އެލައިޑްއިން ހިޔާ ފްލެޓްތަކަށް ހާއްސަ "އަހަރެންގެ ހިޔާ އިސްލާމިކް އިންޝުއަރެންސް" ތައާރަފުކޮށްފި

އެލައިޑުން "އަހަރެންގެ ހިޔާ އިސްލާމިކް އިންޝުއަރެންސް" ޕެކޭޖް ތައާރަފުކުރުމަށް ބޭއްވި ބައްދަލުވުމުގައި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާން އަދި އަޔާދީ ތަކާފުލްގެ އެސިސްޓެންޓް މެނޭޖަރު ފަރީދާ ސިއްތި ވާހަކަދައްކަވަނީ. -- ފޮޓޯ:އެލައިޑް އިންޝުއަރެންސް

އެލައިޑުން "އަހަރެންގެ ހިޔާ އިސްލާމިކް އިންޝުއަރެންސް" ޕެކޭޖް ތައާރަފުކުރުމަށް ބޭއްވި ބައްދަލުވުމުގައި އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ފިރުޝާން އަދި އަޔާދީ ތަކާފުލްގެ އެސިސްޓެންޓް މެނޭޖަރު ފަރީދާ ސިއްތި ވާހަކަދައްކަވަނީ. -- ފޮޓޯ:އެލައިޑް އިންޝުއަރެންސް

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިން ހިޔާ ފްލެޓްތައް ލިބުނު މީހުންނަށް ހާއްސަ އިސްލާމިކް އިންޝުއަރެންސް ޕެކޭޖެއް ތައާރަފުކޮށްފި އެވެ.

އެލައިޑްއިން "އަހަރެންގެ ހިޔާ" ގެ ނަމުގައި ތައާރަފުކުރި ހާއްސަ އިސްލާމިކް އިންޝުއަރެންސް ޕެކޭޖް ނިސްބަތްވަނީ އެކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލް އަށެވެ. މި ޕެކޭޖަކީ ގޭތެރޭގައި ހިފާގެންގުޅޭ ސާމާނާއި ފަރުނީޗަރު ފަދަ އެހެނިހެން އަގުބޮޑު ތަކެތި ރައްކާކޮށްދޭ ޕެކޭޖެކެވެ.

އަހަރެންގެ ހިޔާ ޕެކޭޖުގައި ތިން ޕެލޭނެއް ހިމެނެ އެވެ. އެއީ ބޭސިކް، އެކްސެލް އަދި ޕްރިމިއަމް އެވެ. އެގޮތުން ބޭސިކް ޕްލޭނަށް މަހަކު 200 ރުފިޔާ ދައްކައިގެން އަހަރަކަށް 150،000 ރުފިޔާގެ ކަވަރޭޖް ލިބޭނެ އެވެ.

އެކްސެލް ޕްލޭނަށް މަހަކު 300 ރުފިޔާ ދައްކައިގެން 250،000 ރުފިޔާގެ ކަވަރޭޖް ލިބޭނެ އެވެ. އަދި ޕްރިމިއަމް ޕްލޭނަށް މަހަކު 400 ރުފިޔާ ދައްކައިގެން 350،000 ރުފިޔާ އާ ހަމައަށް ކަވަރޭޖް ލިބޭނެ އެވެ.

އެލައިޑް އިންޝުއަރަންސްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން ވިދާޅުވީ އަޔާދީއިން މިޕްލޭން ތައްޔާރުކޮށްފައިވަނީ ހެޔޮ އަގެއްގައި ފަސޭހައިން ހޯދޭ ރައްކާތެރިކަމެއް އެކުލަވާލުމުގެ ނިޔަތުގަ ކަމަށެވެ.

އަދި ބޮޑު ހަރަދުކޮށްގެން ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތްތައް ނިންމުމަށްފަހު ފްލެޓަށް ވަންނައިރު، ކުރިމަތިވެދާނެ މާލީ ގެއްލުމަކުން ރައްކާތެރިވުމަށް މިފަދަ ރައްކާތެރިކަމެއް އޮތުން މުހިންމުކަން ފިރުޝާން ފާހަގަކުރެއްވި އެވެ.

އަހަރެންގެ ހިޔާ ޕެކޭޖުގެ ޕްލޭންތަކުން ގޭތެރޭގައި ގެންގުޅޭ ސާމާނަށް ލިބޭ ގެއްލުންތަކަށް ބަދަލު ހޯދައިދެ އެވެ. އެގޮތުން އަލިފާނުގެ ހާދިސާތަކާއި، ވައްކަމުގެ ހާދިސާތައް އަދި ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުން ފާހަގަކުރެވެ އެވެ. މި ޕެކޭޖުގެ ޕްލޭންތައް ފަސޭހައިން ނެގޭނެ ގޮތް ހެދުމަށް އެލައިޑުން ވަނީ އޮންލައިން މިޕްލޭންތަކަށް އެދި ހުށަހެޅޭނެ އިންތިޒާމުތައް ހަމަޖައްސާފަ އެވެ.

މި ޕްލޭންތަކަށް އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް އެދެވޭނެކަމަށް އެލައިޑްއިން ބުންޏެވެ.

އަޔާދީއިން އަލަށް ތައާރަފު ކުރި މި ޕެކޭޖާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް މިރޭ އެކުންފުނީގެ ކްލަބްހައުސް ސެޝަނެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ. މިރޭ 09:00 ގައި އޮންނަ މި ސެޝަން ވަނީ އާންމުންނަށް ހުޅުވާލާފަ އެވެ.

އަހަރެންގެ ހިޔާ ޕެކޭޖަކީ އެއް އަހަރު ދުވަހުގެ އިސްލާމިކް އިންޝުއަރެންސް ޕެކޭޖެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox