ބޯޑުގެ ނިންމުމަށް 21 ދުވަސްވީއިރު ވެސް ވަކި ކުރަން ނިންމި އޮފިސަރުން މަގާމުގައި

ޕޮލިސް ކޮމިޝަނަރު ހަމީދު އަތުކުރީ ގަޑިއަކުން ވަގުތު ބައްލަވަނީ: ބޯޑުގެ ނިންމުމަށް 21 ދުވަސްވީއިރު ވެސް ވަކި ކުރަން ނިންމި ހަތް އޮފިސަރުން ތިއްބެވީ މަގާމުގައި -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ޕޮލިސް ކޮމިޝަނަރު ހަމީދު އަތުކުރީ ގަޑިއަކުން ވަގުތު ބައްލަވަނީ: ބޯޑުގެ ނިންމުމަށް 21 ދުވަސްވީއިރު ވެސް ވަކި ކުރަން ނިންމި ހަތް އޮފިސަރުން ތިއްބެވީ މަގާމުގައި -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ފުލުހުންގެ މަތީ މަގާމުތަކުގައި ތިބި ހަތް އޮފިސަރަކު ވަކި ކުރުމަށް ޕޮލިސް ބޯޑުން ނިންމިތާ 21 ދުވަސް ފާއިތުވެފައިވާއިރު ވެސް ބޯޑުގެ ނިންމުން ކޮމިޝަނާ އޮފް ޕޮލިސް ތަންފީޒު ނުކުރައްވާ ކަމަށް އެ އިދާރާއިން މިއަދު ބުނެފި އެވެ.

އެ ހަތް އޮފިސަރުންގެ މައްސަލަ ޕޮލިސް ބޯޑުން ތަހުގީގު ކުރީ ކޮރަޕްޝަނާއި ލާއިންސާނީ އަނިޔާ ފަދަ ޖަރީމާތަކުގެ ތުހުމަތު ކުރެވޭ މީހުންގެ މައްސަލަ ބަލައި ޕޮލިސް ބޯޑުން އެމީހުންނާމެދު ގޮތެއް ކަނޑައަޅަންޖެހޭނެ ކަމަށް އަލަށް އަމަލު ކުރަން ފެށި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބުނެފައި އޮތުމުންނެވެ.

ޕޮލިސް ބޯޑުން ވަކި ކުރަން ނިންމި އޮފިސަރުންނަކީ އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު އާއި އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދު (ޓޫފޯ) އާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝުހާދު އާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު އަދި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމެވެ.

ޕޮލިސް ބޯޑުގެ ނިންމުން ތަންފީޒު ކުރުމާ ގުޅޭ ގޮތުން "އަދަދު" އިން ސުވާލު ކުރުމުން ފުލުހުންގެ މީޑިޔާ އޮފިޝަލަކު ބުނީ "ޕޮލިސް ބޯޑުގެ ރިޕޯޓާ ގުޅޭ ގޮތުން ސީޕީ އަދި ވަކި ގޮތެއް ނުނިންމަވާ" ކަމަށެވެ. އަދި ބައެއް ކަންކަން ސާފު ކުރެއްވުމަށް ކޮމިޝަނާ ހަމީދު ބޯޑާ ބައްދަލު ކުރައްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ރިޕޯޓާ ގުޅޭ ގޮތުން ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ ކަންކަން ދަނީ ބަލަމުން. މީގެ އިތުރުން ޕޮލިސް ބޯޑުން އިތުރު ކަންކަން ސާފު ކުރެއްވުމަށްޓަކައި ކޮމިޝަނާ އޮފް ޕޮލިސް ވަނީ އޯގަސްޓް 26 ވަނަ ދުވަހު ޕޮލިސް ބޯޑުގެ މެމްބަރުންނާ ބައްދަލު ކުރައްވާ މައުލޫމާތު ސާފު ކުރައްވައިފައި،" އޭނާ ބުންޏެވެ.

ޕޮލިސް ބޯޑުން ހަތް އޮފިސަރުން ވަކި ކުރަން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުން ވެސް ބަލަމުންދާތީ އެ އިދާރާއަށް ފުލުހުންގެ ފަރާތުން ދޭންޖެހޭ މައުލޫމާތު ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް ވާހަކަ ދެއްކި އޮފިޝަލު ބުންޏެވެ.

ފުލުހުންގެ ގާނޫނުގެ އިންތިގާލީ މާއްދާއެއްގެ ގޮތުން ހިމަނާފައިވާ އެ މާއްދާގެ އެހެން ނުކުތާއެއްގައި ބުނެފައި ވަނީ "މި މާއްދާގެ ދަށުން ޕޮލިސް ބޯޑުން ނިންމާ ނިންމުން ތަންފީޒު ކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް އަށް ޕޮލިސް ބޯޑުން ފޮނުވަންވާނެ" ކަމަށެވެ.

ފުލުހުންގެ ހިދުމަތުގެ އިންތިގާލީ މާއްދާގައި ބުނެފައިވާ ގޮތުން ފުލުހުންގެ ބޯޑަށް އެ މީހެއްގެ މައްސަލަ ބެލޭނީ "ފުލުހަކަށް ވީތީ އެމީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ނުވަތަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓު ކުރެވިފައިވާ" ނަމަ އެވެ.

އެހެންކަމުން ވަކި ކުރަން ނިންމި އޮފިސަރުންނާމެދު އެފަދަ ޝަކުވާއެއް އޮންނަންޖެހެ އެވެ. އަދި ވަކި ކުރާއިރު 11 ކަމަކަށް ބަލަންޖެހޭއިރު "ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ނުވަތަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓު ކުރެވިފައިވާނަމަ އެ މައްސަލައެއް" ބަލަންޖެހެ އެވެ.

އޭގެ އިތުރުން، ފާއިތުވެދިޔަ އެއް އަހަރުގެ އާމްދަނީ އާއި އަރަންޏާއި ދަރަނި އެނގޭނެ މާލީ ބަޔާން ވެސް ޕޮލިސް ބޯޑުން ބަލަންޖެހޭނެ ކަމަށް އިންތިގާލީ މާއްދާގައި ބުނެފައިވެ އެވެ. އަދި އެ ފުލުހެއްގެ ނުވަތަ އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ ދަރިންގެ މާލީ ބަޔާނުން މައްސަލައެއް ފާހަގެފައިވާ ނަމަ އެކަން ވެސް ބޯޑުން ބަލަންޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox