ފީފާ ރޭންކިން އަކީ ދޮގެއް: ނޭޕާލް ކޯޗު މުތައިރީ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އަލް މުތައިރީ ވާހަކަ ދައްކަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އަލް މުތައިރީ ވާހަކަ ދައްކަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ދުނިޔޭގެ ފުޓްބޯޅައިގައި މަހަކު އެއް ފަހަރު ފީފާއިން އާންމުކުރާ ކޮކާ ކޯލާ ރޭންކިން އަކީ ދޮގެއް ކަމަށް އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ނޭޕާލްގެ ކޯޗު އަބްދުﷲ އަލްމުތައިރީ ބުނެފި އެވެ.

މާދަމާރޭ ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޕާލްގެ ކޯޗު މުތައިރީ ބުނީ ފީފާ ރޭންކިން އާއި ހަގީގަތުގައި ކަން ހިނގާ ގޮތާ ދިމާނުވާ މައްސަލަ ހާއްސަ ނަޒަރަކުން ބެލުން މުހިއްމު ކަމަށެވެ.

"ފީފާ ރޭންކިން އަކީ ދޮގެއް. ސަބަބަކީ ޕާކިސްތާން އަށް ސަސްޕެންޝަން އައުމުގެ ކުރިން. އެ މީހުން އޮތީ 202 ވަނައިގައި. ސަސްޕެންޑްވި ފަހުން އެ މީހުން މި އެރީ 198 ވަނަ އަށް. އެ މީހުން އެއްވެސް މެޗެއް ނުކުޅޭ. އެހެން ޓީމުތަކުން މެޗު އެބަ ކުޅޭ. އެހެން ޓީމުތައް ޕޮއިންޓް ގެއްލުނަސް ޕާކިސްތާން މި އޮންނަނީ ހަމަ،" މުތައިރީ ބުންޏެވެ.

ނޭޕާލް އޮތީ އެންމެ ފަހުން ނެރުނު ރޭންކިންގައި ދުނިޔޭގެ 168 ވަނައިގަ އެވެ.

މުބާރާތުގައި ކުޅުނު މެޗުން ނޭޕާލް ވަނީ 1-0 އިން އެންމެ ފަހުގެ ޗެމްޕިއަން ރާއްޖެ ބަލިކޮށްފަ އެވެ. ލަންކާ ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން ވަނީ 1-0 އިން ބަލިވެފަ އެވެ.

ފީފާ ރޭންކިން އަށް ބަލާއިރު ލަންކާ އޮތީ ދުނިޔޭގެ 205 ވަނައިގަ އެވެ. އެކަަމަކު، އެ އަށް ބަލައިގެން މާދަމާ މެޗަށް ވިސްނައިފިނަމަ ނޭޕާލަށް ގެއްލުން ބޮޑު ކަމަށް މުތައިރީ ވަނީ ފާހަގަކޮށްފަ އެވެ.

މުތައިރީ ބުނީ ސްރީލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އެ ވަނީ މި މުބާރާތަށް ފަހު ކޯޗު ބަދަލުކުރާނެކަން އިއުލާނުކޮށްފައި ކަމަށެވެ. އަދި އެހެންވުމާ އެކު އެ މީހުންނަށް ގެއްލޭނެ އެއްޗެއް ނެތް ކަމަށާއި އެ ޕްރެޝަރު އޮތީ ނޭޕާލަށް ކަމަަށް މުތައިރީ ވަނީ ބުނެފަ އެވެ.

"ސްރީ ލަންކާ މި އޮތީ 205 ވަނައިގައި (ނޭޕާލް)ގެ ވަރަށް ގިނަ ސަޕޯޓަރުން އަހަންނަށް މެސެޖް އެބަކުރޭ 5-0 އިން މޮޅުވާން ނޫނީ 6-0 އިން މޮޅުވާން. އެއީ ފަސޭހަ ކަމެއް ނޫން. މާދަމާ އަހަރެން 1-0 އިން މޮޅު ވިޔަސް އަހަރެން ހުންނާނީ ވަރަށް އުފަލުން. ހަމައެކަނި ތިން ޕޮއިންޓް ޓާގެޓަކީ. އެހެން ނަތީޖާއެއް މުހިއްމެއް ނޫން. ފުރަަތަމަ މިނިޓްގައި ލަނޑެއް ޖެހުނަސް އަހަރެން ބުނާނަން ހުރިހާ ކުޅުންތެރިން ފަހަތަށް ފައިބަން،" މުތައިރީ ބުންޏެވެ.

"އަހަރެމެން ބުރަ މަސައްކަތުން ފުރަތަމަ މެޗުން މޮޅުވެފައި މާދަމާ މޮޅެއް ނުލިބިއްޖިއްޔާ ރާއްޖެ މެޗުގައި ކުރި މަސައްކަތުގެ އެއްވެސް މާނައެއް ނެތް،"

ރާއްޖެ މެޗަށް ނުކުތް ނޭޕާލްގެ ފުރަތަމަ އެގާރަ ކުޅުންތެރިން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ފުރަތަމަ މެޗުގައި ނޭޕާލުން ރާއްޖޭގެ މައްޗަށް ހޯދީ ތާރީހީ މޮޅެކެވެ. މިއީ ސާފް ޗެމްޕިއަންޝިޕެއްގައި ނޭޕާލަށް ރާއްޖެ އަތުން ލިބުނު ފުރަތަމަ މޮޅެވެ. އެ މެޗުގެ ކުރިން ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލުން ރާއްޖެއާ ދެކޮޅަށް ނުކުތް ހަތް ފަހަރު ވެސް މޮޅެއް ނުލިބެ އެވެ.

"ލަންކާ މެޗަށް ނުކުންނައިރު އަހަރެމެން ރާއްޖެ މެޗުގެ އުފަލުގައި ތިބެފިނަމަ މާދަމާ އަހަރެމެން ވަރަށް ގަދަޔަށް ރޯން ޖެހިދާނެ. އެ މެޗުން (ރާއްޖެ މެޗުން) މޮޅުވުމުން އުފާވިޔަސް މި ވަގުތު އެކަމެއް ހަނދާން ނުކުރާނަން،" މުތައިރީ ބުންޏެވެ.

ލަންކާ އަކީ އެންމެ ފިޒިކަލް ފުޓްބޯޅަ ކުޅޭ ޓީމު، ސަމާލުވާން ޖެހޭނެ

މުބާރާތުގައި މިހާތަނަށް ކުޅުން ފެނުނު ހަތަރު ޓީމަށް ބަލާއިރު، އެންމެ ފިޒިކަލް ފުޓްބޯޅައެއް ކުޅެނީ ލަންކާ އެވެ. ލަންކާ ފުރަތަމަ މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެ ޓީމުގެ ޑަކްސަން ޕުސްލަސް އަށް ވަނީ އެ މެޗުަގައި ރަތް ކާޑެއް ދައްކައިފަ އެވެ.

މުތައީރީ ބުނީ ނޭޕާލުން ވިސްނާނީ ލަންކާގެ ކުޅުންތެރިއަކު މަދުކޮށްގެން މެޗުން މޮޅުވުމަށް ކަމަށެވެ. ލަންކާގެ ކުޅުންތެރިއަކު މަދުކުރަން މަސައްކަތް ކުރާނީ އެ ޓީމަކީ ކޮންމެ ބޯޅައަކަށް ވެސް ޓެކަލްކުރާ އެކަމަށް ވަރަށް ފޯރި ހުންނަ ބައެއް ކަން ފުރަތަމަ މެޗުން އެނގިފައިވާތީ ކަމަށް މުތައިރީ ބުންޏެވެ. .

"އަހަންނަށް އެނގޭ އެ މީހުންނަކީ ވަރަށް ވަރުގަދަ އަށް ޓެކަލް ކުރާ ޓީމެއް ކަން. އަހަރެމެންގެ ޓާގެޓެއް އެއީ އެ މީހުންގެ އެއް ކުޅުންތެރިއަކު ފުރަތަމަ ހާފުގައި ބާލާފައި އަހަރެމެންނަށް ފަސޭހަކޮށްގެން މޮޅުވަން. އެ މީހުންނަކީ ވަރަށް ޓެކަލް ކުރާ ބައެއް. އެ އެޑްވާންޓޭޖްގެ ބޭނުން ހިފާނަން،"

ލަންކާގެ ކޯޗު ބޮސްނިއާގެ އާމިރް އަލަގިޗް ވަނީ ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭޕާލްގެ ރޭވުންތެރިކަމަށް ތައުރީފުކޮށް ވާހަކަ ދައްކައިފަ އެވެ. އަދި ނޭޕާލުން ޓެކްޓިކަލް ޑިސިޕްލިން ހިފަހައްޓައިގެން ދައްކާ ރަނގަޅު ކުޅުމުގެ އަސްލަކީ އެ ޓީމުން ރާއްޖެ ބަލިކުރުން ކަމަށް އަލަގިޗް ބުނެފައިވެ އެވެ.

އަލަގިޗް ކުރި ތައުރީފަށް މުތައީރީ ވަނީ ޝުކުރު އަދާކޮށްފަ އެވެ. އެކަމަކު، މާ ބޮޑަށް ނޭޕާލްގެ ރަނގަޅު ވާހަކަ ދެއްކުމުގެ ފަހަތުގައި ލަންކާ ކޯޗު އަލަގިޗްގެ ހާއްސަ ބޭނުމެއް އޮވެދާނެ ކަމަށް މުތައިރީ ވަނީ ބުނެފަ އެވެ.

"ފަހަރެއްގައި އެއީ އަހަރެެމެން މެޗަށް ގެނެސް ސަޕްރައިޒެއް ދޭން ދެއްކި ވާހަކައެއް ކަމަށް ވެދާނެ. އަހަރެމެން ޖެހޭނެ އެ މީހުން އެ ދައްކާ ވާހަކަ އަށް ނުހެއްލި ތިބެން. އަހަރެމެން ފޯކަސް ކުރަން ޖެހޭނީ ވަރަށް އުނދަގޫ މެޗެއް ކުޅެން ޖެހޭ ކަމަށް،" މުތައިރީ ބުންޏެވެ.

އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕެއްގައި ނޭޕާލާއި ލަންކާ ވާދަކުރީ 2015 ވަަނަ އަހަރު ޓްރިވެންޑްރަމްގައި ބޭއްވި މުބާރާތުގަ އެވެ. އެ ފަހަރު އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ލަންކާ ވަނީ ގޯލެއް ޖަހައި 1-0 އިން ނޭޕާލް ބަލިކޮށްފަ އެވެ.

ލަންކާ އާއި ނޭޕާލް މާދަމާރޭ ކުޅޭ މެޗު ފަށާނީ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox