މިއީ ސާފް ޗެމްޕިއަންޝިޕް ބާއްވަން އެންމެ މުނާސަބު ވަގުތު: ބައްސާމް

Sep 13, 2021, 3:44 AM
ސާފް ޗެމްޕިއަންޝިޕްގެ ކެމްޕެއިން "މަގޭ މަހަލްދީބް" ލޯންޗިން އިވެންޓްގެ ތެރެއިން ބައްސާމް ވާހަކަ ދައްކަަވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ސާފް ޗެމްޕިއަންޝިޕްގެ ކެމްޕެއިން "މަގޭ މަހަލްދީބް" ލޯންޗިން އިވެންޓްގެ ތެރެއިން ބައްސާމް ވާހަކަ ދައްކަަވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ކޮވިޑްގެ ސަބަބުން ފާއިތުވި ދޮޅު އަހަރެއްހާ ދުވަހަކީ ދިވެހި ރައްޔިތުންނަށް ދަތި އުނދަގޫތަކެއް ތަހައްމަލްކުރަންޖެހުނު ދުވަސްތަކެއް ކަމާށާއި އެހެންކަމުން މިއީ ދިވެހިރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބާއްވަން އެންމެ މުނާސަބު ވަގުތު ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ރަސްމީ ކެމްޕޭން "މަގޭ މަހަލްދީބް" ލޯންޗްކުރުމަށް ރޭ ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން، ބައްސާމް ވިދާޅުވީ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަކީ، ދިވެހި ރަައްޔިތުންނަށް އުފާވެރިކަން ގެނެސްދޭނެ ކަމެއް ކަމަށެވެ.

"ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވިގެންދާ މި ވަގުތަކީ ވަރަށް ވެސް މުނާސަބު ވަގުތެއް ކަމަށް އަޅުގަނޑު ދެކެނީ. ދޮޅު އަހަރެއްހާ ދުވަހު ދިވެހި ރައްޔިތުން ވަރަށް އުނދަގޫ ދަތި ހާލުގައި ތަހައްމަލްކޮށްފި. މާޔޫސްކަން ގެނުވި ދޮޅު އަހަރެއްހާ ދުވަސް ހިނގައެއްޖެ،" ބައްސާމް ވިދާޅުވި އެވެ. "ކުރިއަށް، މުސްތަގްބަލަށް ފިޔަވަޅުތަކަށް އަޅާއިރު، ސާފް ޗެމްޕިންޝިޕްގެ މުބާރާތުން އުފާވެރިކަން ގެނުވާނެ ހަފުލާއަކަށް ވެގެންދާނެ."

ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕް ދިވެހިރާއްޖޭގައި ބާއްވާނީ އަންނަ މަހުގެ 1 އިން 16 އަށެވެ. މިއީ ރާއްޖޭގައި މި މުބާރާތް ހޯސްޓްކުރާ ދެ ވަނަ ފަހަރެވެ. ރާއްޖެ އެކަނި ހޯސްޓެއްގެ ގޮތުގައި އޮވެގެން މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.

މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމު ވަނީ މިހާރު ގަތަރުގައި ކޭމްޕްކޮށްފަ އެވެ.

ބައްސާމް ވިދާޅުވީ މި މުބާރާތަކީ ގައުމީ ޖޯޝާއި ރޫހު އާލާކުރަން ލިބޭ ފުރުސަތެއް ކަމަށެވެ.

"ގައުމީ ޓީމު ގަތަރުގައި ކޭމްޕްކޮށް މި މުބާރާތަށް ތައްޔާރުވަމުން ދާއިރު، ޓީމުގެ ކޮންމެ ކުޅުންތެރިއެއްގެ އަމާޒަކީ ދިވެހި ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނުން،" ބައްސާމް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އެދުމަކީ މިއަދުން ފެށިގެން ހުރިހާ ގެއެއްގައި ވެސް ގައުމީ ދިދަ ނަގައި، ގައުމީވަންތަ ޖޯޝުގައި ގައުމީ ޓީމަށް ހިތްވަރު ދިނުން. 12 ވަނަ ކުޅުންތެރިއާގެ ޖޯޝާއި ފޯރިއަކީ ކުޅުންތެރިންނަށް އަބަދު ވެސް ލިބޭނެ ހިތްވަރެއް."

ބައްސާމް ވިދާޅުވީ މުބާރާތުގެ މެޗުތަކަށް ސަޕޯޓަރުން ވައްދައިގެން ކުރިއަށް ގެންދިއުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އެހެންކަމުން، ހުރިހާ ރައްޔިތުން ވެސް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް އިލްތިމާސްކުރެއްވި އެވެ.

ސާފް ޗެމްޕިއަންޝިޕް ކެމްޕޭން ލޯންޗްކުރުމަށް ރޭ އޮތް ހަފުލާގައި، މުބާރާތުގެ ބްރޭންޑިންނާއި ލޯގޯ އަދި މެސްކޮޓް ވެސް ވަނީ ދައްކާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox