ވިރާތު، އިންޑިއާގެ ކްރިކެޓް ޓީމު ކެޕްޓަންކަން ދޫކޮށްލަނީ

Sep 17, 2021, 5:35 AM
އިންޑިއާގެ މެޗެއްގެ ތެރެއިން ވިރާތު.-- ފޮޓޯ: އޭއެފްޕީ

އިންޑިއާގެ މެޗެއްގެ ތެރެއިން ވިރާތު.-- ފޮޓޯ: އޭއެފްޕީ

ނިއު ދިއްލީ، އިންޑިއާ (ސެޕްޓެމްބަރު 17) - ޓީ20 ކްރިކެޓް ވޯލްޑް ކަޕަށް ފަހު އިންޑިއާ ކްރިކެޓް ޓީމުގެ ކެޕްޓަންކަން ދޫކޮށްލަން ނިންމާފައިވާ ކަމަށް މަޝްހޫރު ކްރިކެޓް ތަރި ވިރާތު ކޯލީ ބުނެފި އެވެ.

މި ފަހަރުގެ ޓީ20 ކްރިކެޓް ވޯލްޑް ކަޕް އޮތީ 17 އޮކްޓޫބަރުން 14 ނޮވެމްބަރަށް އޮމާނާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގަ އެވެ.

ޓްވިޓާގައި އާންމުކުރި ބަޔާނެއްގައި އުމުރުން 32 އަހަރުގެ ވިރާތު ބުނީ ފާއިތުވި ފަހެއް ނޫނީ ހަ ވަރަކަށް އަހަރު ގައުމީ ޓީމުގެ ކެޕްޓަނެއްގެ ޒިންމާ ފުރިހަމަ އަށް އަދާކުރެވުނު ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި މި ފަހަރުގެ ޓީ20 ވޯލްޑް ކަޕަށް ފަހު ބޭނުންވަނީ ކެޕްޓަންކަމުގެ ޒިންމާ އެހެން މީހަކަށް ދީ "އަމިއްލަ ނަފްސަށް ވަގުތުތަކެއް ހުސްކޮށްލުމަށް" ކަމަށް ވިރާތު ބުންޏެވެ.

އިންޑިއާގެ ޕްރެކްޓިހެއްގެ ތެެރެއިން ވިރާތު: މި ފަހަރުގެ ޓީ20 ވޯލްޑް ކަޕަކީ އޭނާ ކެޕްޓަންކަން ކުރާނެ ފަހު މުބާރާތް.

"ޓީ20 ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހުރެ އަހަރެން ވާނީ މި ޓީމަށް ޓަކައި ކޮށްދެވޭނެ ހުރިހާ ކަމެއް ކޮށްފައި. ކުރިއަށް އޮތްތަނުގައި ޓީމުގެ ބެޓްސްމަނެއްގެ ގޮތުގައި ހުރެ ވެސް އަހަރެން މި ޓީމަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކުރާނަން،" ވިރާތު ބުންޏެވެ.

ފާއިތުވި މަސްތަކުގައި ވިރާތުގެ ކުޅުން ދަށްވެގެން އޭނާ އަތުން އިންޑިއާގެ ކެޕްޓަންކަން ނަގަން ވެސް ގިނަ ކްރިކެޓް ކުޅުންތެރިން ދިޔައީ ގޮވާލަމުންނެވެ. ވިރާތު، އޭރު ބުނީ ޓީމުގެ ކެޕްޓަންކަމުގެ ޒިންމާއާ ހަވާލުވީ ވަރަށް ޔަގީންކަމާ އެކު ކަމަށާއި ކެޕްޓަން ކަން ދޫކޮށްލަން ޖެހޭ ރަނގަޅު ވަގުތެއްގައި އެކަން ވެސް ކުރަން ފަސްނުޖެހޭނެ ކަމަށެެވެ.

ވިރާތު ވަނީ ޓީ20ގައި އިންޑިއާ އަށް ކުޅެދިން 90 މެޗުގައި 3159 ލަނޑު ހަދައިފަ އެވެ. ވިރާތު އަށް އިންޑިއާ ޓީމުގެ ކެޕްޓަންކަން ދިނީ 2017 ވަނަ އަހަރު އެވެ.

ވިރާތަށް ކެޕްޓަންކަން ދޭން ނިންމި އެންމެ ބޮޑު ސަބަބަކީ 2016 ވަނަ އަހަރުގެ ޓީ20 ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު އޭނާ އަށް ލިބުމުންނެވެ. އެ ފަހަރު އިންޑިއާ ކުޅުނީ ކާމިޔާބު ކެޕްޓަން މަހިންދުރަ ސިންގް ދޯނީގެ ލީޑަޝިޕްގެ ދަށުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox