ރައީސް ސޯލިހު މަގާމުން އެކަހެރިކުރަން ހުށަހެޅި ކުއްލި މައްސަލަ ތާވަލުނުކުރީ ގަވައިދަށް ނުފެތޭތީ

ކުރިން ބޭއްވި ހަފްލާއެއްގައި ރައީސް ސޯލިހު އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ ސަލާމް ކުރައްވަނީ. -ފައިލް ފޮޓޯ

ކުރިން ބޭއްވި ހަފްލާއެއްގައި ރައީސް ސޯލިހު އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ ސަލާމް ކުރައްވަނީ. -ފައިލް ފޮޓޯ

ބޮޑު ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބުނުކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ތުހުމަތުކުރައްވާފައިވާއިރު، އެކަން ތަހުގީގުކޮށް ނިމެންދެން އެމަނިކުފާނު މަގާމުން އެކަހެރިކުރަން ގޮވާލައި އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މިއަދުގެ ޖަލްސާއަށް ތާވަލުނުކުރީ ގަވައިދަށް ނުފެތޭތީ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

ރާއްޖޭގެ ކޯޓުތަކަށް ފިލައިގެން އިނގިރޭސި ވިލާތުގައި ހުންނެވި އަލީ ވަހީދު ވަނީ ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި، ސީރިއަސް ތުހުމަތުތަކެއް ކޮށްފަ އެވެ.

އެގޮތުން، އޭރު އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރުގެ ގޮތުގައި ހުންނެވި ރައީސް ސޯލިހު ވަނީ އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މޭސްތިރިއާ ކަމުގެ ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން 35 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަންގަވާފައިވާކަމަށް އަލީ ވަހީދު ތުހުމަތު ކުރި އެވެ.

އެ ތުހުމަތާ ގުޅިގެން، މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ މީގެ ކުރިން ވެސް ރައީސް ސޯލިހުގެ މައްޗަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރެވޭއިރު، އަލީ ވަހީދު ތަކުރާރުކުރި ތުހުމަތުތައް ތަހުގީގު ކުރަންޖެހޭ ކަމަށެވެ.

އަދި އެ ތުހުމަތުތައް އިންސާފުވެރިކަމާއެކު ތަހުގީގު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަގާމުން ސޯލިހު އެކަހެރިކުރުމަށް އެ މައްސަލައިގައި ގޮވާލާފައި ވެ އެވެ.

ނަމަވެސް، އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ މިއަދުގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައެއް ނުވެ އެވެ.

އެކަމާ ގުޅޭގޮތުން، މަޖިލީހުގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު "އަދަދު"އަށް ވިދާޅުވީ އެ ކުއްލި މައްސަލަ އެޖެންޑާ ނުކުރީ، މަޖިލީހުގެ ގަވައިދަށް ނުފެތޭތީ ކަމަށެވެ.

އެގޮތުން, މަޖިލީހުގެ ގަވައިދުގެ 175 ވަނަ މާއްދާގައި ކުއްލި މައްސަލައެއްގައި ފުރިހަމަ ވާން ޖެހޭ ސިފަތައް ފުރިހަމަ ނުވާތީ ކަމަށް ޒިޔާއު ވިދާޅުވި އެވެ. ނަމަވެސް, ފުރިހަމަ ނުވަނީ ކޮން ސިފައެއް ކަމެއް, މައްސަލާގެ ތަފްސީލަށް ދާން ޖެހޭތީ ހާމަ ނުކުރެވޭނެ ކަމަށް ޒިޔާއު ވިދާޅުވި އެވެ.

މަޖިލީހުގެ ގަވައިދުގައި ބުނަނީ ކީކޭ؟

މަޖިލީހުގެ ގަވައިދުގައި ބުނާ ގޮތުން ޖަލްސާއަކަށްް ކުއްލި މައްސަލައެއްް ހުށަހަޅަންް ބޭނުންވާ މެމްބަރު، އެ މައްސަލައިގެ ނޯޓިސް، އެ ޖަލްސާއެއް ފެށުމުގެ 15 މިނެޓްކުރިން މަޖިލީހުގެ ރައީސަށް ދޭންޖެހެ އެވެ.

އަދި އެ ބުނާ 15 މިނެޓުގެ ފަހުން ހުށަހެޅޭ ކުއްލި މައްސަލައެއް ތާވަލުކުރެވޭނެ ވިދިގެން އަންނަ ދުވަހުގެ ޖަލްސާއަކަށެވެ.

އެ ގަވައިދުގައި ވަނީ ކުއްލި މައްސަލައެއްގައި ފުރިހަމަވާންޖެހޭ ސިފަތަކުގެ އިތުރުން، އެފަދަ މައްސަލައެއް ހުށަނޭޅޭނެ ވަގުތުތަކާއި ޝަރުތުތައް ބަޔާންކޮށްފަ އެވެ.

ކުއްލި މައްސަލައެއްގައި ފުރިހަމަވާންޖެހޭ ސިފަތައް

  • އެ މައްސަލައިގައި ބަޔާންކުރާކަމެއް ދިމާވީ ކުއްލިއަކަށް ކަމުގައި ވުން.
  • ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރުކުރާ ކަމަކަށް ވުން.
  • މައްސަލައަކީ އޭގެ ޒާތުގައި މަޖިލީހުގެ މަސައްކަތް އެކަހެރިކުރުމަށްފަހު ވާހަކަ ދައްކަންޖެހޭފަދަ މުހިންމުކަމަކަށް ވުން.
  • ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް ސަރުކާރުން އުފުލަންޖެހޭ ޒިންމާއަކާ ގުޅުންހުރި ކަމަކަށް ވުން.
  • ޝަރީއަތުގައި އޮތް މައްސަލައަކާ ގުޅޭ ކަމަކަށް ނުވުން.
  • ކަނޑައެޅިގެން އެނގެން އޮތް ވަކި ކަމަކަށް ހުށަހެޅޭކަމެއް ކަމުގައި ވުން.
  • ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅޭ ކަމަކަށްވުން.
  • ހުށަހެޅިފައިވާ ބިލެއް ނުވަތަ މައްސަލައެއްގައި ހިނގާނެ ބަހުސާގުޅޭ މައުލޫއަކަށް އޮތް މައްސަލައަކަށް ނުވުން.
  • އެ ދައުރުގައި މަޖިލީހުގައި ބަހުސްކޮށްފައިވާ މައްސަލައެއް އަލުން އުފަންކުރުމަށް ހުށަހެޅޭ މައްސަލައަކަށް ނުވުން.
  • ފަހުގެ ވަގުތެއްގައި މަޖިލީހުގައި ވާހަކަ ދައްކާނެ މައްސަލައާ ގުޅޭގޮތުން ދުރާލައި އެއްޗެއް ބުނުމުގެ ބޭނުމުގައި ހުށަހަޅާ ހުށަހެޅުމެއް ކަމުގައި ނުވުން.
  • އިމްތިޔާޒްގެ މައްސަލައެއް ހުށަހެޅުން ކަމުގައި ނުވުން.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox