ވެކްސިން ނުޖަހާ މީހުން ދަތުރުކުރަން ފުރުސަތު ނުދޭން އަންގައިފި

ވެކްސިން ނުޖަހާ މީހުން ދަތުރުކުރަން ފުރުސަތު ނުދޭން އަންގައިފި

ކޮވިޑުން ދިފާއުވުމުގެ ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަކޮށްފައި ނުވާ މީހުންނަށް އަންނަ މަހުގެ އެކަކުން ފެށިގެން އެއްގަމާއި ކަނޑު ދަތުރުތަކުގައި ވެސް ޖާގަ ނުދޭން ނުދޭން ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފި އެވެ.

ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކަށް ޓްރާންސްޕޯޓުން މިގޮތަށް އެންގީ، ވެކްސިން ނުޖަހާ ނަމަ ބައެއް ހިދުމަތްތައް ނުދޭން ސަރުކާރުން ނިންމާފައިވާ ނިންމުން އަންނަ ބުދަދުވަހު ތަންފީޒުކުރަން ފެށުމަށެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާއްމުކުރި އުސޫލްގައިވާ ގޮތުން، ވެކްސިން ނުޖަހާ މީހުންނަށް ހިދުމަތްތަކުގައި ދަތިތަކެއް ކުރިމަތިވާނެ އެވެ.

މިއީ، ދެ ޑޯޒު ވެކްސިން ފުރިހަމަކުރަން ބާރު އެޅުމުގެ ގޮތުން ސަރުކާރުން ނިންމާފައިވާ ނިންމުމެކެވެ.

ވެކްސިން ނުޖަހާ މީހުންނަށް އަންނަ މަހުގެ އެކަކުން ފެށިގެން ކެފޭތަކާއި ހޮޓާ އަދި ރެސްޓޯރަންޓުތަކުގައި ތިބެ ވެސް ހިދުމަތް ނުހޯދޭނެ އެވެ. ހަމައެގޮތަށް ޖިމްތަކާއި ސެލޫންތަކާއި ސިނަމާތަކަށް ވެސް ނުވަދެވޭނެ އެވެ.

ޓްރާންސްޕޯޓުގެ އިއުލާންގައި ބުނެފައި ވަނީ އެއްގަމާއި ކަނޑުދަތުރު ކުރުމުގެ ހިދުމަތް ފޯރުކޮށްދޭ މީހުންނާއި ޑޮމެސްޓިކް ވައިގެ ދަތުރު ކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ވެކްސިން ޖެހުމާ ގުޅޭ ގޮތުން އެޗްޕީއޭ އިން ނެރެފައިވާ ގައިޑްލައިނަށް އަމަލުކުރަން ޖެހޭ ކަމަށެވެ. އަދި ޓެކްސީ ދަތުރުތަކުގައި ވެސް އެ އުސޫލަށް އަމަލުކުރަން ސަމާލުކަން ދޭން އަންގާފައިވެ އެވެ.

ވެކްސިން ނުޖަހާ މީހުންނަށް ދަތުރުތަކުން ފުރުސަތު ނުދޭން އެ އިއުލާނުގައި އަންގާފައިވެ އެވެ.

ކޮވިޑުގެ ވެކްސިން ފުރިހަމަކޮށްފައިވާ މީހެއްތޯ، ހިދުމަތްދޭ ފަރާތްތަކުން ބަލަން ނިންމާފައި ވަނީ ކިއުއާރު ކޯޑެއް މެދުވެރިކޮށެވެ.

ރާއްޖޭގައި ކޮވިޑުން ރައްކާތެރިވާން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށް އެންމެ ބޮޑަށް ގޯސްވީ މިދިޔަ އެޕްރީލް މަހު ވަރަށް ބޮޑަށް ލުއި ދިނުމުންނެވެ. އެތައް ބަޔަކު މި ބަލީގައި މަރުވިއިރު އޭގެތެރެއިން 80 ޕަސެންޓަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުން ކަަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

އޭރު އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެ ވެސް އޮތީ ވެކްސިންގެ ތާށިކަމުގެ ތެރޭގަ އެވެ. އެކަމަކު ސަރުކާރުން ކުރި މަސައްކަތުން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ބޭނުންވާ ވަރަށް ވެކްސިން ވަނީ ހޯދައިފަ އެވެ.

އެ ވެކްސިންގެ މުއްދަތު އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ހަމަވާނެ އެވެ. ސަރުކާރުގެ އަމާޒަކީ އޭގެ ކުރިން އެންމެން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުމެވެ. އެކަމަކު ރާއްޖެ އަށް ވެކްސިންގެ ނަސީބު ލިބިފައިވާ އިރު ވެސް އެކަމުގައި ފަރުވާކުޑަކުރަމުން ދިއުމަކީ ސިއްހީ ދާއިރާގެ ކަންބޮޑުވުމެކެވެ.

އާބާދީގެ ބޮޑު ބައެއް ވެކްސިން ޖަހާފައިވާ ނަމަ ދޭނެ ލުއިތައް ވެސް ދާދި ފަހުން ވަނީ އިއުލާންކޮށްފަ އެވެ. އުމުރުން 12 އަހަރުން މަތީގެ އެންމެން ހިމެނޭ ގޮތުން އެ ރަށެއްގެ އާބާދީގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކޮށްފި ނަމަ ޕީސީއާރު ނެތި ދަތުރުކުރެވޭނެ އެވެ.

އެކަމަކު ވެކްސިން ނުޖަހާ ނަމަ 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމުގެ އިތުރަށް ރިލީޒް ސާމްޕަލަށް އަންނަ މަހުން ފެށިގެން ފައިސާ ދައްކަން ޖެހޭނީ އަމިއްލަ ހަރަދުގަ އެވެ. ސަރުކާރު މުވައްޒަފުން ވެކްސިން ނުޖަހާ ނަމަ ކޮންމެ ދެ ހަފުތާއަކުން ޕީސީއާރު ޓެސްޓް ހުށަހަޅަން ޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox