ރައީސް ޝިއުރީ.

އޭޝިއަން ޓީޓީ ޔޫނިއަންގައި ރާއްޖޭގެ އެސޯސިއޭޝަންގެ ރައީސް އައްޔަ (ކ) އާއި ނައިބު ރައީސް ޝިއުރީ.

އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަންގެ ކައުންސިލް މެމްބަރު ކަމަށް ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަން (ޓީޓީއޭއެމް)ގެ ރައީސް އަލީ ރަޝީދު (އައްޔަ) އިންތިހާބު ކޮށްފި އެވެ.

މީގެ އިތުރުން ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް ކުރީގެ ކުޅުންތެރިޔާ އިބްރާހިމް ޝިއުރީ ވަނީ އޭޝިއާގެ ޓީޓީ ޔޫނިއަންގެ މީޑިއާ ކޮމިޓީ އަށް އިންތިހާބުކޮށްފަ އެވެ.

އައްޔަ އާއި ޝިއުރީ މަގާމުތަކަށް އިންތިހާބުކުރީ މިއަދު ބޭއްވި އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަންގެ ކޮންގްރެސްގަ އެވެ. ކޮންގްރެސް ކުރިއަށްދިޔައީ މިހާރު ގަތަރުގެ ދޯހާގައި ބާއްވާ އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ތެރެއިން މިއަދު ކުރިއަށްދިޔަ ކޮންގްރެސްގަ އެވެ.

އޭޝިއަން ޓޭބަލް ޓެނިސް ޔޫނިއަންގެ އާ ރައީސަކީ ގަތަރުގެ ހަލީލް އަލް މޮހަނާދީ އެވެ. ޑެޕިއުޓީ ރައީސުންނަކީ ޗައިނާގެ ޒޫ ޝީން އާއި ދެކުނު ކޮރެއާގެ ކިމް ޓައެ ސޫ އެވެ. އަދި ސެކްރެޓަރީ ޖެެނެރަލަކަށް އީރާންގެ އަފްޝީން ބަދްއީ އައްޔަންކުރިއިރު، ހަޒާންދާރަކަށް ހޮވީ އޮމާންގެ މުހައްމަދު ބާގިރު ސަޖަދު އެވެ.

ރާއްޖޭގެ ގިނަ ކުޅިވަރު އެސޯސިއޭޝަންތަކުގެ ރައީސުންނާއި ނައިބު ރައީސުން ވަނީ އޭޝިއާ އާއި ދުނިޔޭގެ ފެޑެރޭޝަންތަކުގެ އިސް އެކި މަގާމުތައް ފުރުއްވައިފަ އެވެ. ޓީޓީ އެެސޯސިއޭޝަންގެ ރައީސް އައްޔަ އާއި ނައިބު ޝިއުރީ އަށް މިއަދު މި ލިބުނު މަގާމުތަކުގެ ސަބަބުން ޓީޓީ އަށް ރަނގަޅު ފުރުސަތުތަކެއް ފަހިވާނެ އެވެ.

ބައިނަލްއަގުވާމީ މުބާރާތްތަކުގައި ޓީޓީން އަންނަނީ ފަހަކަށް އައިސް ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ.

އައްޔަ، ޓީޓީ އެސޯސިއޭޝަންގެ ރައީސަކަށް ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ބޭއްވި އިންތިހާބު ކާމިޔާބު ކޮށްގެންނެވެ. އޭގެ ފަހުން އޭނާ އަންނަނީ ޓީޓީ ކުރިއަރުވަން ޕްލޭންތަކެއް ހަދައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox