އެމެރިކާގެ އެންމެ ފަހުގެ ފައުޖު ދިޔުމުން ތާލިބާނުން އުފާކުރަނީ

ރޭ ދަންވަރު ކާބުލްގައި ހަވާ އަރުވާފައި.-- ފޮޓޯ: އޭއެފްޕީ

ރޭ ދަންވަރު ކާބުލްގައި ހަވާ އަރުވާފައި.-- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (އޯގަސްޓު 31) - ވިހި އަހަރަށް ފަހު އެމެރިކާ ސިފައިން އަފްގާނިސްތާނުގެ ފަސްގަނޑު ދޫކޮށް ދިޔުމުން ތާލިބާނުން އުފާ ފާޅުކުރަމުން އެބަ ދެ އެވެ.

މީހުން ފުރުވާލުމުގެ އޮޕަރޭޝަނުގައި ކާބުލް އެއާޕޯޓުގައި ތިބި އެމެރިކާގެ އެންމެ ފަހު ހަ ހާސް ސިފައިން ފުރާފައި ވަނީ ރޭ ދަންވަރު އެވެ. އެމެރިކާ އިން ކަނޑައެޅި ސުންގަޑިއަކީ އޯގަސްޓު 31 އެވެ.

އެމެރިކާ ސިފައިން ފުރުމާއެކު ތާލިބާން ހަނގުރާމަވެރިން ވަނީ އެއާޕޯޓުގެ ތެރެއަށް ވަދެ، އުފާ ފާޅުކުރުމުގެ ގޮތުން ވައިގެ ތެރެއަށް ބަޑި ޖަހާފަ އެވެ.

"އަފްގާނިސްތާނަށް މަރުހަބާ... މި ނަސްރު ހައްގު ވަނީ އެންމެންނަށް،" ތާލިބާނުންގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު އެއާޕޯޓުގެ ރަންވޭގައި ހުރެ ނޫސްވެރިންނަށް ބުންޏެވެ.

އޭނާ ބުނީ ތާލިބާނުންނަށް ކުރި ލިބުމަކީ "ގައުމުތަކަށް އަރައިގަންނަ ފަރާތްތަކެއް އިބުރަތެއް" ކަމަށެވެ.

ތާލިބާނުން ބުނެފައި ވަނީ މި ފަހަރު ވެރިކަން ކުރާނީ އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކަށް އިހްތިރާމުކޮށްގެން ކަމަށާއި އެމެރިކާ އާއި އެހެން ގައުމުތަކާ އެކު ރަނގަޅު ގުޅުމެއް ބޭއްވޭތޯ ބަލާނެ ކަމަށެވެ.

"ހުރިހާ ގައުމުތަކާ އެކު ވެސް ރަނގަޅު ޑިޕްލޮމެޓިކް ގުޅުމެއް ބާއްވަން އަޅުގަނޑު މަރުހަބާ ކިޔަން،" މުޖާހިދު ބުންޏެވެ.

ތާލިބާނުން 1996 އިން 2001 އަށް ވެރިކަން ކުރިއިރު އަމަލު ކުރި ގޮތްތަކާ މެދު އަފްގާނިސްތާނުގެ ގިނަ ބަޔަކު ކަންބޮޑުވެ އެވެ. އެހެންވެ، ބޭރުގެ ފްލައިޓުތަކުގައި 123،000 އަށް ވުރެ ގިނަ މީހުން ވަނީ ގައުމުން ފުރާފަ އެވެ.

އެމެރިކާ އިން ކަނޑައެޅި ސުންގަޑި ހަމަވުމުގެ ކުރިން ސިފައިން ގައުމަށް ގެންގޮސްފައި ވާއިރު، އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ނުރައްކާ އޮތްތާ ދުވަސްތަކެއް ވެއްޖެ އެވެ.

އަފްގާނިސްތާނުގައި ހޭދަކުރި 20 އަހަރުގެ ތެރޭގައި އެމެރިކާ ސިފައިންގެ 2،400 މީހުން މަރުވިއިރު، މިދިޔަ ބުރާސްފަތި ދުވަހު އައިއެސް އިން އެއާޕޯޓު ބޭރުގައި ދިން ހަމަލާގައި 13 ސިފައިން މަރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox