ޕްރެޝަރު އޮތީ އެހެން ޓީމުތަަކަށް، އަދިވެސް ސަޕްރައިޒްތަކެއް ފެނިދާނެ: ނޭޕާލް ކޯޗު މުތައިރީ

ރޭގެ މެޗުގެ ތެރެއިން ނޭޕާލްގެ ކޯޗު މުތައިރީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރޭގެ މެޗުގެ ތެރެއިން ނޭޕާލްގެ ކޯޗު މުތައިރީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލް ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވުމުން މިހާރު ޕްރެޝަރު އޮތީ ދެން ހުރި ޓީމުތަކަށް ކަމަށާއި މުބާރާތް ކުރިއަށްދާ ވަރަކަށް އަދިވެސް ސަޕްރައިޒްތަކެއް ފެނިދާނެ ކަމަށް ނޭޕާލްގެ ކޯޗު އަބްދުﷲ އަލް މުތައިރީ ބުނެފި އެވެ.

ނޭޕާލުން ވަނީ މި ފަހަރުގެ މުބާރާތުގެ ފުރަތަަމަ މެޗުން ރާއްޖެ އަތުން 1-0 އިން މޮޅުވެފަ އެވެ. ރޭ ދެ ވަނަ މެޗުން ސްރީ ލަންކާ އަތުން 3-2 އިން މޮޅުވިއިރު، ނޭޕާލް އޮތީ ކުޅުނު ދެ މެޗު ކާމިޔާބު ކޮށްގެން ލީގު ބުރުގެ އެއް ވަނައިގަ އެވެ. ފަސް ޓީމު ކުޅޭ މި މުބާރާތުގެ ފައިނަލަށް ހޮވޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

ރޭ ލަންކާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މުތައިރީ ބުނީ މުބާރާތެއްގައި އެންމެ މުހިއްމު ކަމަކީ ޕޮއިންޓް ހޯދުން ކަމަށެވެ. އަދި ދެ މެޗުން ހޯދޭނެ ޖުމްލަ އަދަދު، ހަ ޕޮއިންޓް ނޭޕާލަށް ލިބިފައި އޮތުމުން އޭނާ ދެކެނީ ނޭޕާލް މި އޮތީ ފައިނަލަށް ކޮލިފައިވުމުގެ "އެއް ޕަސެންޓް ހާސިލްވެފައި" ކަމަށް މުތައިރީ ބުންޏެވެ.

ދެ މޮޅާ އެކު ތާވަލުގެ ކުރީގައި އޮތް ނަމަވެސް މުތައިރީ ވަނީ ނޭޕާލްގެ ކުޅުންތެރިންނާއި ސަޕޯޓަރުން އަދި އެންމެންގެ ކިބައިން އަދި ހަމަޖެހިގެން މާ ބޮޑަށް އުފާފާޅުުނުކުރަން އެދިފަ އެވެ.

"މިހާރު ޕްރެޝަރު އޮތީ އެހެން ޓީމުތަކަށް. އަހަރެމެން 7 އޮކްޓޫބަރަށް މަޑުކުރާނަން. އެހެން ސަޕްރައިޒްތަކެއް ވެސް ހިނގާފާނެ،" މުތައިރީ ބުންޏެވެ.

"އަހަރެންގެ ނަަޒަރުގައި އެއްވެސް މެޗެއް ޔަގީނެއް ނުކުރެވޭނެ. ނުބުނެވޭނެ މި މެޗުން މޮޅުވާނަމޭ މި މެޗުން ބަލިވާނަމޭ. މި މެޗު އެއްވަރުކުރާނަމޭ. ތިން ދުވަސް ފަހުން ވަރަށް ބައިވަރު އަހަރެމެންނަށް ގަބޫލުކުރަން ދަތި ސަޕްރައިޒްތަކެއް ވެސް ފެނިދާނެ. މިހާރު އިންޑިއާ އަށް ޕްރެޝަރު އޮންނާނެ. ބަންގްލަދޭޝާ އެއްވަރުވެ، ދެ ޕޮއިންޓް ގެއްލުނީމަ،"

ރޭގެ މެޗަށް ފަހު މުތައިރީ (ވ) ލަންކާ ކުޅުންތެރިއަކު ގައިގައި ބައްދައިގެން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މުތައިރީ ބުނީ މީޑިއާގައި ދައްކަން ޖެހޭ ހުރިހާ ވާހަަކައެއްގެ ޒިންމާ އޭނާ ނަގާނެ ކަމަށާއި ކުޅުންތެރިންނަށް އެއްވެސް ޕްރެޝަރެއް ނުދޭނެ ކަމަށެެވެ. ސަބަބަކީ ފުޓްބޯޅަ އަކީ ވަރަށް ބޮޑަށް އެ ގެންގުޅޭ ވިސްނުމަކާ ގުޅިފައި އޮތް ކުޅިވަރަކަަށް ވާއިރު، ކުޅުންތެރިން ތިބެން ޖެހޭނީ ޕްރެޝަރާ ދުރުގައި ކަމަށް އޭނާ ދެކޭތީ އެވެ.

"އަހަރެން އެހެންވެ ކުޅުންތެރިން ވަށައިގެން ބޮޑު ފާރެއް ބައިންދައިގެން މި އުޅެނީ. އަހަރެން ޖެހޭ އަހަރެމެންގެ ޕްލޭޔަރުން ޕްރެޝަރާ ދުރުގައި ބަހައްޓަން،" މުތައިރީ ބުންޏެވެ.

މުތައިރީ ބުނީ ނޭޕާލް ކޯޗުކަމާ ހަވާލުވިއިރު އޭނާ ހާސިލް ކުރަން ބުނީ ތިން ކަމެއް ކަމަށެވެ. އޭގެ ތެރެއިން ދެ ކަމެއް ކުރެވުނުއިރު، މި ފަހަރުގެ މުބާރާތުގައި ތިން ވަނަ ކަންތައް ވެސް ހާސިލްކުރެވެމުން އަންނަ ކަމަށެވެ. އެއީ މުބާާރާތްތަކުގައި މޮޅަށް ކުޅުމަށް ވުރެ ނަތީޖާ ނެރުމާއި ޕޮއިންޓް ހޯދުން މުހިއްމު ކަމަށެވެ.

"ރަހުމަތްތެރިކަމުގެ މެޗުތައް ކުޅޭނަަމަ ކުޅުމަށް ވިސްނަންވީ. އެއީ މެޗުން ނަތީޖާ ނެރެން އެ ކުޅުން މުހިއްމުވާނެތީ. ދެން މެޗަށް ނުކުމެފައި ނަތީޖާ ނުނެރެ ބޯޅަ ހިފެހެއްޓުމުގެ މާނައެއް ނެތް. ފަހަރެއްގައި މީހުން ހިތްހަމަނުޖެހިދާނެ މިރޭ (ރޭ) އާއި ރާއްޖެ މެޗުގައި އަހަރެމެން ކުޅުނު ގޮތުން. އެ ކަމަކު ކީއްވެ އެކަމާ އަހަރެން ދެރަވާންވީ އަހަރެން އަތުގައި ދެ މެޗުން ލިބެންޖެހޭ ހަ ޕޮއިންޓް އެބައޮތް،" މުތައިރީ ބުންޏެވެ.

ލަންކާ އިން ރޭ ތަފާތު ދެއްކީ ޖަރުމަނު ދެ ވަނަ ޑިވިޝަނުގައި ކުޅުނު ވަސީމް ރަޒީކް އާއި އިނގިރޭސި ސްޓޭޓް ޑިިވިޝަނުގައި ކުޅޭ މާވިން ހަމިލްޓަން އަދި ކިއުޕީއާރް 23 އަހަރުން ދަށުގެ ޓީމަށް ކުޅޭ ޑިލޯން ޑި ސިލްވާ އެވެ. މިއީ ދާދި ފަހުން އެ ޓީމުން ފުރުސަތު ދިން ކުޅުންތެރިންނެވެ.

މުތައިރީ ބުނީ އެ ގޮތަށް އެހެން ގައުމުތަކުގައި ތިބި އެ ގައުމަކަށް ނިސްބަތްވާ ކުޅުންތެރިންނަށް ފުރުސަތު ދިނުމަކީ ރަނގަޅު ކަމެއް ކަމަށެެވެ.

"އެ ގައުމެއްގެ ލޭ ހިނގަންޏާ ހަމަ ކުޅެންވީ،" މުތައިރީ ބުންޏެވެ.

މުތައިރީ ނޭޕާލްގެ ކޯޗުކަމާ ހަވާލުވެ، އިޓަލީގައި އުޅޭ ނޭޕާލް ކުޅުންތެރިއެއް އެ ޓީމަށް ގެންނަން މަސައްކަތް ކުރި އެެވެ. އެކަމަކު، އެ ފުރުސަތު ފަހި ނުވީ ދެ ޕާސްޕޯޓް ގެންގުޅޭ ކުޅުންތެރިންނަށް ގައުމު ތަމްސީލް ކުރުމުގެ ފުރުސަތު ނޭޕާލްގައި ނޯންނާތީ އެވެ.

މުތައިރީ ބުނީ އެ ފުރުސަތު އޮންނަ ނަމަ ނޭޕާލް ވެސް އެހެން ގައުމުތަކުގައި ތިބި ގިނަ ކުޅުންތެރިން ގެނެސްގެން ވަރުގަދަ ކުރެވޭނެ ކަމަށެެވެ.

ސަރަހައްދުގެ ހުރިހާ ގައުމީ ޓީމެއްގެ ހަބަރުތައް މީޑިއާތަކުން ބަލާކަމަށް މުތައިރީ ވަނީ ބުނެފަ އެވެ. އެހެންވެ، އޭނާ އަށް ނޭނގޭ ވާހަކައެއް ނުދައްކާ ކަމަށާއި އެ ގޮތުން ލަންކާގެ ކޯޗު އާމިރް އަލަގިޗަށް މަގާމުގައި ދެމި ނުހުރެވޭކަން އެނގުނީ ލަންކާ ފުޓްބޯޅަ ޓީމުގެ ސޯޝަލް މީޑިއާ އިން ކަމަށް ބުންޏެވެ.

ނޭޕާލް ދެން ކުޅޭ މެޗުގައި އަންނަ އާދިއްތަ ދުވަހުގެރޭ ކުޅޭނީ އިންޑިއާއާ އެވެ. ފަހު މެޗުގައި އަންނަަ ހަފްތާގައި ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox