ބަހްރެއިންގައި އިޒްރޭލުގެ އެމްބަސީއެއް ހުޅުވުމުން އިރާނުން ހިތްހަމަނުޖެހިއްޖެ

ބަހްރެއިނުގައި އިޒްރޭލުގެ އެމްބަސީ ހުޅުވީ ފޮރިން މިނިސްޓަރު ކުރެއްވި ދަތުރެއްގެ ތެރެއިން. -- ފޮޓޯ: އޭއެފްޕީ

ބަހްރެއިނުގައި އިޒްރޭލުގެ އެމްބަސީ ހުޅުވީ ފޮރިން މިނިސްޓަރު ކުރެއްވި ދަތުރެއްގެ ތެރެއިން. -- ފޮޓޯ: އޭއެފްޕީ

ތެހްރާން، އިރާން (އޮކްޓޯބަރު 1) - އިޒްރޭލުގެ ފޮރިން މިނިސްޓަރަށް ބަހްރެއިނަށް ވަޑައިގެން ޔަހޫދީ ދައުލަތުގެ އެމްބަސީއެއް އެ ގައުމުގައި ހުޅުވުމަކީ "ލަދުވެތިި" ކަމެއްގެ ގޮތުގައި އިރާނުން ސިފަކޮށްފި އެވެ.

އިރާނާއި އިޒްރޭލަކީ ދެ ހަތުރުންނަށް ވާއިރު، ބަހްރެއިން އަކީ ފާއިތުވި އަހަރެއްހާ ދުވަސް ތެރޭގައި އިޒްރޭލާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރި ހަތަރު އަރަބި ގައުމުގެ ތެރެއިން އެއް ގައުމެވެ.

ސުންނީ މުސްލިމުން ވެރިކަން ކުރާ ބަހްރެއިނުގެ ޝިއައީ މުސްލިމުންގެ ތެރެއިން ދޭތެރެ ދޭތެރެއިން ހަމަނުޖެހުން އުފެދެ އެވެ. ބަހްރެއިނުން ތުހުމަތު ކުރަނީ އެ ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ އިރާނު ކަމަށެވެ. ނަމަވެސް ޝިއައީންގެ ވެރިކަމެއް އޮންނަ އިރާނުން އެ ތުހުމަތު ދޮގުކުރެ އެވެ.

"ގުދުސް ހިފައިގެން އުޅޭ އަނިޔާވެރި ދައުލަތަށް ބަހްރެއިނުގެ ލީޑަރުން މަރުހަބާ ކިޔުމަކީ ލަދުވެތިކަމެއް،" އިރާނު ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ސައީދު ހާތިބްޒާދޭ ނެރުނު ބަޔާނެއްގައި ވިދާޅުވި އެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓަރު ޔެއާ ލަޕިދް ބަހްރެއިނަށް ވަޑައިގެން އެމްބަސީ ހުޅުއްވައިދެއްވީ ބުރާސްފަތި ދުވަހު އެވެ. އިޒްރޭލާއި ބަހްރެއިނުން ގުޅުން ގާއިމް ކުރީ މީގެ އަހަރެއް ކުރިންނެވެ.

ލަޕިދްގެ މި ދަތުރަކީ ޔަހޫދީ ދައުލަތުގެ ފޮރިން މިނިސްޓަރަކު ބަހްރެއިނަށް ކުރައްވާ ފުރަތަމަ ދަތުރެވެ. އޭނާ ވަނީ ރަސްގެފާނު ހަމަދް ބިން އީސާ އަލް ހަލީފާއާ ބައްދަލުކުރައްވާފަ އެވެ.

އިޒްރޭލުގެ މީޑިއާ އިން ރިޕޯޓު ކުރި ގޮތުގައި އެ ބައްދަލުވުމަކީ ގަލްފު ގައުމެއްގެ ރަސްގެފާނަކާއި އިޒްރޭލުގެ އޮފިޝަލަކާ ދެމެދު ބޭއްވި ފުރަތަމަ ރަސްމީ ބައްދަލުވުމެވެ.

ބަހްރެއިންގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ސޫދާން އަދި މޮރޮކޯ އިން ވެސް ފާއިތުވި އަހަރުގެ ތެރޭގައި އިޒްރޭލާއެކު ގުޅުން ގާއިމްކުރި އެވެ.

ބަހްރެއިނުން ވަނީ 2016 ވަނަ އަހަރު އިރާނާއެކު އޮތް ގުޅުން ކަނޑާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox