ތާލިބާނުންގެ އުފަލުގެ ޕެރޭޑުގައި ލިބުނު ހަތިޔާރުތައް ދައްކާލައިފި

ތާލިބާނުން ބޭއްވި ޕެރޭޑުގައި އެ މީހުންގެ ދިދަޔާއެކު ހަނގުރާމަވެރިން ބައިވެރިވަނީ.-- ފޮޓޯ: އޭއެފްޕީ

ތާލިބާނުން ބޭއްވި ޕެރޭޑުގައި އެ މީހުންގެ ދިދަޔާއެކު ހަނގުރާމަވެރިން ބައިވެރިވަނީ.-- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (ސެޕްޓެމްބަރު 2) - ހައިރާން ކުރުވަނިވި ގޮތަކަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަފްގާނިސްތާން ހިފައި ވެރިކަމަށް އައި ތާލިބާނުންނަށް ލިބުނު ހަތިޔާރު ދައްކާލުމަށް ބޮޑު ޕެރޭޑެއް ބާއްވައިފި އެވެ.

ބުދަ ދުވަހު ޕެރޭޑް ކުރިއަށް ދިޔައިރު، އެމެރިކާ އިން އަފްގާން ފަސްގަނޑު ދޫކޮށް ދިޔަ ފަހުން ފުރަތަމަ ފަހަރަށް ކާބުލް އެއާޕޯޓަށް ވަނީ ފްލައިޓެއް ޖައްސާފަ އެވެ. ގަތަރު އެއާވޭޒް ފްލައިޓުގައި އަފްގާނަށް ދިޔައީ އެއާޕޯޓުގައި މަސައްކަތް ކުރާނެ ޓެކްނީޝަނުންގެ ޓީމެކެވެ.

އެއާޕޯޓު އޮޕަރޭޓް ކުރާނެ ބަޔަކު ނިންމުމާ ގުޅޭ މަޝްވަރާތައް ދަނީ ކުރިއަށެވެ. ހަނގުރާމަވެރި ގްރޫޕެއްގެ ގޮތުގައި 20 އަހަރު ހޭދަ ކުރުމަށް ފަހު ވެރިކަން ހިންގަން ހަވާލުވުމާއެކު ތާލިބާނުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މަސައްކަތަކީ އެއާޕޯޓުގެ މަސައްކަތެވެ.

ވިހި އަހަރަށް ފަހު އެމެރިކާގެ އެންމެ ފަހު ފައުޖު އަފްގާން ފަސްގަނޑުން ފުރީ އޯގަސްޓު 30 ވަނަ ދުވަހު އެވެ. އެއާއެކު ތާލިބާނުން އުފާ ފާޅުކުރުމުގެ ގޮތުން ކާބުލް އެއާޕޯޓަށް ވަދެ، ހަވާ އަރުވާފައި ވެ އެވެ. ބުދަ ދުވަހު ބޭއްވި ޕެރޭޑުގައި ދައްކާލީ ބަރު ހަތިޔާރާއި އަސްކަރީ އުޅަނދުތަކެވެ.

ތާލިބާނުންގެ ހުދު ދިދަ ހިފައިގެން އުޅަނދުތަކުގައި ހަނގުރާމަވެރިން ދަތުރު ކުރިއިރު، މަތިން ހެލިކޮޕްޓަރެއް ވެސް ދިޔަ އެވެ. ޕެރޭޑުގެ ތެރެއިން ތާލިބާނުންގެ އެންމެ އިސް ލީޑަރު ހިބާތުﷲ އަހުންދްޒާދާ އާއްމުންނަށް ފެންނާނެ ކަމަށް އަޑު ފެތުރުނެވެ. ނަމަވެސް އޭނާގެ ބަދަލުގައި އާއްމުންނާ މުހާތަބުކޮށް ވާހަކަދެއްކީ ކާބުލްގެ އާ ގަވަރުނަރެވެ.

ފަސޭހަކަމާ އެކި އަފްގާނިސްތާނުގެ ކޮންޓްރޯލް ހޯދި ތާލިބާނުންނަށް ވަނީ އަފްގާން ސިފައިންގެ އަތުގައި ހުރި ގިނަ އަދަދެއްގެ ހަތިޔާރާއި، ވަޒަން އަދި އެހެނިހެން އަސްކަރީ ތަކެތި ލިބިފަ އެވެ. އޭގެ ތެރެއިން ގިނަ ތަކެއްޗަކީ ފާއިތުވި 20 އަހަރު އެމެރިކާ ސިފައިން އަފްގާން ފަސްގަނޑުގައި ތިބިއިރު ހަދިޔާކުރި ތަކެއްޗެވެ.

ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުން އެމެރިކާ އަސްކަރިއްޔާ އިން އަފްގާން ސިފައިންނަށް 7،000 އަށް ވުރެ ގިނަ މެޝިން ބަޑި އާއި، 4،700 ހަމްވީޒް އާދި 20،000 ގްރެނޭޑް ފާއިތުވި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސަޕްލައިކޮށްފަ އެވެ.

ތާލިބާނުންގެ ދިދަ ހިފައިގެން ހެލިކޮޕްޓަރެއް ދަތުރު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
ތާލިބާނުންގެ ދިދަ ހިފައިގެން ހެލިކޮޕްޓަރެއް ދަތުރު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ތާލިބާނުންގެ ދިދަ ހިފައިގެން ހެލިކޮޕްޓަރެއް ދަތުރު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

އޭގެ އިތުރުން ގިނަ އަދަދެއްގެ ވަޒަނާއި ޑްރޯން އަދި ޖެޓާއި ހެލިކޮޕްޓަރު ހިމެނޭހެން 200 އަށް ވުރެ ގިނަ ވައިގެ އުޅަނދު ވެސް ސަޕްލައި ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox