މުސާރަ ހާމަކުރަން އެމްއޭސީއެލް ދެކޮޅު: ދެން ވާނީ ކިހިނެއް؟

މުސާރަ ހާމަކުރަން އެމްއޭސީއެލް ދެކޮޅު: ދެން ވާނީ ކިހިނެއް؟

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުގެ ތެރޭގައި ހިމެނޭނެކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ނިންމާފައިވާ ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ތެރެއިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މައްޗަށް މައުލޫމާތު ދިނުމަށް އަންގާފައިވާ މައްސަލައެއްގައި މައުލޫމާތު ދެވެން ނެތް ކަމަށް އެމްއޭސީއެލްއިން ނިންމައިފި އެވެ.

މައުލޫމާތު ލިބިގަތުމުގެ ގާނޫނުގެ ދަށުން އެމްއޭސީއެލްގެ މައްޗަށް އެ ކުންފުނީގެ އިސްވެރިންގެ މުސާރަ ހޯދައި އާންމުކުރަން އެދިފައިވަނީ އާންމު ފަރުދެއްކަމުގައިވާ އައިމަން ލަތީފް އެވެ.

އެމްއޭސީއެލްއަށް ހުށަހެޅި އެދުމާ ގުޅިގެން މިއަދު އެ ކުންފުނިން އައިމަންއަށް ފޮނުވި ސިޓީއެއްގައި ވަނީ ސެޕްޓެމްބަރު 14 ވަނަ ދުވަހު އައިކޮމްއިން އެ މައްސަލައިގަ މައުލޫމާތު ދޭންޖެހޭނެކަމަށް ނިންމި ނިންމުމާ ގުޅިގެން، މައުލޫމާތު ލިބިގަތުމުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގެ ދަށުން ދައުލަތުގެ އިދާރާތަކުގެ ތެރެއިން ސަރުކާރުގެ ކުންފުނިތައް ހިމަނާފައިނުވާކަން ފާހަގަކޮށްފަ އެވެ.

އަދި އައިކޮމް އިން ސެޕްޓެމްބަރު 14 ވަނަ ދުވަހު ނިންމި ނިންމުމުގައި ހަވާލާދިން ހައި ކޯޓުގެ ގަޒިއްޔާ ހުކުމުގައި، ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތައް ބަޔާންކޮށްފައިވާއިރު، އެ ހުކުމްގައި ވެސް ސަރުކާރު ކުންފުނިތައް ނުހިމެނޭކަން އެމްއޭސީއެލްއިން ފޮނުވި ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން، އެ ގާނޫނުގެ ދަށުން އެދިފައިވާ މައުލޫމާތު ހިއްސާ ކުރެވެން ނެތްކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފަ އެވެ.

އެމްއޭސީއެލްގެ އިސްވެރިންތަކެއް. ފޮޓޯ: އެމްއޭސީއެލް
އެމްއޭސީއެލްގެ އިސްވެރިންތަކެއް. ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލްގެ އިސްވެރިންތަކެއް. ފޮޓޯ: އެމްއޭސީއެލް

ނަމަވެސް، މައުލޫމާތު ލިބިގަތުމުގެ ގާނޫނުގެ ދަށުން ސަރުކާރުގެ އިތުރު ކުންފުންޏެއްކަމުގައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މައްސަލައެއްގައި ހައި ކޯޓުން ވަނީ ދައުލަތުގެ އިދާރާތައް މާނަކުރާ ކުރުމުގައި ދައުލަތުގެ ކުންފުނިތައް ވެސް ހިމެނޭނެކަމަށް ކަނޑައަޅާފަ އެވެ.

އެކަމަކު އެ ހުކުމުގައި ނިންމާފައިވަނީ އެމްޓީސީސީން މައުލޫމާތު ދޭން ނުޖެހޭނެ ކަމަށެވެ.

ހައިކޯޓުގެ އޭގެ ފަހުގެ ހުކުމެއްގައި ކަނޑައެޅީ އައިކޮމްގެ ނިންމުންތައް ހައިކޯޓުގަ އިސްތިއުނާފް ނުކުރެވޭނެ އެވެ. ހައިކޯޓުގެ މި ދެ މައްސަލަ ވެސް މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

"އެމްއޭސީއެލްއިން އެ މަޑުކުރަނީ އެ މައްސަލައިގަ ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން،" މައްސަލަ ހުށަހެޅި އައިމަން ލަތީފް ބުންޏެވެ.

އައިމަން ފާހަގަކުރި އިހްތިސޯސްގެ މައްސަލައިގެ އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި އެބަ އޮތެވެ. އެހެންނަމަވެސް، އޭގެ ކުރިން އެމްއޭސީއެލްއިން އައިމަންއަށް އެޑްރެސްކޮށް މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ އެ މައްސަލައިގަ މައުލޫމާތު ދެވެން ނެތް ކަމަށެވެ.

ގާނޫނީ ހުސްކަމެއް

އެމްއޭސީއެލްގެ އެ ނިންމުމާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު "އަދަދު"އަށް ވިދާޅުވީ އެމްއޭސީއެލްއިން އެ މައްސަލައިގަ ނިންމި ނިންމުން އައިކޮމްއިން ގަބޫލުނުކުރާ ކަމަށެވެ.

"މައުލޫމާތު ދޭން ޖެހޭނެ މިހާރު އެ އިން ގޮތުން. ދެން އެބަ އޮވޭ ގާނޫނީ ގޮތުން ހުސްތަނެއް ވެސް، އެއީ ހައި ކޯޓުގެ ހުކުމެއްގަ އެބަ އޮވޭ އައިކޮމްގެ ނިންމުމެއް ބެލުމުގެ އިހްތިސޯސެއް ނެތޭ. އެމައްސަލައިގަ ސުޕްރީމް ކޯޓުން ގޮތެއް ނިންމަން އެބަ އޮތް އަޑުއެހުމެއް ބުރާސްފަތި ދުވަހު،" އާހިދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވީ ނަމަވެސް، އާހިދު ވިދާޅުވި ގޮތުގައި އެމްއޭސީއެލްއިން މައުލޫމާތު ދޭން ޖެހޭނެ އެވެ.

އޭނާ ފާހަގަ ކުރެއްވީ އިސްތިއުނާފްގެ މަރުހަލާގައި މައްސަލައެއް އޮތް ނަމަވެސް، ދަށު ކޯޓެއްގެ ހުކުމެއް ތަންފީޒުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި އޮތް ނިންމުމެވެ. އެހެން އޮތުމާއެކު އެމްއޭސީއެލްއިން މައުލޫމާތު އާންމު ކުރަން ޖެހޭނެ ކަމަށް އާހިދު ވިދާޅުވި އެވެ.

އިތުރަށް ވާހަކަދައްކަވަމުން އާހިދު ވިދާޅުވީ އައިކޮމްގެ ނިންމުމަކާ ދެކޮޅު ހަދައިފި ނަމަ ޖިނާއީ ގޮތުން އެ މައްސަލަ ބަލަން 45 ދުވަހުގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ގާނޫނުން އައިކޮމްއަށް ތަންދޭ ކަމަށެވެ.

"އެކަމަކު އެއީ އެންމެ ފަހު އޮޕްޝަން އެނގޭތޯ. އޭގެ ކުރިން ހަމަ ދެ ފަރާތުން ވާހަކަދައްކައިގެން ވެސް ހައްލުކުރެވިދާނެ ނުވަތަ ސުޕްރީމް ކޯޓުން ގޮތެއް ނިންމަފާނެ،" އާހިދު ވިދާޅުވި އެވެ.

އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު. ފޮޓޯ: ރާއްޖެއެމްވީ
އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު. ފޮޓޯ: ރާއްޖެއެމްވީ

އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު. ފޮޓޯ: ރާއްޖެއެމްވީ

އައިކޮމްގެ ނިންމުންތައް ހައި ކޯޓަށް ނުބެލޭނެކަމަށް އެ ކޯޓުން ބުނެފައިވާތީ، މައުލޫމާތު ހިއްސާ ކުރުމުގައި އައިކޮމް އިން ނިންމާ ނިންމުމަކީ ނިހާއީ ނިންމުން ތަކަކަށް ވަނީ ވެފަ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ބަލަން ފަށާނެ އެވެ. ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅާފައިވަނީ އޭޖީ އޮފީހުން ގާނޫނު މާނަ ކުރުމުގައި ހުސްތަނެއް އޮތުމުގެ ސަބަބުން ދުސްތޫރީ މައްސަލައެއްގެ ގޮތުގަ އެވެ.

ސަރުކާރުގެ ބައެއް ކުންފުނިތަކުން މައުލޫމާތު ހިއްސާ ކުރުމަށް އެދި ފޮނުވާ ހުށަހެޅުންތަކުގައި ވިޔަފާރީގެ ސިއްރުތައް އާއްމުވެ ކުންފުންޏަށް ގެއްލުން ލިބިދާނެ ކަމުގެ ހުއްޖަތު ދައްކައި، މައުލޫމާތު ދޭން ދެކޮޅު ހަދަ އެވެ. އެމްއޭސީއެލްއިން ވެސް އެ މައްސަލައިގައި ދަނީ އެހެން ބުނަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox