އަފްނާން އެކެޑަމީން މުބާރާތް ބާއްވައިގެން ކުޅުންތެރިން ޑިވެލޮޕްކުރަނީ

Sep 2, 2021, 4:28 AM
އަފްނާން އެކެޑަމީގެ ފަރާތުން ބޭއްވި މުބާރާތަށް ފަހު.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

އަފްނާން އެކެޑަމީގެ ފަރާތުން ބޭއްވި މުބާރާތަށް ފަހު.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ބައިނަލްއަގުވާމީ ލެވަލްގައި ރާއްޖެ ތަމްސީލްކޮށްފައިވާ އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ އައިޝަތު އަފްނާން ރަޝީދު، "އަފްނާން ރަޝީދު ބެޑްމިންޓަން އެކަޑަމީ (އޭއާރްބީއޭ)" އިން ވާދަވެރި ރޫހެއްގައި ވެސް ކުޅުންތެރިން ޑިވެލޮޕްކުރުމުގެ އަމާޒުގައި ފުރަތަމަ މުބާރާތް ބާއްވައިފި އެވެ.

މި އަހަރު މާޗް އެއް ވަނަ ދުވަހު ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކޮށްގެން ކުރިއަށްގެންދާ އަފްނާން އެކެޑަމީގެ ފުރަތަމަ މުބާރާތް އިއްޔެ ވަނީ ހުޅުމާލޭ ބެޑްމިންޓަން ކޯޓުގައި ކުރިއަށް ގެންގޮސްފަ އެވެ. މި މުބާރާތުގައި ވާދަކުރީ ސިލެކްޝަނެއްގެ ތެރެއިން ހޮވާލެވުނު 12 ކުދިންނެވެ. ސިލެކްޝަނުގައި އެކެޑަމީގެ 30 ވަރަކަށް ކުޅުންތެރިން ބައިވެރިވި އެވެ.

އަފްނާން ބުނީ މި ގޮތަށް މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ކުދިން މޯޓިވޭޓް ކުރުމާއި މުބާރާތްތަކުގެ މާހައުލަށް ކުޅުންތެރިން ހޭނުވުން ކަމަށެވެ. އެކެޑަމީގައި ޕްރެކްޓިސް ކުރަމުންދާތާ ވަރަށް ގިނަ ދުވަސްވެފައިވާއިރު، ކުޅުންތެރިން މޯޓިވޭޓް ކުރެވޭނެ އެންމެ ރަނގަޅު ގޮތަކީ މުބާރާތެއް އިންތިޒާމް ކޮށްގެން ރޭވުމެއްގެ ތެރެއިން ކުރިއަށް ދިއުން ކަމަށް ފެންނާތީ އެ ގޮތަށް ކުރިއަށްދިޔައީ ކަމަށް އަފްނާން ވަނީ ބުނެފަ އެވެ.

"މިހާރު ވެސް މުބާރާތް ތެރޭގައި ވެސް އެ އަހަނީ ދެން އޮތީ ކޮން އިރަކުހޭ މުބާރާތް. އިރާދަކުރެއްވިއްޔާ އަހަރު ނިމުމުގެ ކުރިން އިތުރު މުބާރާތެއް ބާއްވާނަން. އިތުރަށް ވެސް ކުދިންތައް ލައިގެން އަޅުގަނޑުމެން ކުރިއަށްގެންދާނީ،" އަފްނާން ބުންޏެވެ.

އަފްނާން އިންޓަވިއު ދެނީ: ކުދިންގެ ފަރާތުން ފެނުނު ކަންތައްތަކާ މެދު ހިތްހަމަޖެހޭ ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ފުރަތަމަ މުބާރާތާ އެކު ވެސް އެކެޑަމީގައި ތިބި ކުދިންނަށަް މުބާރާތުގައި ވާދަކުރުމުގެ ތަޖުރިބާއާ ބެހޭގޮތުން ކަންތައްތަކެއް ދަސްވެގެންދާނެ ކަމަށް އަފްނާން ގަބޫލުކުރެ އެވެ. ހަމައެކަނި ޕްރެކްޓިސް ކޮށްލައިގެން ކުޅުންތެރިން ޑިވެލޮޕްކުރަން އުޅުމަކީ މީގެ ނަތީޖާ ނެރެން ބަލާއިރު އުނދަގޫވާނެ ކަމެއް ކަމަށާއި މުބާރާތުގައި ވާދަކުރުމުގައި އެ އިންނަ ބިރު ވީހާވެސް އަވަހަށް ކަނޑުވާލުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އަފްނާން ވަނީ ފާހަގަކޮށްފަ އެވެ.

"ޕްރެކްޓިސް އަށް އައިސް ލިބޭ އެއް ގަޑިއިރުގެ ޕްރެކްޓިހަށް ވުރެ މިހާރު އެ ކުދިންނަށް އެނގޭނެ މުބާރާތް ދާ ގޮތް. ދެން މެޗުތަކުގައި ހުންނަ ސީރިއަސްކަން ވެސް ދަސްވެފައި އިންނާނެ. އެއީ އަސްލު ބޭނުންވާ ކަމަކީ. މުބާރާތުގެ ބިރު ދޫކޮށްލަން ޖެހޭ،" ކުޅުމުގެ ކެރިއަރު ކުރިއަށް ގެންދަމުން ވެސް 2012 ވަނަ އަހަރުން ފެށިގެން ބެޑްމިންޓަން ކޯޗިންގެ އެކިއެކި މަސައްކަތް ކުރަމުން އަންނަ އަފްނާން ބުންޏެވެ.

"އެންމެ ބޮޑު ބޭނުމަކީ މި ކުޅުންތެރިން (އެކެޑަމީ ކުޅުންތެރިން) ނެޝަނަލްސްއާ ހިސާބަށް ގެންދިއުން. އަފްނާން އެކެޑަމީން ނެޝަނަލް ޗެމްޕިއަން ނަގާތަން ދެކެން އެންމެ ބޭނުމީ. ޕްލޭން ކުރާނަން ބޭރަށް ވެސް މުބާރާތަށް ކުދިން ގެންދަން،"

އަފްނާން ބުނީ ކުޅިވަރުގެ ތެރެއިން ރަނގަޅު ޖީލެއް ބިނާކުރުމުގެ އަމާޒުގައި އޭނާ ކުރާ ކަންތައްތަކުގައި ބެލެނިވެރިންނާއި އާއިލާގެ ސަޕޯޓް ނުލިބޭނަމަ މިކަން އެންމެ ރަނގަޅަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކުން ދޭ އެއްބާރުލުމަށް އަފްނާން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox