އަފްގާނިސްތާނުގައި ދާހިލީ ހަނގުރާމައެއް ފެށުމުގެ ބިރު

ތާލިބާން ހަނގުރާމަވެރިން.

ތާލިބާން ހަނގުރާމަވެރިން.

ވޮޝިންޓަން، އެމެރިކާ (ސެޕްޓެމްބަރު 6) - އަފްގާނިސްތާނުގައި ދާހިލީ ހަނގުރާމައެއް ފެށުމުގެ ބިރު ބޮޑު ކަމަށް އެމެރިކާގެ އެންމެ އިސް އަސްކަރީ ޖެނެރަލް ވިދާޅުވެއްޖެ އެވެ.

ވިހި އަހަރަށް ފަހު އެމެރިކާ ސިފައިން އަފްގާން ފަސްގަނޑު ދޫކޮށް ގޮސްފައި ވާއިރު، ތާލިބާނުން ވަނީ ހައިރާން ކުރުވަނިވި ގޮތަކަށް އަލުން ވެރިކަމަށް އައިސްފަ އެވެ.

"އަޅުގަނޑަށް އަސްކަރީ ގޮތުން ފެންނަނީ މިހާރު އުފެދިފައި ހުރި ހާލަތްތަކުގެ ސަބަބުން ދާހިލީ ހަނގުރާމައެއް ފެށޭނެ ކަމަށް،" ޖޮއިންޓް ޗީފް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް މާކް މިލީ ފޮކްސް ނިއުސް އަށް ވިދާޅުވި އެވެ.

އޭނާ ވަނީ ވެރިކަމުގައި އޮތް ތާލިބާނުންނަށް އެހެން ފަރާތްތައް ބައިވެރިކޮށްގެން ސަރުކާރު ހިންގޭނެތޯ އާއި ހަރުދަނާ ވެރިކަން ކުރުމުގެ ނިޒާމެއް ގާއިމްކުރެވޭނެތޯ ސުވާލު އުފައްދާފަ އެވެ.

"އަޅުގަނޑަށް ހީވަނީ ވަރަށް ފުޅާކޮށް ދާހިލީ ހަނގުރާމައެއް ފެށުމުގެ ފުރުސަތު ބޮޑު ކަމަށް. އޭގެ ސަބަބުން އަލް ގައިދާ އަލުން ހަރަކާތްތެރިވާން ފަށާ، އައިއެސް ފަދަ އެހެން ޓެރަރިސްޓު ގްރޫޕުތަކަށް ފުރުސަތުތައް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

"އަފްގާނިސްތާނުގައި އޮތް ހާލަތަކީ ޓެރަރިޒަމް އުފެދިގެން އައިސްދާނެ ފަދަ ހާލަތެއް. ކުރިއަށް އޮތް 12 މަހާއި 36 މަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި އެފަދަ ކަންކަން ފެންނަން ފަށާނެ."

މީގެ ވިހި އަހަރު ކުރިން އެމެރިކާ އިން އަފްގާނިސްތާނަށް އެރީ ވެސް ސެޕްޓެމްބަރު 11، 2001 ގައި އަލް ގައިދާ އިން ހިންގި ޓެރަރިޒަމްގެ އަމަލުތަކާ ގުޅިގެންނެވެ.

އޭރު އަލް ގައިދާ މިނިވަންކަމާއެކު އަފްގާނިސްތާނުގައި ހަރަކާތްތެރިވަމުން ދިޔައިރު، އެމެރިކާ އިން ތާލިބާން ސަރުކާރު ވައްޓާލީ އަލް ގައިދާއަށް ރައްކާތެރިކަން ދޭ ކަމަށް ބުނެ އެވެ.

ހުޅަނގުގެ ގައުމުތަކުން މިހާރު އެންމެ ބޮޑަށް ބިރު ގަންނަނީ އެ ގައުމުތަކަށް ޓެރަރިސްޓު ހަމަލާ ދޭން ޓެރަރިސްޓުން ތަމްރީން ކުރާ މަރުކަޒުތައް އަފްގާނިސްތާނުގައި އުފެދިދާނެތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox