ވެކްސިން ނުޖަހައި 30،000، ގިނައީ ރާއްޖޭން ބޭރުގައި ތިބި މީހުން

ކޮވިޑު ވެކްސިން ޖަހާ ސެންޓަރެއް-- ފޮޓޯ: އަދަދު

ކޮވިޑު ވެކްސިން ޖަހާ ސެންޓަރެއް-- ފޮޓޯ: އަދަދު

ދިވެހިންގެ ތެރެއިން ކޮވިޑު ވެކްސިންގެ ދެ ވަނަ ޑޯޒު ފުރިހަމަ ނުކޮށް ތިބި ގިނަ މީހުންނަކީ މިވަގުތު ރާއްޖެއިން ބޭރުގައި ތިބި މީހުން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރާއްޖޭގައި ކޮވިޑުން ރައްކާތެރިވާން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށް އެންމެ ބޮޑަށް ގޯސްވީ މިދިޔަ އެޕްރީލް މަހު ވަރަށް ބޮޑަށް ލުއި ދިނުމުންނެވެ. އެތައް ބަޔަކު މި ބަލީގައި މަރުވިއިރު އޭގެތެރެއިން 80 ޕަސެންޓަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުން ކަަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

އޭރު އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެ ވެސް އޮތީ ވެކްސިންގެ ތާށިކަމުގެ ތެރޭގަ އެވެ. އެކަމަކު ސަރުކާރުން ކުރި މަސައްކަތުން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ބޭނުންވާ ވަރަށް ވެކްސިން ވަނީ ހޯދައިފަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ ތެރެއިން 18 އަހަރުން މަތީގެ 85 ޕަސެންޓު މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އަދި 12 އަހަރާއި 17 އަހަރާއި ދެމެދުގެ 84 ޕަސެންޓު ކުދިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަަމަށެވެ.

މަބްރޫކް ވިދާޅުވީ މިހާރު ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންގެ ތެރެއިން ގިނައީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުންކަމަށެވެ. އެގޮތުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ގާތްގަނޑަކަށް 30,000 މީހުން އެބަތިބިކަމަށް މަބްރޫކް ހާމަކުރެއްވި އެވެ.

"އޭގެ ތެރެއިން ގިނަ ބަޔަކީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން. އޭގެ އިތުރުން އެނދުދާންމަތިވެފައިވާ ބައެއް މީހުންނާއި އެކި ކަހަލަ ބަލި ހާލަތްތަކާ ގުޅިގެން ވެކްސިން ނުޖެހޭ މީހުން،" މަބްރޫކް ވިދާޅުވި އެވެ.

ރާއްޖޭން ބޭރުގައި ތިބި ދިވެހިންނަށް ވެކްސިން ދެވޭނެ ގޮތެއް ހޯދުމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށާއި ނަމަވެސް އެގައުމުތަކުގައި ތިއްބައި އެކަން ކުރުމުގައި އުނދަގޫތަކެއް ހުރި ކަމަށް ވިދާޅުވި އެވެ.

މިހާރު ލިބިފައިވާ ވެކްސިންގެ މުއްދަތު އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ހަމަވާއިރު، ސަރުކާރުގެ އަމާޒަކީ އޭގެ ކުރިން އެންމެން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުމެވެ. އެކަމަކު ރާއްޖެ އަށް ވެކްސިންގެ ނަސީބު ލިބިފައިވާ އިރު ވެސް އެކަމުގައި ފަރުވާކުޑަކުރަމުން ދިއުމަކީ ސިއްހީ ދާއިރާގެ ކަންބޮޑުވުމެކެވެ.

އާބާދީގެ ބޮޑު ބައެއް ވެކްސިން ޖަހާފައިވާ ނަމަ ދޭނެ ލުއިތައް ވެސް ދާދި ފަހުން ވަނީ އިއުލާންކޮށްފަ އެވެ. އުމުރުން 12 އަހަރުން މަތީގެ އެންމެން ހިމެނޭ ގޮތުން އެ ރަށެއްގެ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކޮށްފި ނަމަ ޕީސީއާރު ނެތި ދަތުރުކުރެވޭނެ އެވެ.

އެކަމަކު ވެކްސިން ނުޖަހާ ނަމަ 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމުގެ އިތުރަށް ރިލީޒް ސާމްޕަލަށް އަންނަ މަހުން ފެށިގެން ފައިސާ ދައްކަން ޖެހޭނީ އަމިއްލަ ހަރަދުގަ އެވެ. ސަރުކާރު މުވައްޒަފުން ވެކްސިން ނުޖަހާ ނަމަ ކޮންމެ ދެ ހަފުތާއަކުން ޕީސީއާރު ޓެސްޓް ހުށަހަޅަން ޖެހެ އެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، އިއްޔެއާ ހަމައަށް ރާއްޖޭގައި 383،620 މީހުން ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، އޭގެ ތެރެއިން 302،182 މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox