ކަނޑާލަން ނިންމި ފަރުހާދާއެކު ސީޕީ އާއި ހޯމް މިނިސްޓަރު ރަސްމީ ދަތުރެއްގައި

މިދިޔަ ޑިސެމްބަރު މަހު ބޭއްވި ރަސްމިއްޔާތެއްގައި ފަރުހަދު ބައިވެރިވެވަޑައިގަންނަވަނީ: ޕޮލިސް ބޯޑުގެ ނިންމުން ސީޕީ ހަމީދު މިހާތަނަށް ތަންފީޒު ކުރައްވާފައެއް ނުވޭ -- ފޮޓޯ: ރައީސް އޮފީސް

މިދިޔަ ޑިސެމްބަރު މަހު ބޭއްވި ރަސްމިއްޔާތެއްގައި ފަރުހަދު ބައިވެރިވެވަޑައިގަންނަވަނީ: ޕޮލިސް ބޯޑުގެ ނިންމުން ސީޕީ ހަމީދު މިހާތަނަށް ތަންފީޒު ކުރައްވާފައެއް ނުވޭ -- ފޮޓޯ: ރައީސް އޮފީސް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި، ފުލުހުންގެ ވަޒީފާއިން ވަކި ކުރަން ޕޮލިސް ބޯޑުން ނިންމާފައިވާ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ ބައިވެރިވެވަޑައިގެންފި އެވެ.

ފަރުހާދަކީ ކޮރަޕްޝަނާއި ލާއިންސާނީ އަނިޔާ ފަދަ ޖަރީމާތަކުގެ ތުހުމަތު ކުރެވޭ އޮފިސަރުންގެ މައްސަލަ ޕޮލިސް ބޯޑުން ބަލައި، ވަކި ކުރަން ނިންމި ހަތް ފުލުހުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޯގަސްޓް 9، ގައި ޕޮލިސް ބޯޑުން ނިންމި އެ ނިންމުން ސީޕީ ހަމީދު މިހާތަނަށް ތަންފީޒު ކުރައްވާފައެއް ނުވެ އެވެ.

އެހެން އެކަން އޮއްވާ މިދިޔަ ހޯމަ ދުވަހު އިމްރާން އާއި ހަމީދު، ފުލުހުންގެ އިސް ބަޔަކާއެކު ނ. އަތޮޅަށް ކުރައްވާ ދަތުރުތަކުގައި ފަރުހާދަ އަންނަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެގޮތުން އެ އަތޮޅު ހޮޅުދޫ، ވެލިދޫ އަދި މަނަދޫއަށް ވެސް ފަރުހާދު ވަޑައިގެންނެވި އެވެ. އަދި މާފަރު ޕޮލިސް ސްޓޭޝަން ހުޅުވި ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގަތެވެ.

ފަރުހާދުގެ އިތުރުން ވަކި ކުރަން ނިންމި އޮފިސަރުންނަކީ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު އާއި އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދު (ޓޫފޯ) އާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝުހާދު އާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު އަދި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ޝަމީމެވެ.

ހަތް އޮފިސަރުން ވަކި ކުރަން ނިންމި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން ވެސް އަންނަނީ ބަލަމުންނެވެ. އަދި މައުލޫމާތު އެނގޭ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ އެ މައްސަލައިގައި ޕޮލިސް ބޯޑުން ނިންމުމާ ހަމައަށް ވާސިލްވި ގޮތް ދަނެގަތުމަށްޓަކައި މައްސަލައާ ގުޅޭ ލިޔުންތައް މަޖިލިހަށް އިއްޔެ ގެންގޮސްފައިވާ ކަމަށެވެ.

ޕޮލިސް ބޯޑުގެ ނިންމުން ތަންފީޒު ކުރުން ކޮމިޝަނަރު ހަމީދުއާ ފުލުހުންގެ ހިދުމަތުގެ ގާނޫނުން މަތިކޮށްފައިވާއިރު އެ ނިންމުން ތަންފީޒު ކުރުން ލަސްވުމާ ގުޅޭ ގޮތުން މި ނޫހުން ކުރިން ސުވާލު ކުރުމުން ފުލުހުން ބުނެފައި ވަނީ އެ ނިންމުން ތަންފީޒު ކުރުމަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

"އެ ރިޕޯޓާ ގުޅޭ ގޮތުން ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ ކަންކަން ދަނީ ބަލަމުން. މީގެ އިތުރުން ޕޮލިސް ބޯޑުން އިތުރު ކަންކަން ސާފު ކުރެއްވުމަށްޓަކައި ކޮމިޝަނާ އޮފް ޕޮލިސް ވަނީ އޯގަސްޓް 26 ވަނަ ދުވަހު ޕޮލިސް ބޯޑުގެ މެމްބަރުންނާ ބައްދަލު ކުރައްވާ މައުލޫމާތު ސާފު ކުރައްވައިފައި،" އޭނާ ބުންޏެވެ.

ފުލުހުންގެ ގާނޫނުގެ އިންތިގާލީ މާއްދާއެއްގެ ގޮތުން ހިމަނާފައިވާ އެ މާއްދާގެ އެހެން ނުކުތާއެއްގައި ބުނެފައި ވަނީ "މި މާއްދާގެ ދަށުން ޕޮލިސް ބޯޑުން ނިންމާ ނިންމުން ތަންފީޒު ކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް އަށް ޕޮލިސް ބޯޑުން ފޮނުވަންވާނެ" ކަމަށެވެ.

ފުލުހުންގެ ހިދުމަތުގެ އިންތިގާލީ މާއްދާގައި ބުނެފައިވާ ގޮތުން ފުލުހުންގެ ބޯޑަށް އެ މީހެއްގެ މައްސަލަ ބެލޭނީ "ފުލުހަކަށް ވީތީ އެމީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ނުވަތަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓު ކުރެވިފައިވާ" ނަމަ އެވެ.

އެހެންކަމުން ވަކި ކުރަން ނިންމި އޮފިސަރުންނާމެދު އެފަދަ ޝަކުވާއެއް އޮންނަންޖެހެ އެވެ. އަދި ވަކި ކުރާއިރު 11 ކަމަކަށް ބަލަންޖެހޭއިރު "ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ނުވަތަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓު ކުރެވިފައިވާނަމަ އެ މައްސަލައެއް" ބަލަންޖެހެ އެވެ.

އޭގެ އިތުރުން، ފާއިތުވެދިޔަ އެއް އަހަރުގެ އާމްދަނީ އާއި އަރަންޏާއި ދަރަނި އެނގޭނެ މާލީ ބަޔާން ވެސް ޕޮލިސް ބޯޑުން ބަލަންޖެހޭނެ ކަމަށް އިންތިގާލީ މާއްދާގައި ބުނެފައިވެ އެވެ. އަދި އެ ފުލުހެއްގެ ނުވަތަ އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ ދަރިންގެ މާލީ ބަޔާނުން މައްސަލައެއް ފާހަގެފައިވާ ނަމަ އެކަން ވެސް ބޯޑުން ބަލަންޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox