ނޮޅިވަރަމްގައި 150 ކޭސް؛ އާންމު ހާލަތު ގޯހެއް ނޫން

Sep 6, 2021, 9:08 AM
ނޮޅިވަރަމް: ކޮވިޑްގެ 150 ކޭސް ފެނިފައިވޭ ނަމަވެސް, އާންމު ހާލަތު ގޯހެއް ނޫން

ނޮޅިވަރަމް: ކޮވިޑްގެ 150 ކޭސް ފެނިފައިވޭ ނަމަވެސް, އާންމު ހާލަތު ގޯހެއް ނޫން

ހދ. ނޮޅިވަރަމްގައި ކޮވިޑްގެ ކޭސްތައް އިތުރުވެފައިވީ ނަމަވެސް, ރަށުގެ އާންމު ހާލަތު ގޯސް ނޫން ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ފުރަތަމަ ފަހަރަށް މޮނީޓަރިންގެ ހާލަތަށް ގެނައި ނޮޅިވަރަމުން 150 މީހުން މިވަގުތު ކޮވިޑް ބަލީގައި އެބަ ތިއްބެވެ. އަދި, 124 ގެއެއް ކަރަންޓީނު ކޮށްފައިވެ އެވެ.

ކޮވިޑް ޕޮޒިޓިވްވި މީހުންގެ އަދަދު ނޮޅިވަރަމްގައި މަތީގައި ހުރި ނަމަވެސް, ކުރިއަށް އޮތް ތަނުގައި ބަލި ޖެހޭ މީހުންގެ މިންވަރު މަދުވަމުންދާނެ ކަމަށް އެ ރަށު ކައުންސިލުން ގަބޫލު ކުރެ އެވެ.

"ޕޮޒިޓިވްވި ރޭޓް މަތިވެގެން މިދިޔައީ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި މީހުންނަށް ބަލި ޖެހިފައިވުމުން, ރެންޑަމް ސާމްޕަލްތައް ޕޮޒިޓިވްވަމުން ނުދޭ," ކައުންސިލްގެ ރައީސް ޔޫސުފް މޫސާ "އަދަދު"އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި, ރަށުގައި ކޮވިޑް ފެތުރިގެން ދިޔައީ ކުޑަކުދިންގެ ގުރުއާން ކްލާހަކުންނެވެ. އެހެންވެ, ބަލި ޕްރީސްކޫލަށާއި ސްކޫލަށް ވެސް ފެތުރި, ހާލަތު ގޯސްވެގެން ދިޔައީ ކަމަށެވެ.

ރަށުގައި މިވަގުތު 150 މީހުން ބަލީގައި ތިބިއިރު, ހާލަތު ގޯސްވީ އެންމެ މީހެއްގެ އެވެ. އެއީ ހައިރިސްކްގެ މީހަކަށްވާތީ މިހާރު ވަނީ ށ. ފުނަދޫގެ ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފަ އެވެ. އެހެން މީހުންގެ ހާލަތު ގޯހެއް ނޫނެވެ.

ރަށުގެ ސިއްހީ މަރުކަޒުން ބަލި ޖެހޭ މީހުންނަށް ފަރުވާ ފޯރުކޮށްދެމުން އަންނައިރު, ވަސީލަތްތައް މަދުވުމަކީ ކައުންސިލްގެ ކަންބޮޑުވުމެކެވެ. ޔޫސުފް ވިދާޅުވި ގޮތުގައި, ސިއްހީ މަރުކަޒުގައި އިންސާނީ ވަސީލަތް ވެސް މަދެވެ. އަދި, ބޭސް ލިބުމުގައި ވެސް ދަތިތަކެއް އެބަ ހުއްޓެވެ.

އެހެންނަމަވެސް, ހުރި ވަސީލަތްތަކުން ރަށުގެ އިދާރާތަކުން ކޮވިޑް މެނޭޖްކުރުމުގެ މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ޔޫސުފް ވިދާޅުވީ ބަލީގައި ގިނަ ބަޔަކު ތިބުމުން އޭގެ ހިތާމަ އެބަ އޮތް ކަމަށާއި ނަމަވެސް, ރަށުގެ އާންމު ހާލަތު ގޯސް ނޫން ކަމަށެވެ.

ރަށަށް އަރާފޭބުން މަނާކޮށްފައިވާއިރު, ކުޅުދުއްފުށީ ސިޓީގެ ދެ ވިޔަފާރިއަކު މިފަހުން ވަނީ އެ ރަށަށް މަސް ވެސް ހަދިޔާކޮށްފަ އެވެ. އެ މަސްތައް ރައްޔިތުންގެ މެދުގައި ހަމަހަމަކޮށް ބެހި އެވެ.

ނޮޅިވަރަމަކީ ކުޅުދުއްފުށީ ސިޓީއަށްފަހު, ހދ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށެވެ. އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ރަށުގެ އާބާދީއަކީ 2774 މީހުންނެވެ.

ޔޫސުފް ވިދާޅުވި ގޮތުގައި, ރަށުގެ އާބާދީއާ ބަލާއިރު އެ ރަށުގެ ވަސީލަތްތައް މަދެވެ. ސަރުކާރުން ހިދުމަތް ފޯރުކޮށްދިނުމުގައި އާބާދީއަށް ނުބަލާ ކަމާއި ރަށްރަށާ މެދު ތަފާތުކުރުންތައް ގެންގުޅޭ ކަމުގެ ކަންބޮޑުވުން ޔޫސުފްގެ އޮތެވެ.

"ލައްގާ ހުރައަށް އެއްޗެހި ލައްވާ އުސޫލުން ރަށަށް ކަމެއް މިކޮށްދެނީ," ޔޫސުފް ވިދާޅުވި އެވެ.

"މެނޭޖްކުރެވުނު ގޮތް ރަނގަޅު"

ވަސީލަތްތައް މަދުއިރު ވެސް, މިވީހާ ތަނަށް ކޮވިޑްގެ ތެރޭ ކައުންސިލަށް ކުރެވުނު މަސައްކަތް ރަނގަޅު ކަމަށް ޔޫސުފް ގަބޫލު ކުރައްވަ އެވެ. އެއީ, ރާއްޖޭގައި ކޮވިޑް ފެތުރުނު ފަހުން ވެސް އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު, ނޮޅިވަރަމް މޮނީޓަރިންއަށް ލާން ޖެހުނު ފުރަތަމަ ފަހަރު ކަމަށްވުމުންނެވެ.

"ނޮޅިވަރަމް މީހުންނަކީ ކަންމަތީ ފިހާރައަށް ދާ އުސޫލުން ކުޅުދުއްފުއްޓަށް ދާން ޖެހޭ ބައެއް, އެ ސިޓީ ތިން ފަހަރަށް މޮނީޓަރިން ހާލަތަށް ގެންދިޔަ, ނަމަވެސް މި ރަށަށް ކޮވިޑް ނައިސް ހިފެހެއްޓުނު," ޔޫސުފް ވިދާޅުވި އެވެ.

އަދި, އެ ހާލަތުގައި ރައްޔިތުންނަށް ކުޅުދުއްފުއްޓަށް ދެވޭނެ ހުއްދަ ދޫކުރުމާއި މުދާ ގެނެވޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުން ފަދަ ކަންކަން ވަރަށް ބޮޑަށް ރޭވިގެން ކައުންސިލުން ކުރިކަން ޔޫސުފް ފާހަގަ ކުރެއްވި އެވެ.

"އެހެންވެ, މިހާތަނަށް ވެސް ކޮވިޑްގައި މި ރަށުގެ އިދާރާތަކަށް ކުރެވުނު މަސައްކަތްތައް ރަނގަޅު ކަމަށް ގަބޫލު ކުރެވޭ," ޔޫސުފް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox