އަންނަ ރޯދައިގެ ކުރިން ސަލްމާން މިސްކިތް ހުޅުވަނީ

ކިންގް ސަލްމާން މިސްކިތް: ކުރީގެ ސަރުކާރުގައި ފެށި މިސްކިތް ނުހުޅުވި ލަސްވެފައިވާތީ ވަނީ ފާޑުކިއުން ވެސް އަމާޒުވެފައި. -- ފޮޓޯ: އަދަދު

ކިންގް ސަލްމާން މިސްކިތް: ކުރީގެ ސަރުކާރުގައި ފެށި މިސްކިތް ނުހުޅުވި ލަސްވެފައިވާތީ ވަނީ ފާޑުކިއުން ވެސް އަމާޒުވެފައި. -- ފޮޓޯ: އަދަދު

ކިންގް ސަލްމާން މިސްކިތް އަންނަ އަހަރު ރޯދަ މަސް އައުމުގެ ކުރިން ހުޅުވާނެ ކަމުގެ ޔަގީންކަން ސައުދީ ވަފުދުން ދެއްވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ކުރީގެ ސަރުކާރުގައި ފެށި މިސްކިތް ނުހުޅުވި ލަސްވެފައިވާތީ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. މި އަހަރު ރޯދައަށް ވަގުތީ ގޮތުން މިސްކިތް ހުޅުވާލަން ނިންމި ނަމަވެސް ކޮވިޑްގެ ހާލަތު މާލޭގައި ގޯސްވެފައިވާތީ ހުޅުވާފައެއް ނުވެ އެވެ.

މިސްކިތް ހުޅުވާނެ ތާރީހެއް ކަނޑައެޅުމަށް ސައުދީގެ ވަފުދު ރާއްޖެ އައީ މިދިޔަ އާދިއްތަ ދުވަހު އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު "އަދަދު" އަަށް ވިދާޅުވީ މިސްކިތް ހުޅުވާނެ ތާރީހެއް ކަނޑައެޅުމާށް އިއްޔެ މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ. ސަރުކާރުން ވީހާވެސް އަވަހަކަށް ހުޅުވަން ބޭނުންވާތީ މިހާރު ދީފައިވާ މުއްދަތައްވުރެ އަވަސް ކުރުމަށް މަޝްވަރާތައް ކުރެވެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ މަޝްވަރާގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީގެ އިތުރުން ފޮރިން މިނިސްޓްރީއާއި ޕްލޭނިން މިނިސްޓްރީން ވެސް ބައިވެރި ވެފައިވެ އެވެ.

"ސަރުކާރުން ބޭނުން ވަނީ ވީހާވެސް އަވަހަކަށް ހުޅުވަން. ބައެއް ކަންކަން އަދި ކުރަން ހުރީމަ، އެންމެ ލަސްވެގެން ރޯދައިގެ ކުރިން ހުޅުވާނެ ކަމުގެ ޔަގީންކަން އެ ބޭފުޅުން ވަނީ ދެއްވާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގައި ވަނީ އެ ތަނަށް ބޭނުންވާ ސާމާނުތައް ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމާ ގުޅޭގޮތުންވެސް މަޝަވަރާ ކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މ

މިސްކިތަށް މިވަގުތައް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާއިރު އޭގެ ތެރޭގައި ހިމެނެނީ އެތަން ފޮޅާ ސާފު ކުރާނެ މަސައްކަތު މީހުންނާއި ތަން ބަލަހައްޓަނެ މީހުންނެވެ.

ކިންގް ސަލްމާން މިސްކިތަކީ ސައޫދީ ރަސްގެފާނުގެ އެހީގައި އިމާރާތްކޮށްފައިވާ މިސްކިތެކެވެ.

އެ މިސްކިތުގެ މަސައްކަތް ކުރަން ހަވާލުކުރީ ތުރުކީގެ ޓާމެކްސް ކުންފުންޏާ އެވެ. އެ ކުންފުންޏާ އެކު ކުރީ ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 28، 2017ގަ އެވެ.

އެ މިސްކިތުގައި އަރާފޭބުމަށް ލިފުޓު ހަރުކޮށްފައިވާއިރު އެއްފަހަރާ 10،000 މީހުންނަށް ނަމާދުކުރެވޭނެ އެވެ. ލައިބްރަރީއަކާއި ކްލާސްރޫމްތަކުގެ އިތުރުން ސެމިނާ ރޫމްތައް ވެސް މި މިސްކިތުގައި ހުންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox