މަޑުއްވަރީގެ ޓެރަރިޒަމް މައްސަލަ: މުހިންމު ހެކިތަކެއް ސިއްރުކުރާތީ ޝަކުވާ

މަޑުއްވަރީ މައްސަލާގައި ދައުވާ ލިބޭ ބައެއް މީހުން --

މަޑުއްވަރީ މައްސަލާގައި ދައުވާ ލިބޭ ބައެއް މީހުން --

ރ. މަޑުއްވަރީގައި ޓެރަރިޒަމާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ބައެއް މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅޭ ލިޔުންތަކެއް ސިއްރުކުރަން ދައުލަތުން އެދޭތީ، ދިފާއުގައި ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މަޑުއްވަރީގައި ހައްދުފަހަނައެޅުމުގެ ފިކުރު އިންތިހާއަށް ބޮޑުވެ، މުޖުތަމައުއަށް ނުރައްކާވާ ހާލަތަށް ދިޔުމާއެކު، ފުލުހުން ހިންގި އޮޕަރޭޝަނުގައި އެ ރަށުން ގިނަ ބަޔަކު ހައްޔަރުކުރި އެވެ. އޭގެ ބައެއް މީހުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކުރެވެ އެވެ.

އެގޮތުން، 18 އަހަރު ނުވާ ކުދިންނާ ކައިވެނިކުރުމާއި، ދަރިން ސްކޫލަށް ނުފޮނުވުމާއި ވެކްސިން ނުޖަހާ ގެންގުޅޭ ކަމުގެ ތުހުމަތު ވެސް އެމީހުންގެ މައްޗަށް ކުރެ އެވެ.

Advertisement

އޭގެތެރެއިން ބައެއް މީހުންގެ މައްޗަށް ދައުވާކޮށްފައިވާއިރު، މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ފަސް މީހެއްގެ ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންގޮސްފަ އެވެ. އެއީ، ރ. މަޑުއްވަރީ، މީރާ، ހަސަން ރާޒީ އާއި މީޒާން، ހަސަން ސިޔާދާއި ހަމަ އެ ގޭ އާދަމް ސުހައިލް އާއި ގުލްއަލާގެ އިބްރާހިމް ޖިހާދު އަދި ނ. މަނަދޫ ގަހާ، އިބްރާހިމް ޝިބްނީ އެވެ.

ޖިހާދާއި ރާޒީ އާއި ސިޔާދާއި ސުހައިލް އަދި ޝިބްނީގެ މައްޗަށް އުފުލާފައިވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާ އެވެ. ޖިހާދު، ރާޒީ އަދި ސުހައިލްގެ މައްޗަށް ޓެރަރިސްޓް ޖަމައާތަކަށް ތާއިދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ދައުވާ ވެސް ކުރެ އެވެ.

ރާޒީގެ މައްޗަށް އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ ވެސް އުފުލާފައިވެ އެވެ.

ދައުލަތުން މި މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާގައިވާ ގޮތުން މި މީހުންނަކީ ރާއްޖޭގެ ޓޫރިޒަމާ ދެކޮޅު ހަދައި ރިސޯޓްތައް ގޮއްވާލަން ގޮވާލައި، އެތަނުގެ މުދާތަކަކީ ޣަނީމާ މުދާ ކަމަށް ބަލައި، ޓޫރިސްޓުން މަރަން ވެސް ގޮވައި، އައިއެސް ޖަމާއަތަށް ތާއިދު ކުރާ ބައެއް ކަމެވެ.

އެގޮތުން، އެމީހުންގެ ފޯނުން އެފަދަ ފޮޓޯތައް ފެނިފައިވާ ކަމަށް ދައުވާގައިވެ އެވެ. އަދި، ދަރިންނަށް އަނިޔާވެރި މަންޒަރުތައް ފެންނަ ވީޑިއޯތައް ދެއްކި ކަމަށް ވެސްވެ އެވެ. އެގޮތުން، މައްސަލާގެ ތަހުގީގަށް ހަސަން ސިޔާދުގެ ދަރިފުޅުގެ ބަޔާން ވެސް ނަގާފައިވެ އެވެ. އެ ބަޔާނާ ހަވާލާދީ، ދައުލަތުން ބުނަނީ، އެ ކުއްޖާއަށް އަނިޔާވެރި މަންޒަރުތައް ދައްކައި، އެކަމަށް ހިތްވަރުދީފައިވާ ކަމަށެވެ.

މިއަދުގެ އޮތް އަޑުއެހުމަކީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅައި، ހުށަހެޅުންތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ބޭއްވި އަޑުއެހުމެކެވެ. އަޑުއެހުމުގައި ދައުލަތުގެ ވަކީލް އިބްރާހިމް ޒިހުނީ ވަނީ މައްސަލާގައި ހިމެނޭ ބައެެއް ހެކިން ސިއްރު ކުރުމުގެ ހެކި ރައްކާތެރިކުރުމުގެ އަމުރެއް ނެރެދިނުމަށް އެދިފަ އެވެ. އެއީ، އެ ހެކިތައް ހާމަވެއްޖެ ނަމަ، އެމީހުންނަށް ގެއްލުމެއް ވެދާނެ ކަމުގެ ބިރު އޮތުމާއި އެމީހުންނަށް ނުފޫޒު ފޯރުވަދާނެ ކަމުގެ އިހުތިމާލު އޮތުމުން ކަމަށް ޒިހުނީ ވިދާޅުވި އެވެ.

ނަމަވެސް، ދިފާއުގައި ރާޒީ، ޝިބްނީ އަދި ސިޔާދުގެ ވަކީލުން ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. އެގޮތުން، އެ ވަކީލުން ވިދާޅުވި ގޮތުގައި، އެ ހެކިތައް ސިއްރުކޮށްގެން އެކަށީގެންވާ ގޮތުގައި ޖަވާބުދާރީއެއް ނުވެވޭނެ އެވެ. އެއީ، ދައުލަތުން ސިއްރު ކުރަން އެދޭ ހެކިތަކުގެ ތެރޭ ފޯނުން ފެނުނު ކަމަށް ބުނާ ފޮޓޯތައް ވެސް ހިމެނޭތީ އެވެ. އަދި ދައުވާ ވެސް ސާފު ނުވާތީ އެވެ.

ކުށްކުރި ވަގުތާއި ގޮތާއި ތަން ވެސް ދައުވާ އެނގެން ނެތް ކަމަށް ވިދާޅުވެ، ވަކީލުން ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. ނަމަވެސް، ދައުލަތުގެ ވަކީލް ވިދާޅުވީ މައްސަލާގައި ސިއްރު ހެކިތަކެއް ހިމެނޭތީ، ދައުވާ ލިޔެފައިވަނީ އެންމެ ތަފްސީލްކުރެވޭނެ މިންވަރަށް ކަމަށެވެ. އޭގެއިތުރުން ދިފާއުގައި ވަކީލުން ވަނީ މައްސަލާގައި ހިމެނޭ ބައެއް ހެކިތައް ބަލައިނުގަތުމަށް ވެސް އެދިފަ އެވެ.

މި ތިން މީހުންގެ ފަރާތުން ހެކިން ސިއްރު ކުރުމާ ގުޅޭ ގޮތުން ރައްދު ދިން ނަމަވެސް، ސުހައިލްގެ ފަރާތުން އެކަމަށް ރައްދު ދީފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ސުހައިލްގެ ވަކީލް ހުށަހެޅުއްވީ ބައެއް ހެކިތައް ގާނޫނާ ހިލާފު ކަމެވެ. އެގޮތުން ރިޕޯޓެއްގެ ޗެއިން އޮފް ކަސްޓަޑީގެ މައްސަލަ ފާހަގަ ކުރެއްވި އެވެ.

ދައުވާ ލިބޭ އިބްރާހިމް ޖިހާދުގެ ވަކީލަށް ޝަރީއަތުގެ އަޑު ނުލިބި، އޭނާގެ އަޑު ކެނޑިކެނޑިގެން އަންނާތީ، މިއަދުގެ ޖިހާދުގެ ބައި ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.

މައްސަލާގައި ދެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކާ ގުޅޭ ގޮތުން ގޮތެއް ކަނޑައެޅުމަށް އަންނަ މަހުގެ 12 ވަނަ ދުވަހަށް ވަނީ އަޑުއެހުމެއް ތާވަލުކޮށްފަ އެވެ. އަދި، އެ އަޑުއެހުމަށްފަހު ޝަރީއަތުގެ މަރުހަލާ ފެށުމަށް ނޫނީ، މި މައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލައަކާމެދު ގޮތެއް ނިންމަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox