ކޮވިޑް ހަނގުރާމައިގެ އަންހެން ބަތަލުންނަށް ރައީސްގެ ޝުކުރު

Sep 7, 2021, 4:49 AM
ޓެގް ޓީމުގެ މެމްބަރު ނަޒްލާ (ކ)، ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސަސް މައިމޫނާ (މ) އަދި އެޗްޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު ނަޒްލާ: ތިން ބޭފުޅުންގެ ނަން ރައީސް ފާހަގަކުރެއްވި.

ޓެގް ޓީމުގެ މެމްބަރު ނަޒްލާ (ކ)، ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސަސް މައިމޫނާ (މ) އަދި އެޗްޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު ނަޒްލާ: ތިން ބޭފުޅުންގެ ނަން ރައީސް ފާހަގަކުރެއްވި.

ކޮވިޑްގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ހުއްޓުނު ވަގުތު އާއިލާތަކުގެ ފުދުންތެރިކަން ހިފަހައްޓައިދިނުމުގައި އަދި ކޮވިޑްގެ ބަލިމީހުންނަށް ފަރުވާކުރުމުގައި ދިވެހި އަންހެނުން މުހިއްމު ދައުރެއް އަދާކުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އަންހެނުން ކުރާ މަސައްކަތްތަކާއި ހާސިލުކޮށްފައިވާ ކާމިޔާބީތަކުގެ އަގުވަޒަންކޮށް ސަރުކާރުންދޭ ރެހެންދި އެވޯޑް ދިނުމުގެ ހަފުލާގައި ވާހަކަދައްކަވަމުން ރޭ ރައީސް ވިދާޅުވީ އަންހެނުންނަކީ ހަމައެކަނި މުޖްތަމައުގެ ދެބައިކުޅަ އެއްބައި ނޫން ކަމަށާއި އެއީ މުޅި އިންސާނިއްޔަތުގެ ވެސް ދެބައިކުޅަ އެއްބައި ކަމަށެވެ.

"އެއީ އާއިލާތައް އުފެދި ބިނާވެގެން އައުމުގެ ބިންގާ. އެއީ އަޅުގަނޑުމެންގެ އިގްތިސާދީ ޙަރަކާތުގެ ވަރަށް މުހިންމު ބައިވެރިއެއް. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް، އަންހެނުންގެ ހިތްވަރާއި އަންހެނުންގެ ބާރުވެރިކަން ވަރަށް ރަނގަޅަށް ވަޒަންކުރެވިއްޖެ،" ރައީސް ވިދާޅުވި އެވެ.

ކޮވިޑްގެ ތެރޭގައި އާއިލާތަކުގެ ފުދުންތެރިކަން ހިފަހައްޓައިދިނުމުގައި، އަންހެނުން އަދާކުރީ ވަރަށް މުހިންމު ދައުރެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ގޭގައި ތިބި އަންހެނުންނާއި އަންހެންކުދިން ކުރި މަސައްކަތުން، ދުވަހުގެ ހަރަދުތައް ދެކޮޅުޖެއްސި އާއިލާތައް މަދު ނޫން ކަމަށެވެ.

މީގެ އިތުރުން ކޮވިޑްގެ ބަލިމީހުންނަށް ފަރުވާކުރުމުގައި، އާއިލާތަކާ ވަކިން، ރެޔާއި ދުވާލުގެ ހުރިހާ ވަގުތެއް ހޭދަކުރެއްވި އަންހެން ބޭފުޅުން ވަރަށް ގިނަ ކަމަށާއި އެބޭފުޅުން ގައުމަށްޓަކައި އެ ވެވަޑައިގަތީ ވަރަށް މަތިވެރި ގުރުބާނީއެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކޮވިޑުން ރައްކާތެރިވުމަށް ހިންގާ ވެކްސިން ޕްރޮގްރާމްގައި ވެސް އަންހެން ބޭފުޅުންގެ ހިއްސާ ވަރަށް ބޮޑުކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެންމެ ގިނަ ބައެއްގެ ކަންފަތުގައި ހަރުލާފައި ހުރި ނަންނަމަކީ، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތ މައިމޫނާ އަބޫބަކުރާއި އެޗްޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު އަދި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގާއި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ފަދަ ބޭބޭފުޅުންގެ ނަން ކަމަށެވެ.

"އޭގެ އިތުރުން ވެސް އެތައް އަންހެން ބޭފުޅުންނެއްގެ ނަންފުޅު، ކޮވިޑްގެ ތެރޭގައި އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ،" ރައީސް ވިދާޅުވި އެވެ.

"މިފަދަ ހިދުމަތްތެރި އަދި މިފަދަ އަގުހުރި ބަޔަކު، އަޅުގަނޑުމެންގެ ގައުމީ ހިދުމަތުގެ ދާއިރާގައި ބައިވެރިވާ މިންވަރު އިތުރުނުކޮށް، އަޅުގަނޑުމެންނަށް ހަގީގީ ކުރިއެރުމެއް ނުހޯދޭނެކަން ޔަގީން. އަޅުގަނޑުމެން މިކުރާ މަސައްކަތުން، މާތް ﷲގެ ވާގިފުޅާއެކު، އެކަން ހާސިލްވާނެކަމުގެ ވަރަށް ބޮޑު އުންމީދެއް އެބަ އޮތް. އެކަމަށް އިތުރު ހިތްވަރު ދިނުމަކީ ކުރަންޖެހޭ ކަމެއް."

ރައީސް ވިދާޅުވި މިހާރުވެސް ވަރަށް މަތީ މަގާމުތައް ފުރުއްވާ، ވަރަށް ހިދުމަތްތެރި ވަރަށް ގާބިލް އަންހެން ބޭފުޅުން އެބަތިއްބެވި ކަމަށާއި ސަރުކާރުގެ މަގާމެއްގައި ނޫނަސް، މުޖްތަމައަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކުރައްވާ ވަރަށް ހުނަރުވެރި އަންހެން ބޭފުޅުން އެބަތިއްބެވި ކަމަށެވެ.

"އަދި މިހާރު ފޯދެމުން އަންނަ ޒުވާން ޖީލުގައިވެސް، އެފަދަ އުންމީދީ ޒުވާން އަންހެން ބޭފުޅުންތަކެއް ތިއްބަވާނެކަން އަޅުގަނޑަށް ޔަގީން،" ރައީސް ވިދާޅުވި އެވެ.

އެކަމަކު ރައީސް ވިދާޅުވީ އެފަދަ ޒުވާނުންގެ ކުރިމަގަށް ހުރަސްއަޅާ، ކަސިޔާރު ފިކުރުތަކެއް ރާއްޖޭގައި އެބަ ދައުރުވާ ކަމަށާއި އިޖްތިމާއީ އަދި ގައުމީ ހިދުމަތަށް އަންހެނުން ނުކުތުމުން، އެކަމަށް ނުރުހުންވާ މަދު ބަޔަކު ނަމަވެސް އެބައުޅޭ ކަމަށެވެ.

"މިއިން ކޮންމެ ކަމަކީ ގާނޫނުން ހައްލުކުރެވޭނެ ކަންކަމެއް ނޫން. މިފަދަ ކަންކަން ހައްލުކުރެވޭނީ އަޅުގަނޑުމެންގެ ވިސްނުން ބަދަލުކޮށްގެން،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox