މާލޭން ބޭރުގައި ގާއިމްވާ ފުރަތަމަ ސްޓޭޓް މިނިސްޓަރު: ސޯބެ ހުންނަވާނީ އައްޑޫގައި!

އިއްޔެގެ ބޭއްވި ރަސްމިއްޔާތެއްގައި ސޯބެ އައްޔަން ކުރެއްވުމަށްފަހު ލިޔުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަވާލު ކުރައްވަނީ: ސޯބެއަށް ގިނަ ބަޔަކު އަންނަނީ މަރުހަބާ ކިޔަމުން -- ފޮޓޯ: ރައީސް އޮފީސް

އިއްޔެގެ ބޭއްވި ރަސްމިއްޔާތެއްގައި ސޯބެ އައްޔަން ކުރެއްވުމަށްފަހު ލިޔުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަވާލު ކުރައްވަނީ: ސޯބެއަށް ގިނަ ބަޔަކު އަންނަނީ މަރުހަބާ ކިޔަމުން -- ފޮޓޯ: ރައީސް އޮފީސް

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުންސިން އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރަކަށް އިއްޔެ އައްޔަން ކުރި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) މަސައްކަތްކުރައްވާނީ އައްޑޫގައި ގާއިމްވެ ހުންނަވައިގެން އެ ސިޓީގެ ޕްލޭނިންގެ މަސައްކަތްތައް ކަމަށް ސަރުކާރުން ބުނެފި އެވެ.

އެނގިފައިވާ ގޮތުގައި މިއީ މާލޭން ބޭރުގައި ގާއިމްވެ ހުރެގެން ސަރުކާރުގެ މި ފެންވަރުގެ އޮފިޝަލަކު މަސައްކަތްކުރައްވާނެ ފުރަތަމަ ފަހަރެވެ. އަދި މިއީ ވަކި އަތޮޅެއް ނުވަތަ ސަރަހައްދެއްގެ މަސައްކަތަށް ހާއްސަކޮށް ސްޓޭޓް މިނިސްޓަރަކު އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ. މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން އަދި މިނިސްޓަރުންގެ ނާއިބުން އާއްމު ހާލަތުގައި މަސައްކަތްކުރައްވަނީ މާލޭގަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ސަރުކާރުން ބޮޑެތި ޕްރޮޖެކްޓްތައް ހިންގާއިރު އެ ޕްރޮޖެކްޓެއް މެނޭޖްކުރަން އެ ސަރަހައްދެއްގައި ޔުނިޓެއް ގާއިމްކުރާ ކަމަށާއި ސޯބެގެ ޒިންމާއަކަށްވާނީ އައްޑޫގައި ގާއިމްކުރާ އެ ޔުނިޓް ހިންގެވުން ކަމަށެވެ.

Advertisement

"އަދަދު" އާ ވާހަކަ ދައްކަވަމުން ސޯބެ ވެސް ވިދާޅުވީ އޭނާ މަސައްކަތް ކުރައްވާނީ އައްޑޫގައި ސަރުކާރުން ހިންގާ ޕްރޮޖެކްޓުތަކުގައި ކަމަށެވެ.

"ކުޑަ ދުވަސްކޮޅަކު މާލޭގައި މަޑުކޮށްލާނަން. އެކަމަކު އެކޮޅުގައި [އައްޑޫގައި] ހުރެގެން މަސައްކަތް ކުރާ ގޮތަށް ހަމަޖެހިފައި އޮތީ،" ސޯބެ ވިދާޅުވި އެވެ.

މިނިސްޓްރީ އޮފް ޕްލޭނިންގެ އައްޑޫއަށް ހާއްސަ ބޭފުޅެއްގެ ގޮތުގައި ސޯބެ އައްޔަން ކުރުމުން ބައެއް ފަރާތްތަކުން އަންނަނީ މަރުހަބާ ކިޔަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސޯބެެއަށް މަރުހަބާ ދަންނަވައިފަ އެވެ.

"އަބްދުﷲ ސޯދިގަކީ ހިންގުންތެރި އަދި ގާބިލް ބޭފުޅެއް. އައްޑޫ ސިޓީގައި ސަރުކާރުގެ މަސައްކަތްތައް ބެލެހެއްޓުމަށް އެންމެ އެކަށީގެންވާ އެއް ބޭފުޅެއް،" ނަޝީދުގެ ކުރެއްވި ޓުވީޓެއްގައި ލިޔުއްވާފައިވެ އެވެ.

ސޯބެ ވަނީ އައްޑޫގެ މޭޔަރަކަށް ޖެހިޖެހިގެން ތިން ފަހަރު އިންތިހާބުވެފަ އެވެ. މިފަހަރު ވެސް މޭޔަރުގެ މަގާމަށް ވާދަ ކުރެއްވުމަށް އޭނާ މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އެ ސިޓީގެ މިހާރުގެ މޭޔަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ ނިޒާރާ ވާދަ ކުރައްވައި އެމްޑީޕީގެ ޕްރައިމަރީއިން ނާކާމިޔާބުވީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox