ފުޅި ބަދަލުވިޔަސް ރަހަޔަށް ބަދަލެއް ނާދޭ

ފެހި ކުލައިގެ ފުޅި ދޫކޮށްލައި ސްޕްރައިޓުން ރާއްޖޭގައި އެތެރެފެންނަ ފުޅި ވަނީ މިހާރު ލޯންޗުކޮށްފަ. -- ފޮޓޯ:ކޮކާކޯލާ

ފެހި ކުލައިގެ ފުޅި ދޫކޮށްލައި ސްޕްރައިޓުން ރާއްޖޭގައި އެތެރެފެންނަ ފުޅި ވަނީ މިހާރު ލޯންޗުކޮށްފަ. -- ފޮޓޯ:ކޮކާކޯލާ

ރާއްޖޭގެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފިޒީ ޑްރިންކް، ސްޕްރައިޓްގެ ފުޅި ބަދަލުކޮށްފި އެވެ.

ޒަމާނުއްސެއްރެ ސްޕްރައިޓް މަޝްހޫރުވެފައި ވަނީ ފެހި ކުލައިގެ ފުޅިއެއްގެ ގޮތުގަ އެވެ. ނަމަވެސް ސްޕްރައިޓްގެ ފުޅި މިހާރު މިވަނީ ފެހި ކުލައިން އެތެރެ ފެންނަ ސާފު ފުޅިތަކަށް ބަދަލުކޮށްފަ އެވެ.

ސެޕްޓެމްބަރު 19 ވަނަ ދުވަހު ރަސްމީކޮށް ސްޕްރައިޓް ފުޅިތައް ފެހި ކުލައިން އެތެރެ ފެންނަ ސާފު ފުޅިތަކަށް ބަދަލުކޮށްފައިވާ އިރު، މިއީ "ވާލްޑް ވިތައުޓު ވޭސްޓް"ގެ ނަމުގައި ދެމެހެއްޓެނިވި ޕެކޭޖިން އަށް ބަދަލުކުރުމަށް 2018 ވަނަ އަހަރު ކޮކާކޯލާ އިން ފެށި ހާއްސަ މަޝްރޫއުގެ ދަށުން ގެނެވުނު ބަދަލެކެވެ.

މި މަޝްރޫއަކީ، 2030 އަންނަންވާއިރަށް، ކޮކާކޯލާ އިން ވިއްކާ ކޮންމެ ފުޅިއެއް އަދި ދަޅެއް ބޭނުންކުރުމަށް ފަހު އެއްކޮށް ރީސައިކަލް ކުރުމުގެ އަޒުމްގައި ހިންގޭ މަޝްރޫއެކެވެ.

ސްޕްރައިޓުގެ ސާފު ފުޅީގެ 300އެމްއެލް، 500އެމްއެލް، 1.25 ލީޓަރު އަދި 2 ލީޓަރުގެ ފުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސުޕަމާކެޓުތަކާއި ރީޓެއިލް ފިހާރަތަކުން މިހާރު ލިބޭނެ އެވެ.

ސްޕްރައިޓް ފުޅިތަކުގެ އާ ޕެކޭޖިންނާ ގުޅޭގޮތުން މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ސަންޖޭ މަނިކު ވަނީ މިއީ ފަސޭހައިން ފުޅި ރީސްކައިލްކޮށް އަދި ތަފާތު އެއްޗެއްސަށް ބަދަލުކުރެވޭނެކަން އެނގިތިބެ، ދިވެހިންނަށް އެންމެ ކަމުދާ ސްޕާކްލިން ލެމަން-ލައިމް ބުއިމުގެ މީރު ރަހައަށް އެއްވެސް ބަދަލެއް ނުގެނަސް ގެނައި ބަދަލެއް ކަމަށެވެ.

އަދި މިއީ ދެމެހެއްޓެނި ތިމާވެށީގެ ކަންކަމަށް އެއްބާރުލުން ދީ ވިޔަފާރި ފުޅާކުރަން ކުރެވޭ މަސައްކަތްތަކުގެ ބައެއްކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިކަމާ ކުޅޭގޮތުން ކޮކާކޯލާ ރާއްޖޭގެ މެނޭޖިން ޑިރެކްޓަރު، ޕަންކަޖު ސިންހަ ވަނީ ކޮކާކޯލާ ކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ ދެމެހެއްޓެނިވި އަދި އެންމެންނަށް ފައިދާކުރާ ކުރިމަގެއް ބިނާކުރުމަށް ކަމަށާއި އާންމުނަށާއި މުޖުތަމައުއަށް އަދި ދުނިޔެއަށް ރަނގަޅު ބަދަލުތަކެއް ގެނެސްދިނުމަކީ ކުންފުނީގެ ތަސައްވަރު ކަމަށެވެ.

ފެހި ފުޅިން ސާފު ފުޅި އަށް ބަދަލުކުރުމުން، ރީސައިކަލް ކުރަން ބޭނުންކުރެވޭ ނިޒާމުތައް މިހާރަށް ވުރެ ހަލުއިކުރެވޭނެ ކަމަށް ޕަންކަޖު ވިދާޅުވި އެވެ. އަދި މިއީ، ބޭނުންކުރުމަށް ފަހު އުކާލާ ޕެޓް ފުޅިއާ ގުޅޭ ގޮތުން އަމަލުކުރެވޭ ގޮތް ވަށާޖެހޭ އިގްތިސާދީ ސިޔާސަތެއްގެ މަތިން ބިނާކުރުން ހަލުއިކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށް އެނޭ ފާހަގަކުރި އެވެ.

ސްޕްރައިޓް ތައާރަފުކޮށްފައި ވަނީ 1960 ވަނަ އަހަރު އެވެ. އޭރުއްސުރެ ފެހި ކުލައިގައި މަޝްހޫރުވެފައިވާ ފުޅި ބަދަލުކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ބްރޭންޑު ކުރިއަރުވަން ކުންފުނިން ނެގި ވަރަށް ބޮޮޑު ފިޔަވަޅެކެވެ.

ސާފު ސްޕްރައިޓް ފުޅިއަކީ 100 އިންސައްތަ ރީސައިކަލް ކުރެވޭ ފުޅިއެކެވެ. މީގެ ސަބަބުން، ބޭނުންކުރުމަށް ފަހު އުކާލާ ފުޅީގެ ވެލިއު އިތުރުކުރެވޭނެ އެވެ. އަދި ތަފާތު އެހެނިހެން ބޭނުންތަކަށް އެ ފުޅި ބޭނުންކުރެވޭނެ ފުރުސަތު ފަހިވެގެންދާ އިރު، ބޭނުންކޮށް ނިންމާފައި ހުންނަ ފުޅި އެއްކޮށް، ރީސައިކަލްކޮށް އަދި އަލުން ބޭނުންކުރުން އިތުރުވުމުގެ ފުރުސަތު ބޮޑުވާނެ އެވެ.

މީގެ ސަބަބުން ރާއްޖޭގައި ޕްލާސްޓިކް ކުންޏާ ގުޅޭ ގޮތުން އަމަލުކުރެވޭ ގޮތް ވަށާޖެހޭ އިގްތިސާދީ ސިޔާސަތެއްގެ މަތިން ބިނާކުރެވިގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox