އީސީ އޮތީ ވަކި ފަރާތަކަށް ބުރަވެފައި، ރެފަރެންޑަމް އިންސާފުވެރިއެއް ނުވާނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ވާހަކަ ދައްކަވަނީ. މި ރެފަރެންޑަމް ނަގަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ވާހަކަ ދައްކަވަނީ. މި ރެފަރެންޑަމް ނަގަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންގެ އަރިހުން އަހަނީ ޣައިރު ދުސްތޫރީ ސުވާލެއް ކަމަށާއި އިލެކްޝަންސް ކޮމިޝަން ވަކި ފަރާތަކަށް ބުރަވެފައި އޮތުމުން އެ ވޯޓު އިންސާފުވެރި ނުވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުالله ދީދީ ވިދާޅުވެއްޖެ އެވެ.

"ދެ އިންތިހާބު އެއްކޮށްލަން ނުފެނޭ" ނަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ހުރިހާ އިންތިހާބެއް ވެސް ވަކި ފަރާތަކަށް ބުރަ ނުވެ ބޭއްވުމަކީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް މި ރެފަރެންޑަމް ކައުންސިލް އިންތިހާބާއެކު ނެގުމަކީ އެކަމަށް ހުރަސް އެޅޭ ކަމެއް ކަމަށް އަހުމަދު ވިދާޅުވި އެވެ.

"ކިހިނެއްތޯ ބެލެވޭނީ މިއީ އިންސާފުވެރި އިންތިހާބަކަށް މީތި މަގުފަހިވާނެ ކަމަށް، ނުއެއް ވާނެ. އެއީ ރައްޔިތުންނަށް ލިބެންވާނެ ވަގުތު. ރިފެރެންޑަމަކީ މުޅިން ހާއްސަ ތަބިއްޔަތެއްގެ އެއްޗެއް،" ކުރީގެ އުއްތަމަ ފަނޑިޔާރު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ރެފަރެންޑަމާ ގުޅޭ ކެމްޕޭން ކުރުމުގެ ފުރުސަތު ވެސް ލިބެން ޖެހޭ ކަމަށާއި އަދި ރައްޔިތުން ހޭލުންތެރި ކުރުވުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ދެންނެވޭނީ އިލެކްޝަންސް ކޮމިޝަނުން އެ މީހުންގެ ޒިންމާ، ދުސްތޫރީ ޒިންމާއާ ހިލާފުވެ ވަކި ފަރާތަކަށް ބުރަވެގެން ތިބެ ކުރާ ކަމެކޭ މިއީ،"

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާއެކު އެޕްރީލް ހަތަރެއްގައި ނަގާ މި ވޯޓުގައި ރައްޔިތުންނާ ކުރަނީ ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ ބަދަލާ ގުޅޭ ސުވާލެކެވެ. އެއީ؛

"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟"

އެ ސުވާލަކީ ވެސް ގާނޫނުއަސާސީއާ ހިލާފު ސުވާލެއް ކަމަށް ތަފްސީލުކޮށް އަހުމަދު ބަޔާންކޮށްދެއްވި އެވެ.

"އެ ސުވާލު ވެގެން ނުވާނެ އެއްވެސް ހާލެއްގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރަން ފެނޭތޯ ނުވަތަ ނުފެނޭތޯ. ސަބަބަކީ ތަސްދީގު ކުރުމަކީ ރައްޔިތުންގެ ރެފަރެންޑަމްގެ ފަހުން އަންނަ އެއްޗެއް. އެ އިސްތިސްނާގައި،" އަހުމަދު ވިދާޅުވި އެވެ.

ރައްޔިތުންގެ އަރިހުގައި ތަސްދީގު ކުރުމާ މެދު ގޮތެއް ނިންމުމަށް ނޭހޭނެ ކަމަށް އަހުމަދު ވިދާޅުވި އެވެ. އެއީ ގާނޫނުއަސާސީގައި ސަރީހަ އިބާރާތުން ތަސްދީގު ކުރަން ޖެހޭ ގޮތް ބަޔާންކޮށްފައި އޮތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ތަސްދީގު ކުރުމަށް ފެނުމާއި ދެ އިންތިހާބު އެއްކޮށްލުމަށް ތާއިދު ކުރުމަކީ މުޅިން ދެ މައުޟޫއުއެއް ކަމަށް އަހުމަދު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި އޮންނަން ޖެހޭނީ މި ގެނެވުނު އިސްލާހުގައި ހިމެނޭ ކަންކަން، މި ބަދަލު ގެންނަން މަޖިލީހުން ނިންމި ނިންމުން އެކަމާ ރައްޔިތުން ރުހޭތޯ، އެކަމާ ރައްޔިތުން ގަބޫލުތޯ. އެއްވެސް ހާލަތެއްގައި އެއީ ތަސްދީގުކުރަން ފެނޭތޯއެއް ނޫން."

ކުރީގެ އުއްތަމަ ފަނޑިޔާރު ވަނީ މި ފެންނަ ނުފެންނަ ވޯޓުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް ވޯޓު ދިނުމަށް ރައްޔިތުންގެ އަރިހުން އެދިވަޑައިގެންފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox