އުއްތަމަ ފަނޑިޔާރުގެ ގޭގެ ސެކިޔުރިޓީ ބްރީޗުވި މައްސަލަ މަޖިލީހަށް

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން: ބުރާސްފަތި ދުވަހުގެ ހާދިސާއަށްފަހު ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައި -- ފޮޓޯ: އަދަދު ފައިލް

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން: ބުރާސްފަތި ދުވަހުގެ ހާދިސާއަށްފަހު ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައި -- ފޮޓޯ: އަދަދު ފައިލް

އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ދިރިއުޅުއްވާ ގެކޮޅަށް މީހަކު ވަދެ، ތަކެއްޗަށް ގެއްލުން ދެވުނު މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ފޮނުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މޫސާ ސިރާޖު މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ، އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް މީހަކަށް ވަދެވުމަކީ މުޅި ގައުމުގެ ސެކިޔުރިޓީ އާ މެދު ސުވާލު އުފެދޭ ބިރުވެރި ކަމެއް ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކައިރިން ބޮމެއް ގޮއްވާލައިގެން އެމަނިކުފާނު އަވަހާރަކޮށްލަން ޓެރަރިސްޓު ހަމަލާއެއް ދީފައިވާ ދަނޑިވަޅެއްގައި، ދައުލަތުގެ އަނެއް ބާރުގެ އެންމެ އިސްވެރިޔާގެ ގެއަށް މީހަކު ވަދެވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

އެހެންކަމުން، އެ ހާދިސާ ސީރިއަސްކޮށް ތަހުގީގުކުރަން އެ މައްސަލައިގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ވަނީ ގޮވާލައިފަ އެވެ.

މޫސާ ސިރާޖު ހުށަހެޅުއްވި މައްސަލަ، ބަހުސްކުރަން މަޖިލީހުގެ ތަޅުމުން ބަލައިގެންފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 28 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ މީހާ ވަނީ ހައްޔަރުކޮށްފައި

އެ މައްސަލަ މިއަދު މަޖިލީހަށް ބައިގެންފައިވާއިރު، އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަތް މީހާ ވަނީ ހައްޔަރުކޮށްފަ އެވެ.

މުއުތަސިމް އެމަނިކުފާނުގެ އާއިލާގެ މެމްބަރުންނާއެކު ދިރިއުޅުއްވާ ގެކޮޅަށް މިދިޔަ ބުރާސްފަތި ދުވަހު މީހަކު ވަން މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ މ. ސީވިންޑް، ފާތިހް ޝާކިރު، 46، އެވެ. އޭނާގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން ހަތް ދުވަހު ޖަލުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގައި ފާތިހު އިއްޔެ ވަނީ އޭނާގެ ކުށަށް އިއުތިރާފުވެފަ އެވެ. ނަމަވެސް ބުނެފައި ވަނީ މުއުތަސިމްގެ ގެކޮޅަށް ވަދެ ގެއްލުން ދިނީ އާދަޔާ ހިލާފް މިންވަރަކަށް ބާރުގަދަ މަސްތުވާއެއްޗެއް ކަމަށްވާ "ވާނުވާ" ބޭނުންކޮށްގެން ކަމަށެވެ.

ފާތިހު ބުނީ އޭނާ މަސްތުވެގެން ހުރި ވަގުތު ހިނގާ ކަންތައް އެއްވެސް މިންވަރަކަށް އޮޅުން ނުފިލާ ކަމަށެވެ. އެގޮތުން މުއުތަސިމްގެ ގެކޮޅަށް ވަދެވުނު އިރު ވެސް ކުރެވުނު ކަންތައް ނޭނގޭ ކަމަަށް ފާތިހު ބުންޏެވެ. ނަމަވެސް ގެކޮޅަށް ވަންނަ ސީސީޓީވީ ފުޓޭޖުން ފެންނަނީ އޭނާ ކަމަށް ފާތިހު ވަނީ އިއުތިރާފުވެފަ އެވެ.

މުއުތަސިމްގެ ގެކޮޅަށް ވަދެ ގެއްލުންދިން މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައި ވަނީ އެމަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދޭ ސިފައިންގެ ފަރާތުންނެވެ. އެ ހާދިސާއާއެކު ސިފައިން މުއުތަސިމަށް ފޯރުކޮށް ސަލާމަތީ ހިދުމަތް ވަރުގަދަ ކުރުމަށް ބައެއް ފަރާތްތަކުން ވަނީ ގޮވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox