ޕީސީއާރު ހެދުމުގައި މަކަރު ހަދާ ކަމުގެ ބޮޑު ތުހުމަތެއް!

މަޖިލީހުގެ ޖަލްސާއެއްގައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވާހަކަ ދައްކަވަނީ. --ފައިލް ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވާހަކަ ދައްކަވަނީ. --ފައިލް ފޮޓޯ: މަޖިލިސް

ކޮވިޑު ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ޓީމުގައި ހިމެނޭ ބައެއް ޑޮކްޓަރުންގެ ބައިވެރިވުމާއެކު ޕީސީއާރު ޓެސްޓު ހެދުމުގައި މަކަރު ހަދާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް ވިލުފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަފީފް މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރައްވައިފި އެވެ.

ހދ. ނޮޅިވަރަމްގައި ކޮވިޑުގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު، އެ ރަށުގައި އެމްބިޔުލެންސާއި ބޭސް ފަދަ އަސާސީ ސިއްހީ ހިދުމަތް ނުލިބޭކަމަށް ބުނެ އެ ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބަހުސް ކުރައްވަމުން އަފީފް ވިދާޅުވީ ސިއްހީ ހިދުމަތްތައް ހަރުދަނާނުކޮށް ސިޔާސީ ކަންކަމަށް ސަރުކާރުން ހަރަދު ކުރަމުންދާ ކަމަށެވެ.

އެގޮތުން، ވަކި މީހަކަށް ވޯޓު ހޯދައި ދިނުމަށް ފިނޭންސް މިނިސްޓްރީން ބިލިއަނުން ފައިސާ ހަރަދު ކުރަމުންދާކަމުގެ ތުހުމަތު އޭނާ ކުރެއްވި އެވެ.

އަފީފް ވިދާޅުވި ގޮތުގައި ޓެގް ޓީމުގައި ހިމެނޭ ބައެއް ޑޮކްޓަރުން ނިސްބަތްވާ ކްލިނިކުތަކުން، ޕީސީއާރު ޓެސްޓުގެ ބަދަލުގައި ރެޕިޑު ޓެސްޓް ހަދައިގެން، އެކަމުގައި މަކަރު ހަދަމުންދާ ކަމުގެ އަޑުތައް އިވެމުންދާ ކަމަށާއި، އެކަން ހެލްތު މިނިސްޓްރީން އިސްވެ ބަލަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ބުނޭ ދުމެއް ނާރާނެއޭ އަލިފާނެއް ނެތިއްޔާ. ކަމެއް ނުކުރާނަމަ އެކަމުގެ ވާހަކައެއް ނުދެކެވޭނެ،" އެފަދަ ތުހުމަތުތައް ހެލްތު މިނިސްޓްރީން ބެލުމަށް ތަކުރާރުކޮށް ގޮވާލައްވަމުން އޭނާ ތުހުމަތު ކުރެއްވި އެވެ.

އަފީފް އެފަދަ ތުހުމަތުތަކެއް މިއަދު ކުރެއްވިއިރު، ޓެގުގެ އިސްވެރިޔާ ޑރ. އަލީ ލަތީފުގެ މަސްލަހަތު އޮންނަ ލެބޯޓްރީއަކަށް އައިިޖީއެމްއެޗްގެ ލެބޯޓްރީން ތަކެތި ގެންދާ ކަމުގެ ތުހުމަތެއް މީގެ ކުރިން ވަނީ ކުރެވިފަ އެވެ.

ނަމަވެސް، އަލީ ލަތީފް ވަނީ އެތަނަކީ އޭނާގެ ހިއްސާއެއް އޮންނަ ތަނެއް ނޫން ކަމަށާއި އެތަނުގެ ވެރިންނާ އޭނާއާ އޮންނަ ރަހުމަތްތެރި ކަމެއް ފިޔަވައި، އިތުރު ގުޅުމެއް ނޯންނާނެ ކަމަށް އޭރު ވިދާޅުވެ އެ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ.

ބަހުސްގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ ކޮވިޑު ހުއްޓުވަން ތިބި ޑޮކްޓަރުން އެފަދަ އަމަލުތައް ހިންގާނަމަ، ބަލި ފެތުރުމާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތްތައް ބޭކާރުވެގެންދާނެ ކަމަށެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ވެސް ނުރުހުން

އޭގެ އިތުރުން، ކޮވިޑުގެ ފަރުވާއަށް 75 ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި ވެންޓިލޭޓަރުތައް ނުލިބޭ މައްސަލައިގައި ވެސް އަފީފް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ވެންޓިލޭޓަރުތަކަށް ވީގޮތެއް މިހާރު ނުވެސް އެނގޭ ކަމަށާއި، އެންމެ ފަހުން ނިމިގެންދާނީ އެ ތަކެއްޗަށް ދެއްކި އެޑްވާންސް ފައިސާއަކީ ވެސް ނުދޭ އެއްޗަކަށް ވެގެން ކަމަށެވެ.

މީގެ އަހަރެއްހާ ދުވަސްކުރިން އެޕްރީލް، 2، 2020 ގައި އެ ކުންފުންޏާ އެކު ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ހޯދަން އެއްބަސްވެފައިވީ ނަމަވެސް މިހާތަނަށް ރާއްޖެ ފޮނުވީ ޖުމްލަ 15 ވެންޓިލޭޓަރެވެ. އެތައް މުއާމަލާތްތަކަކަށް ފަހު ވެސް ބާކީ 60 ވެންޓިލޭޓަރު އެ ކުންފުނިން ނުފޮނުވި އެވެ.

ވެންޓިލޭޓަރު ހޯދަން އެގްޒެކިއުޓާސްއާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވީ 34 މިލިއަން ރުފިޔާ އަށެވެ. މީގެ ތެރެއިން 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް ބޭންކް ގެރެންޓީއަކާ ނުލައި އެޑްވާންސްގެ ގޮތުގައި ވަނީ ދޫކޮށްފަ އެވެ. މިއީ ގޯސްކޮށް ހިންގާފައިވާ މުއާމަލާތެއް ކަން އޮޑިޓް ރިޕޯޓުގައި ވަނިކޮށް އޭސީސީން މި މައްސަލަ ތަހުގީގުކޮށް ހިޔާނާތް ހިންގާފައިވާ ކަމުގެ ތުހުމަތުތަކާ އެކު ދައުވާ އުފުލައިދޭން ވެސް އެދުނެވެ.

ވެންޓިލޭޓަރުތައް ނުލިބި އެއްބަސްވުން ބާތިލްކުރަން ޖެހުނުއިރު، މިކަމުގައި ހިޔާނާތް ހިންގި ކަމުގެ ތުހުމަތުގައި އޭސީސީން ދައުވާކުރަން ފޮނުވީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނިވަޑައިގަންނަވާ ގޮތުން އެ މިނިސްޓްރީގެ މީހެއްގެ މައްޗަށެވެ. އޭސީސީން ބުނެފައިވާ ގޮތުގައި، ދައުވާ ކުރަން ފޮނުވީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފުވެ، ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިން ކަމަށް އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ތަހުގީގަށް ސާބިތުވާތީ އެވެ. އެކަމަކު ޕީޖީ އޮފީހުން ބުނެފައި ވަނީ ދައުވާކުރެވޭ ވަރަށް އަދި ހެކި ނެތް ކަމަށާއި ފާހަގަކޮށްފައި ހުރީ އިދާރީ މައްސަލަތަކެއް ކަމަށެވެ.

އެ ތަހުގީގުގައި ބައެއް ކަންކަން ފުރިހަމަކުރަން ޕީޖީ އޮފީހުން ވަނީ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވައިފަ އެވެ.

އެކަމުގައި ޕީޖީ އޮފީހަށް ވެސް އަފީފްގެ ނުރުހުން އަމާޒު ކުރެއްވި އެވެ.

"ޕީޖީ ވިދާޅުވަނީ އުންސުރު ހަމަނުވާކަމަށް. އުންސުރު ހަމައެއްނުވާނެތާ، އުންސުރު ހަމަވޭތޯ ރަނގަޅަށް ނުބަލަންޏާ،" އަފީފް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox