ނޫރު މިސްކިތުގައި ލިޔެފައި ހުރި އިންޒާރު ސީރިއަސްކޮށް ނެގުމަށް އެމްޑީޕީން ގޮވާލައިފި

ނޫރު މިސްކިތުގައި ލިޔެފައި ހުރި އިންޒާރު: އެމްޑީޕީން ބުނަނީ މިއީ ސީރިއަސްކޮށް ނަގަންޖެހޭ މައްސަލައެއް ކަމަށް -- ފޮޓޯ: އަދަދު

ނޫރު މިސްކިތުގައި ލިޔެފައި ހުރި އިންޒާރު: އެމްޑީޕީން ބުނަނީ މިއީ ސީރިއަސްކޮށް ނަގަންޖެހޭ މައްސަލައެއް ކަމަށް -- ފޮޓޯ: އަދަދު

ތޮއްޖެހިފައިވާ ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށް މާލޭގައި އަނެއްކާ ވެސް ބޮމެއް ގޮއްވާލާނެ ކަމަށް ބުނެ ހެންވޭރު ނޫރު މިސްކިތުގެ ފާރެއްގައި ލިޔެފައި ހުރި އިންޒާރުތައް ސީރިއަސްކޮށް ނެގުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފި އެވެ.

ނޫރު މިސްކިތުގެ ތަނބެއްގައި ރަތް ކުލައިގެ މާކަރަކުން ލިޔެފައި ހުރީ "އަހަރުމެން ބޭނުން ގޮތެއް ހަދާނީ، ވަރަށް އަަވަހަށް ބޮމެއް ގޮއްވާލާނަން، ދިވެހި ގައުމު ސުންނާފަތިކޮށްލާނަން" މިހެންނެވެ. ބޮމުގެ އިންޒާރެއް ދީފައި މި ވަނީ ހަރުކަށި ފިކުރުގެ ބަޔަކު ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މެއި 6، ގައި މަޖީދީ މަގުގައި ޓެރަރިސްޓް ހަމަލާއެއް ދީފައިވަނިކޮށެވެ.

އެކަމާ ގުޅޭ ގޮތުން ވެރިކަން ހިންގާ އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބޮމުގެ އިންޒާރާރު "ކުށްވެރިކުރާހިނދު، އެ އިންޒާރު ސީރިއަސްކޮށް ނަންގަވައި ވަރުގަދަ ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުއްވުމަށް ސަލާމަތީ ހިދުމަތްތަކަށް" ގޮވާލާ ކަމަށެވެ.

"މިސްކިތަކީ ހުރުމަތްތެރިވެގެންވާ ތަނަކަށްވާއިރު މިސްކިތުގެ ހުރުމަތްކަނޑައި ދިވެހި ބަހުން އެފަދަ އިންޒާރެއް މިސްކިތް މެދުވެރިކޮށް ދޭނީ، ސީދާ އެ ނިޔަތުގައި އެކަން ރާވާ ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންދާ ޓެރަރިސްޓުން ކަމުގައި ގަބޫލުކުރަންޖެހޭ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

"މިކަމުން ވެސް އިތުރަށް ހާމަވެގެން ދަނީ މި ރާއްޖޭގައި ހަރުކަށި ފިކުރު ފުޅާވެ ގޮސް ރައްޔިތުންނަށާއި މުޅި ގައުމަށް ޓެރަރިޒަމުގެ ނުރައްކާ އޮތް މިންވަރު."

އޭގެ އިތުރުން އެމްޑީޕީން ބުނެފައި ވަނީ ނޫރު މިސްކިތުގައި އިންޒާރެއް ލިޔެވުމަކީ ސަލާމަތީ ބާރުތަކުގެ ސަވައިލެންސް ބަލިކަށިކަމުގެ ނިޝާނެއް ކަމަށެވެ. އަދި ނުރައްކާތެރި ހަމާއަކުން ދިފާއުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ވެސް އެ ޕާޓިން އެދިފައިވެ އެވެ.

ނޫރު މިސްކިތުގައި ބޮމުގެ އިންޒާރެއް ލިޔެފައިވާއިރު މާލޭގެ ބައެއް މިސްކިތްތަކަކީ ހަރުކަށި ފިކުރުގެ މީހުން އެމީހުންގެ ރޭވުންތަކާއި ސައްލާތަކަށް ބޭނުން ކުރަމުންދާ ތަންތަނެވެ. އެގޮތުން ބްލޮގަރު ޔާމީން ރަޝީދު 2017 ވަނަ އަހަރު މަރާލުމުގެ މަޝްވަރާތައްކޮށްފައި ވަނީ ފުރްގާން މިސްކިތުގަ އެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމާލަގައި އެމަނިކުފާނުގެ އިތުރުން ތިން ބޮޑީގާޑުންނާއި މަގުން ހިނގާފައި ދިޔަ ބިދޭސީއެއް އަދި ދިވެއްސަކަށް އަނިޔާވި އެވެ. ހަމާލާގެ ސަބަބުން ވަރަށް ބޮޑަށް ޒަހަމްވެވަޑައިގެން ނަޝީދުގެ ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox