ދީނީ މިންގަނޑުން ޖާބިރު ބޭރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވެއްޖެ

އިސްލާމިކް މިނިސްޓަރު ޒާހިރުއާއި، ފަތުވާ މަޖިލީހުގެ ރައީސް ޝެއިހް ރަޝީދުއާއި، ކުރީގެ އިސްލާމިކް މިނިސްޓަރު ޝަހީމް --

އިސްލާމިކް މިނިސްޓަރު ޒާހިރުއާއި، ފަތުވާ މަޖިލީހުގެ ރައީސް ޝެއިހް ރަޝީދުއާއި، ކުރީގެ އިސްލާމިކް މިނިސްޓަރު ޝަހީމް --

ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ގޮވާލެއްވުން އިސްލާމިކް މިނިސްޓަރާއި ފަތުވާ މަޖިލީހުގެ ރައީސް ކުށްވެރިކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލާ ގުޅޭގޮތުން މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ދީނީ މިނިވަންކަމަށް ގޮވާލެއްވީ ސޫރަތުލް ކާފިރޫންގައިވާ ހަތަރު ވަނަ އާޔަތް ވިދާޅުވަމުންނެވެ.

"ގުރުއާން ތަހުޒީބު. ﷲ ވޮޑިގެންވޭ. ﷲ ސުބުހާނަހޫ ވަތައާލާގެ މިންވަރުފުޅުން އަޅުގަނޑުމެންނަކީ ސުންނީ މުސްލިމުން. މި ރާއްޖޭގައި މާ މޮޅު ދީންވެރިއަކު ނެތް. އެންމެން ނަމާދު ކުރޭ. އެހެން ދީންތަކަށް، މި ރާއްޖޭގައި ނަމާދުކޮށް އުޅެވޭނޭ ގޮތުގެ މައްޗަށް. 'لَكُمْ دِينُكُمْ وَلِيَ دِينِ' މިގައުމުގައި އުފައްދަން އެބަ ޖެހޭ. މާނައަކީ، އެހެން ދީންތަކުގެ މީހުން އައިސް ނަމާދުކޮށް މިތާނގައި އުޅެވެން ވާނެ އޭ. މި ރާއްޖެ މިއީ ޔުނިވާސަލް ޕްރެކްޓިސްއެއް،"

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު "އަދަދު"އަށް މިއަދު ވިދާޅުވީ ޖާބިރު ދީނީ މިންގަނޑުތަކުން ބޭރުވެފައިވާ ކަމަށެވެ.

އަދި މަޖިލީހުގެ މެމްބަރަކަށް ވިޔަސް، އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ ވާހަކައެއް މަޖިލީހުގެ ތަޅަމުގައި ނުދެއްކޭނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ދީނާ ފުށުއަރާ ވާހަކައެއް، ނުވަތަ ދެކޮޅު ވާހަކައެއް މެމްބަރަކަށްވެސް ނުދެއްކޭނެ ކަމަށާއި، އަދި އެފަދަ ވާހަކައެއް ދައްކާފި ނަމަ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

ހިތުހުރިހާ އެއްޗެއް އެއްވެސް މެމްބަރަކަށް ނުކިޔޭނެ. މާތްވެގެންވާ އިސްލާމްދީނުގައި އޮވޭ ދެއްކޭނެ ވާހަކަތަކާއި ނުދެއްކޭނެ ވާހަކަތައް ކަނޑައަޅާފައި. ދީނާ ދެކޮޅު ނުވަތަ ހިލާފު ވާހަކައެއް ދައްކައިފިނަމަ އެ މެމްބަރަކު އެވަނީ ގާނޫނުއަސާސީއާ ހިލާފުވެފައި. ފިޔަވަޅު އެޅެން ޖެހޭނެ.

ޖާބިރު ދެއްކެވި ވާހަކަ ކުށްވެރިކުރައްވަމުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސް މުހައްމަދު ރަޝީދު އިބްރާހިމް ވިދާޅުވީ ޖާބިރު އެފަދަ ވާހަކައެއް ދައްކާފައިވާނަމަ އޭނާއަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ. އަދި އެއީ އިސްލާމްދީނާ ހިލާފު ވާހަކައެއްކަން އޭނާ ވެސް ފާހަގަކުރެއްވި އެވެ.

ރަޝީދު ވިދާޅުވީ މި ގައުމުގެ ދީނަކީ އިސްލާމްދީން ކަމުގައި ގާނޫނުއަސާސީގައި ކަނޑައަޅާފައިވާއިރު، އެހެން ދީންތަކަށް މަރުހަބާ ކިޔާ، ދީނީ މިނިވަންކަން މި ގައުމުގައި އޮންނަން ޖެހޭނެ ކަމަށް ވަކާލާތު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

އަދި އެއީ އަދަބު ކަނޑައެޅޭނެ ކުށެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުވެސް ވަނީ ޖާބިރުގެ ވާހަކަ ކުށްވެރި ކުރައްވާފައެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީއާ ހިލާފަށް، ދާހިލީ މަސްލަހަތު ގެއްލޭ ޒާތުގެ ވާހަކަ ދެއްކުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް އޮވެގެން ނުވާނެ ކަމަށެވެ.

އަދި ދައުލަތުގެ މުއަސަސާތަކުން ގާނޫނުއަސާސީ ނަގަހައްޓާ ދެމެހެއްޓުމަށްޓަކައި އެފަދަ ވާހަކަތައް ދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މަޖިލީހުގެ އިދާރާގެ އިސްނެގުމާއެކު މިހާރު މި މައްސަލަ އަންނަނީ ބަލަމުންނެވެ.

އެ އިދާރާގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ ޖާބިރު ދެއްކެވި ވާހަކަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި ދައްކާ ވާހަކަތަކަށް ބޮޑެތި އިމްތިޔާޒްތަކެއް ލިބެ އެވެ.

ގާނޫނުއަސާސީން މަޖިލީހުގެ މެމްބަރުންނަށް ލިއްބައިދީފައިވާ އިމްތިޔާޒްތަކުގެ ދަށުން މަޖިލީހުގެ މެމްބަރަކު މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި ދައްކާ އެއްވެސް ވާހަކައަކާ ގުޅިގެން ތަހުގީގެއް ހިންގައި، ދައުވާކޮށް، ކޯޓަށް ހާޒިރު ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައި ވެ އެވެ

ނަމަވެސް، އެ ގޮތަށް ބަޔާންކުރާ މާއްދާގައި ބުނަނީ އެ އިމްތިޔާޒް ލިބޭނީ އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތަށް މެމްބަރުން ދައްކާ ވާހަކަތަކަށް ކަމަށެވެ.

titledesc

އެގޮތުން، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި އެ ދީނަކީ ރާއްޖޭގެ ގާނޫނުގެ އެންމެ މައިގަނޑު މަސްދަރުގެ އިތުރުން އިސްލާމް ދީނުގެ އަސްލަކާ ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެކަމަށް ގާނޫނުއަސާސީގެ 10 ވަނަ މާއްދާގައި ސާފުކޮށް ބުނެފައި ވެ އެވެ.

އެހެންކަމުން، ޖާބިރާމެދު އެއްވެސް ފިޔަވަޅެއް އެޅޭނީ އޭނާ ދެއްކެވި ވާހަކަ އިސްލާމްދީނުގެ އަސްލަކާ ހިލާފުކަމަށް ކަނޑައެޅިއްޖެނަމަ އެވެ.

އެ މައްސަލައާ ގުޅޭގޮތުން، މަޖިލީހުގެ ސުލޫކީ ކޮމެޓީގެ މުގައްރިރު އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔާސިރު އަބްދުލްލަތީފް ވިދާޅުވީ ޖާބިރު ދެއްކެވި ވާހަކަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ.

މަޖިލީހުގެ ތަޅުމުގައި ވެސް އެހެން މެމްބަރުންނާ ހިލާފަށް އުޅުއްވާ ޖާބިރުގެ އަމަލުތައް މިފަހުން ވަނީ މާބޮޑަށް ގޯސްވެފަ އެވެ.

އެގޮތުން، އާންމު ތަންތަނުގައި އަޑުގަދަކޮށް، ހަޑިހުތުރު ބަހުން ވާހަކަ ދައްކާ އޯޑިއޯތަކާއި ވީޑިއޯތައް ވެސް ސޯޝަލް މީޑިޔާގައި މިފަހުން ވަނީ އާންމުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox