ރާއްޖެ އަތުން ހޯދި ތާރީހީ މޮޅު ނޭޕާލްގެ ކޯޗު ހާއްސަކުރީ މަރުވި ބޮޑު ބޭބެ އަށް

ނޭޕާލްގެ ކޯޗު އަބްދުﷲ އަލް މުތައިރީ: އޭނާ ވަނީ ރާއްޖެ އަތުން ހޯދި މޮޅު ދާދި ފަހުން މަރުވި އޭނާގެ ބޮޑު ބޭބެ އަށް ހާއްސަކޮށްފައި.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ނޭޕާލްގެ ކޯޗު އަބްދުﷲ އަލް މުތައިރީ: އޭނާ ވަނީ ރާއްޖެ އަތުން ހޯދި މޮޅު ދާދި ފަހުން މަރުވި އޭނާގެ ބޮޑު ބޭބެ އަށް ހާއްސަކޮށްފައި.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިރޭ ރާއްޖެ އަތުން 1-0 އިން ނޭޕާލުން ހޯދި ތާރީހީ މޮޅު އެ ޓީމުގެ ކޯޗު ކުވޭތުގެ އަބްދުﷲ އަލްމުތައިރީ ހާއްސަކުރީ އިއްޔެ މަރުވި އޭނާގެ ބޮޑު ބޭބެ އަށެވެ.

މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ރާއްޖެ އަތުން ނޭޕާލަށް ލިބުނު ފުރަތަމަ މޮޅެވެ. މީގެ ކުރިން ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުން ރާއްޖެ ވަނީ މޮޅުވެފަ އެވެ. އަނެއް ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މެޗުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމަށް މުތައިރީ ހާޒިރުނުވީ އޭނާގެ ބޮޑުބޭބެ މަރުވުމުންނެވެ. މުތައިރީ ބުނީ އެކަމަށް މާފަށް އެދޭ ކަމަށާއި މިރޭގެ މެޗުން ރާއްޖެ އަތުން އޭނާ އަށް ލިބުނީ ވަރަށް ޖަޒުބާތީ މޮޅެއް ކަމަށެެވެ.

"އަހަރެން ބޭނުމީ މި މޮޅު އޭނަ (މަރުވި ބޮޑު ބޭބެ) އަށް ހާއްސަ ކުރަން. ރާއްޖެއާ ދެކޮޅަށް ރާއްޖޭގައި ކުޅެގެން ސާފް ޗެމްޕިއަންޝިޕްގައި މޮޅުވުމަކީ ވަރަށް ބޮޑު ކަމެއް. އަހަރެން ވަރަށް އުފާވޭ މި މޮޅު އަހަރެންގެ މަރުވި ބޮޑު ބޭބެ އަށް ހާއްސަ ކުރެވުނީމަ،" މުތައިރީ ބުންޏެވެ.

މުތައިރީ ބުނީ އޭނާގެ ސިއްހީ ހާލަތު ވެސް ރަނގަޅު ނޫން ކަމަށާއި ކޮނޑުގެ ސާޖަރީއެއް ކުރަން ޖެހިފައި އޮއްވައި އެކަން ލަސްކުރަނީ ގައުމީ ޓީމަށް ވަގުތު ދޭން ކަމަށެވެ. ކޯޗެއްގެ ވަޒީފާ އަކީ އުނދަގޫ ކަމެއް ކަމަށާއި މީގެ އެކި ޗެލެންޖްތަކުގެ ތެރެއިން ނަތީޖާ ނެރުން މުހިއްމު ކަން މުތައިރީ ފާހަގަކުރި އެވެ.

"މިރޭ ގޯލު ޖެހިއިރު އަހަރެންގެ މޫނުމަތި ފެނުނު މީހަކަށް އަހަންނަށް އިހުސާސް ކުރެވޭ ގޮތް ފެންނާނެ. އިއްޔެ ހިތާމައިގައި އުޅެފައި މިއަދު ރާއްޖޭގައި ކުޅެގެން ރާއްޖޭގެ ޓީމު ތާރީހުގައި ފުރަަތަމަ ފަހަަރަށް ނޭޕާލުން ބަލި މިކުރީ. މިއީ ކުޑަ ކަމެއް ނޫން. އަހަރެންގެ ހުރި ހިތާމަ އާއި އުފަލާއި ހުރިހާ ކަމެއް އެއްކޮށް ބަންޑުންވި ކަހަލަ،" މުތައިރީ ބުންޏެވެ.

ނޭޕާލުން ވަނީ މި ފަހަރުގެ މުބާރާތަށް ތައްޔާރުވާން ގަތަރުގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކޮށްފަ އެވެ. ރާއްޖެ ވެސް ޓްރެއިނިން ކޭމްޕް ޖެހީ ގަތަރުގަ އެވެ.

މުތައިރީ ބުނީ ރާއްޖެއާ ދެކޮޅަށް ނުކުތީ ކުޅެން ޖެހޭ ގޮތް ވަރަށް ރަނގަޅަށް ދަނެގެން ރަނގަޅު ގޭމްޕްލޭނަކަށް ތައްޔާރުވެގެން ކަމަށެވެ.

"އަހަރެމެން ވަަރަށް ރަނގަޅަށް ރާއްޖެ ދަސްކުރިން މެޗުގެ ކުރިން. އެ މީހުން ކުޅޭ ގޮތާ ހުރިހާ ގޮތެއް ދިރާސާކުރިން. އަލީ އަޝްފާގަށް ބޯޅަ ލިބުނީމަ ޓީމު މޫވްކުރާގޮތާ ހުރިހާ ގޮތެއް ބެލިން،" މުތައިރީ ބުންޏެވެ.

"އަހަރެމެންނަށް އެނގޭ ރާއްޖޭގައި މި މެޗު ކުޅޭތީ އަހަރެމެންނަށް އެނގޭ މެޗު 0-0 އިން އެއްވަރުވެފައި. ނޫނީ 1-0 އިން އަހަރެމެން ކުރީގައި އޮއްވައި ހިނގާ ކޮންމެ މިނިޓެއްގައި ސަޕޯޓަރުންގެ އުއްމީދުތަކާ ހުރިހާ ކަމެއްގެ ޕްރެޝަރު ރާއްޖެ އަކީ ހޯސްޓްވީމަ އޮންނާނެކަން. އެއީ ރާއްޖެ އަށް އިތުރުވާނެ ދެ ގުނަ ޕްރެޝަރު އެ ފައިދާ އަހަރެމެން ނެގީ. ކުރި މަސައްކަތަށް ބަލާއިރު މިއީ ހައްގު މޮޅެއް،"

މި ފަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ކުރިން ނޭޕާލުން އެންމެ ފަހު މެޗަކަށް ކުޅުނީ އޮމާނާ ދެކޮޅަށެވެ. އެ މެޗުން 7-2 އިން ނޭޕާލް ބަލިވުމުން އެ ޓީމަށް ވަރަށް ގިނަ ފާޑުކިޔުން އަމާޒުވި ކަަން ފާހަގަކޮށް މުތައިރީ ބުނީ އޭނާ ވެސް އެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހޭ ކަމަށެވެ. އެކަމަކު، އެ ފަދަ މެޗުތައް ނަތީޖާ އަށް ނުބަލައި ކުޅޭ ސަބަބަކީ އޭގެއިން ލިބޭ ތަޖުރިބާގެ ބޭނުން ހިފައި ކުޅުންތެރިންނަށް ކުރިއަށް ދެވޭނެތީކަމަށް މުތައިރީ ބުންޏެވެ.

"ޔަގީނުން ވެސް އެ ތަޖުރިބާއާ އެކު ކުރިއަށް އޮތްތަނުގައި މި ނޭޕާލް ޓީމު ތަފާތު ދައްކާނެ. މި ޓީމު އެއްކޮށް ބާއްވައިގެން ތަރައްގީ ކޮށްފިއްޔާ އަހަންނަށް ޔަގީން މި ޓީމު ތަފާތު ދައްކާނެ،"

ރާއްޖެ ޓީމުގެ ދާދު އަށް ލިބުމުގެ ކުރިން ނޭޕާލްގެ ކީޕަރު ކިރަން ބޯޅަ ޕަންޗްކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ފަސް ގައުމުގެ ތެރެއިން މުބާރާތުގެ ފައިނަލެއް ނުކުޅެ ތަށި ވެސް ނުލިބި އޮތް ހަމައެކަނި ޓީމަކީ ނޭޕާލް އެވެ. ރާއްޖެ އަތުން ނޭޕާލަށް މި ލިބުނު މޮޅާ އެކު އެ ގައުމުގެ ފުޓްބޯޅަ ސަޕޯޓަރުން އަންނަނީ ވަރަށް ބޮޑަށް އުފާފާޅުކުރަމުންނެވެ. އެ އުފާފާޅުކުރުންތަކަށް އަމާޒުކޮށް މުތައިރީ ވަނީ މެސެޖެއް ދީފަ އެވެ.

"މިއީ ނޭޕާލްގެ ފުޓްބޯޅަ ފެޑެރޭޝަން، އަންފާ އާއި ނޭޕާލް ސަރުކާރާއި ފުޓްބޯޅަ ސަޕޯޓަރުންނަށް ދޭ މެސެޖެއް. މިއީ އެންމެނަށް ދޭ މެސެޖެއް. އަހަރެމެންނަށް އަދި ތަށްޓެއް ނުލިބޭ. އެހެންވީމަ މިރޭ އުފާކޮށްފައި. މާދަމާ ހޭލާފައި ކުހަމަޖެހިގެން ތިބެންވީ އެންމެން. ހަމަޖެހިލާފައި ދެން އޮތް މެޗުތަކަށް ތައްޔާރުވާން ޖެހޭ،" މުތައިރީ ބުންޏެވެ.

މިރޭގެ މެޗުގައި ލަނޑު ޖެހި ޒުވާން ފޯވާޑް މަނީޝް ދަންގީ އަކީ އެ ގައުމުގެ ފުޓްބޯޅައިގެ ހީރޯއެއް ކަމަށް މުތައިރީ ވަނީ ބުނެފަ އެވެ. އަދި މި މޮޅުގެ ކްރެޑިޓް ދޭން ޖެހޭނީ ހުރިހާ ކުޅުންތެރިންނަށް ކަމަށް މުތައިރީ ބުންޏެވެ.

ނޭޕާލް ދެން ކުޅޭ މެޗުގައި ހޯމަ ދުވަހުގެރޭ ކުޅޭނީ ސްރީ ލަންކާއާ އެވެ. ލަންކާ ވަނީ މިއަދު ހަވީރު 1-0 އިން ބަންގްލަދޭޝް އަތުން ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox