އަފްގާން އާއިލާ އިން ޑިމާންޑު ކުރަނީ އެމެރިކާ އިން މައާފަށް އެދުން

އެމެރިކާގެ ވައިގެ ހަމަލާގައި ގެއްލުން ލިބުނު އަހްމަދީ އާއިލާގެ ގޭގެ ބޭރުގައި އެ އާއިލާގެ މެމްބަރެއް.-- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ވައިގެ ހަމަލާގައި ގެއްލުން ލިބުނު އަހްމަދީ އާއިލާގެ ގޭގެ ބޭރުގައި އެ އާއިލާގެ މެމްބަރެއް.-- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (ސެޕްޓެމްބަރު 18) - އެމެރިކާ އިން "އޮޅިގެން" ދިން ޑްރޯން ހަމަލާއެއްގައި 10 މެމްބަރުން މަރުވި އަފްގާން އާއިލާ އިން ބަދަލުގެ ގޮތުގައި ފައިސާ ދިނުމަށާއި އެމެރިކާ އެ މީހުންގެ ކުރިމައްޗަށް އައިސް މައާފަށް އެދުމަށް ޑިމާންޑުކޮށްފި އެވެ.

އިޒްމަރާއީ އަހްމަދަކީ އިސްލާމިކް ސްޓޭޓް (އައިއެސް) މެމްބަރެއްގެ ގޮތުގައި އެމެރިކާ އިން ޓާގެޓު ކުރީ ނުބައި ޖާސޫސީ މައުލޫމާތެއްގެ މައްޗަށް ބިނާކޮށްގެންނެވެ. އޯގަސްޓު 29 ވަނަ ދުވަހު އޭނާގެ ކާރު ފަހަތުން އަށް ގަޑިއިރު ޓްރެކް ކުރުމަށް ފަހު، އެއަށް އަމާޒުކޮށް މިސައިލް ހަމަލާއެއް އެމެރިކާ އިން ދިނެވެ. އެ ހަމަލާގައި އަހްމަދީ އާއިލާގެ ހަތް ކުދިންނާއި ތިން މީހުން މަރުވި އެވެ.

އެއީ އޮޅިގެން ދެވުނު ހަމަލާއެއް ކަމަށް އެމެރިކާގެ އިސް އަސްކަރީ ޖެނެރަލަކު ވަނީ އެއްބަސްވެފަ އެވެ. އެމެރިކާގެ ޑިފެންސް ސެކެޓްރީ ލޮއިޑް އޯސްޓިން ވަނީ މަރުވި މީހުންގެ އާއިލާގެ ކިބައިން މައާފަށް އެދޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ނަމަވެސް އަހްމަދީ އަށް ބޮޑުބޭބެ ކިޔާ އުމުރުން 22 އަހަރުގެ ފަރްޝަދު ހައިދަރީ ބުނީ އެވަރުން ނުފުދޭ ކަމަށެވެ.

"އެ މީހުން މި ތަނަށް އައިސް އަހަރުމެންގެ ކުރިމަތީގައި މައާފަށް އެދެން ޖެހޭނެ،" ކާބުލްގެ ކްވާޖާ ބުރްގާ ހިސާބުގައި ބޮން އަޅައި، ބިމާ ހަމަވެފައިވާ ގޭގެ ތެރޭގައި ހުރެ އޭނާ އޭއެފްޕީ އަށް ބުންޏެވެ.

އެ ހަމަލާގައި ހައިދަރީގެ ބޭބެ ނާސިރު އަދި ބޭބެގެ ދަރިންކޮޅު ވެސް މަރުވި އެވެ. އޭނާ ބުނީ އެމެރިކާ އިން އެ އާއިލާއާ ސީދާ ގުޅާފައި ނުވާ ކަމަށެވެ.

"އެ މީހުން އައިސް ބަދަލު ދޭން ޖެހޭނެ. މަރާލީ ޓެރަރިސްޓުންނެއް ނޫން. އެ މީހުންނަށް އެކަން ސާފު އަދި މުޅި ދުނިޔެއަށް ވެސް އެ އޮތީ ފެންނަން،" އެ އާއިލާގެ އިތުރު މީހަކު ބުންޏެވެ.

ހައިދަރީ ބުނީ މިސައިލް އަމާޒު ކުރި މީހުން ދެނެގަނެ، އެ މީހުން ޝަރީއަތަށް ގެންނަން އެދޭ ކަމަށެވެ.

"މި އާއިލާގެ ގިނަ މީހުން އެމެރިކާއަށް މަސައްކަތް ކޮށްދިން. ނާސިރު 10 އަހަރު ވަންދެން އެމެރިކާއަށް މަސައްކަތް ކޮށްދިން. އަހަރެންގެ ބޮޑުބޭބެ ވެސް ބޭރުގެ ޖަމިއްޔާތަކަށް މަސައްކަތް ކޮށްދިން."

އަހްމަދީ މަރުވިއިރު، އޭނާ މަސައްކަތް ކުރަމުން ދިޔެއީ އެމެރިކާގެ އެހީދޭ ޖަމިއްޔާއަކާ ގުޅިގެންނެވެ.

ހައިދަރީ އެ އާއިލާއިން މަރުވި އެންމެންނަށް ވެސް ވަނީ އަފްގާނިސްތާން ދޫކޮށް އެމެރިކާއަށް ދިޔުމަށް ބޭނުންވާ ލިޔުންތައް ލިބިފައި ކަމަށާއި އެ މީހުން ތިބީ ތާލިބާން ވެރިކަމާ ދުރަށް ދިޔުމުގެ އުއްމީދުގައި ކަމަށެވެ.

ނުބައި ޖާސޫސީ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް އެމެރިކާ އިން އަހްމަދީގެ ކާރަށް ހަމަލާ ދިނީ ކާބުލް އެއާޕޯޓަށް އައިއެސް އިން ދިން ހަމަލާއެއްގައި 100 އަށް ވުރެ ގިނަ މީހުން މަރުވިތާ ތިން ދުވަސް ފަހުންނެވެ. އެއާޕޯޓު ހަމަލާގައި އެމެރިކާ ސިފައިންގެ 13 މީހުން މަރުވި އެވެ.

އަހްމަދީގެ ބޭބެ އައިމަލް ބުނީ އެމެރިކާއިން ބަދަލު ދޭން ޖެހޭނެ ކަމަށެވެ. އައިމަލްގެ ތިން އަހަރުގެ ދަރިފުޅު މަލެކާ ވެސް ވަނީ އެ ހަމަލާގައި މަރުވެފަ އެވެ.

"މިއަދު އަހަރުމެންނަށް ލިބުނު އުފާވެރި ހަބަރެއް އެއީ، އެމެރިކާ އިން އޮޅިގެން ކުށެއް ނެތް އާއްމު ރައްޔިތުންނަށް ހަމަލާ ދިން ކަމަށް އެއްބަސްވުމަކީ ވެސް. އަހަރުމެންނަކީ ކުށެއް ނެތް ބަޔެއްކަން ސާބިތުވެއްޖެ،" އޭނާ ބުންޏެވެ.

"ބައިނަލްއަގްވާމީ އިދާރާތަކުން އަހަރުމެން މި ޑިމާންޑު ކުރަނީ އިންސާފު ހޯދަން... އޭގެ ފަހުން ފައިސާގެ ބަދަލު ވެސް ދޭން ޖެހޭނެ."

އެމެރިކާގެ އިސް އޮފިޝަލަކު ބުނީ އެ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ފައިސާގެ ބަދަލު ދެވޭނެ ގޮތަކާ މެދު ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox