އެމްއާރްއެމް: ޒައީމްގެ މަގާމަށް ހުށަހެޅީ މައުމޫން އެކަނި، ރައީސްކަމަށް އަދި ކުރިމަތިނުލާ

މައުމޫން, ޒައީމްގެ މަގާމަށް ކުރިމަތިލެއްވުމަށް ފޯމް ހުށަހަޅުއްވަނީ --

މައުމޫން, ޒައީމްގެ މަގާމަށް ކުރިމަތިލެއްވުމަށް ފޯމް ހުށަހަޅުއްވަނީ --

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ޒައީމް ކަމަށް އަދި މިހާތަނަށް ކުރިމަތިލެއްވީ ރައީސް މައުމޫން އެކަނި ކަމަށާއި ޕާޓީގެ ރައީސްކަމުގެ މަގާމަށް އެއްވެސް ބޭފުޅަކު އަދި ކުރިމަތިލައްވާފައި ނުވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އެމްއާރުއެމްގެ ޒައީމް، ރައީސް އަދި ނައިބު ރައީސްގެ މަގާމު ހިމެނޭހެން ޕާޓީގެ ރަސްމީ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އެ މަގާމުތަކަށް ކުރިމަތިލާން ކަނޑައަޅާފައި އޮތް މުއްދަތު ހަމަވާނީ މާދަމާ އެވެ.

މަގާމުތަކަށް މީހުން ހޮވާނީ އަންނަ މަހުގެ ދެވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެ ޕާޓީގެ ކޮންގްރެސް ޖަލްސާގަ އެވެ.

އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް އާދަމް "އަދަދު" އަށް ވިދާޅުވި ގޮތުގައި މިވަގުތު ޕާޓީގެ އިންތިހާބީ މަގާމުތަކަށް ޖުމްލަ 28 ފަރާތަކުން ކުރިމަތިލާފައިވެ އެވެ.

"ޕާޓީގެ ޒައީމްކަމަށް ކުރިމަތިލެއްވީ ރައީސް މައުމޫން އެކަނި އަދި، ޕާޓީގެ ރައީސް ކަމަށް އަދި އެއްވެސް ބޭފުޅަކު ކުރިމަތިނުލައްވާ," އަލީމް ވިދާޅުވި އެވެ.

ޑިސެމްބަރު 20، 2019ގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ރެޖިސްޓާކުރި އެމްއާރުއެމްގެ ކޮންގްރެސް އަންނަ މަހު ބާއްވަން ހަމަޖެހިފައިވަނީ ކޮވިޑާ ހެދި ކޮންގްރެސް ނުބޭއްވި ލަސްވުމާއެކު، އީސީން ކޮންގްރެސް ބާއްވަން ދޭ މުއްދަތު އިތުރުކޮށްދިނުމުންނެވެ.

އާއްމުކޮށް ޕާޓީއެއްގެ ކޮންގްރެސްއަކީ އެ ޕާޓީއެއް ރެޖިސްޓްރީ ކުރާތާ ކުރު މުއްދަތެއް ތެރޭ ބާއްވަން ޖެހޭ ޖަލްސާއެކެވެ.

އެމްއާރުއެމްގެ އިސް މަގާމުތަކުގެ އިތުރުން ދެން ކުރިމަތިލާން ހުޅުވާލީ ޕާޓީގެ ނައިބު ރައީސުންގެ ދެ މަގާމު، އެގްޒެކިޓިވް ކޮމިޓީ، ޒުވާނުންގެ ކައުންސިލް، އަންހެނުންގެ ކައުންސިލްގެ ރައީސްއާއި ނައިބު ރައީސް އަދި މެމްބަރުކަމުގެ މަގާމު ތަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox