ނުފޫޒުގެ ތުހުމަތު އަލީ ޒާހިރު އަނބުރާލެއްވީ އިދިކޮޅަށް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ. -ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ. -ފޮޓޯ: ރައީސް އޮފީސް

ފަނޑިޔާރު ގެއާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާކަމަށް ބުނެ އިދިކޮޅުން އިސްވެ އަމާޒުކުރަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށާއި، އެކަން ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތްތަކަށް ނުފޫޒު ފޯރުވަންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

ޔާމީންގެ ޝަރީއަތާ ގުޅޭ ގޮތުން ކުރިމިނަލް ކޯޓުގެ ބައެއް ގާޒީންގެ އަޑު އިވޭ އޯޑިއޯ ލީކްވެފައިވާ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

ސޯޝަލް މީޑިއާގައި ލީކްވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީންތަކެއް ދެއްކެވި ވާހަކަތަކެކެވެ.

އެ ބެންޗުގައި ތިއްބެވީ އޭރު ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދާއި ކުރިމިނަލް ކޯޓުގެ މިހާރުގެ އިސްގާޒީ އަހުމަދު ޝަކީލާއި ގާޒީ އަހުމަދު ސަމީރާއި ގާޒީ ހުސެއިން ފާއިޒު ރަޝީދާއި އަދި ގާޒީ އަލީ އާދަމެވެ.

ލީކްވީ، ގާޒީ ފާއިޒާއި އަލީ އާދަމް އަދި ސަމީރު ކަމަށް ބެލެވޭ ބައެއްގެ އަޑު އިވޭ އޯޑިއޯތަކެވެ.

އެ ބޭފުޅުން ވާހަކަ ދައްކަވާފައިވަނީ ޔާމީނަށް އިއްވި ހުކުމާ ގުޅޭ ގޮތުންނެވެ. އެގޮތުން، ގާޒީ ފާއިޒު ކަމަށް ބެލެވޭ މީހާ ވަނީ އެ ހުކުމާ ގުޅިގެން އެކި ކަހަލަ ނުފޫޒުތައް އޮތް ކަމަށް ދޭހަވާ ފަދައިން ވާހަކަ ދައްކަވާފަ އެވެ.

އެކަމުގައި އެންމެ ބޮޑު ތުހުމަތެއް އަލީ ޒާހިރަށް އަމާޒުވެފައިވަނިކޮށް، ކުރީގެ ފަނޑިޔާރުންތަކެއް އިއްޔެ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، އެ ތުހުމަތުތަކަށް ބާރު ލިބޭ އިތުރު ވާހަކަތަކެއް ދައްކަވައިފަ އެވެ. އެކަމުގައި އިސްކޮށް ހުންނެވީ، ސުލޫކީ މައްސަލަތަކެއް އޮތްވައި އިސްތިއުފާ ދެއްވި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ.

އެ ތުހުމަތުތަކާ ގުޅިގެން، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ޒާހިރު ވިދާޅުވި ގޮތުގައި، ކުރީ ސަރުކާރުގައި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވި މިންވަރު ހަނދާންނެތާހާ ދުވަހެއް އަދި ނުވެ އެވެ.

އޭރު ގިނަ ސިޔާސީ ލީޑަރުންގެ މައްޗަށް ދައުވާތައްކޮށް ޝަރީއަތް ހިންގިއިރު، އެ ބޭފުޅުންގެ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކަށް ވަޑައިގެންނެވި ކަމަށާއި، ކިތަންމެ ރަނގަޅު ދިފާއުއެއް ހުށަހެޅި ނަމަވެސް، ހުކުމްތައް ހުރީ ވަކި ގޮތަކަށް ލިޔެ ނިމިފައި ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އަލީ ޒާހިރު ވިދާޅުވި ގޮތުގައި، މި ތުހުމަތުތަކުގެ ފަހަތުގައި އިސްކޮށްތިބީ ބޭނުންވާ ގޮތަށް ޝަރީއަތް ހިންގައި ހުކުމްތައް ނެރުމުގެ ދޮރު ބަންދުވުމުން އެކަމުގައި ނުރުހިފައި ތިބަ ބައެކެވެ.

"މިއީ ވަރަށް ރޭވުންތެރިކަމާއެކު ހިންގާ ސިޔާސީ ހަރަކާތެއް. އިއްތިފާގެއް ނޫން ކަންނޭނގެ މިކަން މި ހިނގަނީ ޔާމީންގެ މައްޗަށް އުފުލިފައިވާ ދައުވާތަކެއް ފަށައިގެން ކުރިއަށްދާއިރުކަން. މިއީ އެ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން، އެހެނިހެން ގޮތް ގޮތުން ވަނުމުގެ ބޭނުމުގައި ހިންގާ ކަމެއް،" އަލީ ޒާހިރު ވިދާޅުވި އެވެ.

އެ ތުހުމަތުތައް ތަކުރާރުކޮށް ދޮގު ކުރައްވަމުން އޭނާ ވިދާޅުވި ގޮތުގައި ރައީސް ސޯލިހު ވެސް ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ އެވެ.

މަގާމުގައި ހުރީ އަދާލަތުގެ ސްލޮޓެއްގައެއް ނޫން

އަލީ ޒާހިރު މިއަދު ވިދާޅުވީ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވީ އޭނާ ނިސްބަތްވާ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ނޫން ކަމަށެވެ.

އެއީ ކޯލިޝަނުގެ ތެރެއިން އަދާލަތަށް ކަނޑައަޅާފައި އޮތް މަގާމެއް ނޫން ކަމަށާއި، އެ މަގާމަށް އޭނާ އައްޔަނުކުރެއްވީ ސީދާ ރައީސް ސޯލިހު ކަމަށް ވިދާޅުވި އެވެ.

އަދި ރައީސް ސޯލިހުގެ އިތުބާރު ނެތް ނަމަ އެ މަގާމުގައި ނުހުންނަވާނެ ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވި އެވެ.

ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އަލީ ޒާހިރު މިއަދު ވިދާޅުވީ ފަނޑިޔާރު ގެއަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު އޭނާއަށް އަމާޒުވާ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އެ އޯޑިއޯތަކާ ގުޅިގެން ޖޭއެސްސީން ތަހުގީގެއް ފަށައި، ތުހުމަތުވާ ގާޒީންނާ ސުވާލުކޮށްފައިވާއިރު، އެކަމުގެ ތުހުމަތުވާ ގާޒީންވަނީ އެވާހަކަތައް ދޮގުކޮށްފަ އެވެ.

އަދި އެ ތަހުގީގު އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި، އެ އޯޑިއޯތައް ތަހުލީލު ކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށާއި، އެކަމަށްޓަކައި އެ ފަނޑިޔާރުންގެ އަޑުގެ ސާމްޕަލް ނަގާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox