ދަރަނި އަދާ ކުރުމުގެ ބަދަލުގައި ކުދި ގައުމުތަކުން އަމިއްލަ ސަލާމަތަށް އުޅެންޖެހިދާނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ

ރައީސް މުހައްމަދު ނަޝީދު: ވިދާޅުވީ ކުރިއަރާފައިވާ ގައުމުތަކުން ވައުދާ ހިލާފުވުމުން ކުދި ގައުމުތަކަށް ވެސް ވިސްނުން ބަދަލުކުރަންޖެހިފައިވާ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ރައީސް މުހައްމަދު ނަޝީދު: ވިދާޅުވީ ކުރިއަރާފައިވާ ގައުމުތަކުން ވައުދާ ހިލާފުވުމުން ކުދި ގައުމުތަކަށް ވެސް ވިސްނުން ބަދަލުކުރަންޖެހިފައިވާ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ތިމާވެއްޓަށް ކުރަމުންދާ ގެއްލުމުގެ ސަބަބުން އަސަރު ކުރާ ތަރައްގީވަމުން އަންނަ ގައުމުތަކުން ދަރަނި އަދާ ކުރުމުގެ ބަދަލުގައި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަ ކުރަންޖެހިފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނިއު ޔޯކާގެ ބިލް މިކްކިބެންގެ "ކްލައިމެޓް ކްރައިސިސް" ނިއުސް ލެޓާއަށް މިދިޔަ ހަފްތާގައި ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ 2020 ވަނަ އަހަރު އަންނަންވާއިރަށް ކުރިއަރަމުން އަންނަ ގައުމުތަކަށް އެހީގެ ގޮތުގައި 100 ބިލިއަން ޑޮލަރު ދިނުމަށްވި ވައުދާ ތަރައްގީވެފައިވާ ގައުމުތަކުން ހިލާފުވެފައިވާތީ ކުރިއަރަމުން އަންނަ ގައުމުތަކުގެ ވިސްނުން ވެސް ބަދަލު ކުރަންޖެހިފައިވާ ކަމަށެވެ.

"ބޭރުގެ އެހީ ލިބުން އެހާ މަދުވެފައިވާ މި ދަނޑިވަޅުގައި، ދަރަނި އަދާ ކުރުމުގެ ބަދަލުގައި ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން އެޑަޕްޓުވުމަށް ކުރަންޖެހޭ ހަރަދުތައް ކުރަން މި އޮތީ މަޖުބޫރުވެފަ. ކަން މިހެން އޮއްވާ، މިހާލަތުގައި އެޑަޕްޓޭޝަނަށް ހަރަދު ކުރުމަށް ލިބޭ ފައިސާކޮޅު ދަރަނި އަދާ ކުރުމަށް ބޭނުން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ނަޝީދު ވިދާޅުވެފައިވެ އެވެ.

އެ އިންޓަވިއުގައި ނަޝީދު ވަނީ އެމަނިކުފާނު އަވަހާރަކޮށްލުމަށް މެއި 6، ގައި ދިން ހަމަލާގައި ލިބުނު ޒަހަމްތަކާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން، ބޮމަށް އަޅާފައި ހުރި ބެއަރިން ބޯލްތަކުން ގާތްގަނޑަކަށް 25 ޒަހަމް ހަށިގަނޑަށް ލިބިވަޑައިގެންނެވި ނަމަވެސް މިހާރު ފަސޭހަވަމުންދާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ﷲ އަށް ދުއާ ކުރިން އަދި އަޅުގަނޑުގެ ފުރާނަ ނުގެންދިއުމަށް އެދި. ސަބަބަކީ އަޅުގަނޑު ހިތުން އަދި އަޅުގަނޑުގެ ހަޔާތުގައި ކުރަންޖެހޭ މަސައްކަތް އަދި ނުނިމޭ. ޑިމޮކްރަސީއަށްޓަކައި އަދި ތިމާވެއްޓަށް ކުރާ ގެއްލުމުން އަސަރު ކުރާ ކުޑަ ގައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި އެތައް މަސައްކަތްތަކެއް ކުރަންޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކައިރިން ކާރަށް އަރައިވަޑައިގަންނަވަނިކޮށް ގޮއްވާލި ބޮމުގެ ސަބަބުން އެމަނިކުފާނުގެ ފުރާނަ ސަލާމަތްވީ ކިރިޔާ އެވެ. އެމަނިކުފާނަށް އަށް ދުވަހު މާލޭގެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ކުރެއްވުމަށްފަހު ދެން ގެންދެވީ ޖަރުމަނަށެވެ. މިހާރު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. އަދި ގެންދަވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ މުހިންމު ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ކްލައިމެޓް ވަލްނަރަބަލް ފޯރަމް ނުވަތަ ސީވީއެފްއަކީ ތިމާވެއްޓަށް ކުރަމުންދާ ގެއްލުމުން އެންމެ ބޮޑަށް އަސަރު ކުރާ ގައުމުތަކުގެ ތެރެއިން 48 ގައުމެއް ބައިވެރިވެގެން އުފައްދާފައިވާ ބައިނަލްއަގްވާމީ ކޯލިޝަނެކެވެ. ނަޝީދަކީ ސީވީއެފްގެ އެމްބަސަޑަރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox