އެމެރިކާގެ ޑްރޯން ހަމަލާތައް އަފްގާން އައިއެސް އަށް

ކާބުލްގައި ހުންނަ އެމެރިކާ އެމްބަސީ މަތިން އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރެއް ދަތުރު ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ކާބުލްގައި ހުންނަ އެމެރިކާ އެމްބަސީ މަތިން އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރެއް ދަތުރު ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން، އެމެރިކާ (އޯގަސްޓު 28) - އަފްގާނިސްތާނުގައި އުޅޭ އިސްލާމިކް ސްޓޭޓް (އައިއެސް) ޓާގެޓުތަކަށް އަމާޒުކޮށް އެމެރިކާ އިން ޑްރޯން ހަމަލާތަކެއް ދީފި އެވެ.

އެމެރިކާ އިން އަފްގާނިސްތާނުގައި މީހުން ފުރުވާލުމުގެ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދާ މި ދަނޑިވަޅުގައި އައިއެސް އިން ވަނީ ކާބުލް އެއާޕޯޓު ބޭރުގައި ހަމަލާދީ ގިނަ ބަޔަކު މަރާލާފަ އެވެ.

އެއާއެކު އެމެރިކާ އިން ވަނީ ތާލިބާނުންނާ ގުޅިގެން ސެކިއުރިޓީ ވަރުގަދަ ކުރުމުގެ މަސައްކަތް ފަށާފަ އެވެ. ބުރާސްފަތި ދުވަހުގެ ރޭ ހަމަލާ ދިނީ އަފްގާން އައިއެސް ނުވަތަ އައިއެސް-ކޭ އިންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެމެރިކާ އިން ހޮނިހިރު ދުވަހު ޑްރޯން ހަމަލާތަކެއް ދިނީ އައިއެސް-ކޭގެ ޓާގެޓަކަށެވެ. ހަމަލާގައި ޓާގެޓު މަރާލާފައިވާ ކަމަށް އެމެރިކާ އިން ބުނެ އެވެ.

މީހުން ފުރުވާލުމުގެ އޮޕަރޭޝަން އޯގަސްޓު 31 ވަނަ ދުވަހު ނިންމަން ޖެހޭއިރު، މިހާރު ވެސް 5،000 އަށް ވުރެ ގިނަ މީހުން އެއާޕޯޓު ތެރޭގައި އެބަ ތިއްބެވެ. އެތައް ހާސް ބަޔަކު ތިބީ އެއާޕޯޓު ބޭރުގަ އެވެ.

އެއާޕޯޓު ބޭރުގައި އައިއެސް-ކޭ އިން ދިން ހަމަލާގެ ކުރިން އެމެރިކާ އިން ވަނީ ހަމަލާއެއްގެ ޖާސޫސީ މައުލޫމާތު ލިބިފައި ވާތީ އެ ހިސާބުން ދިޔުމަށް އާއްމުންނަށް އަންގާފަ އެވެ.

ނަމަވެސް ގިނަ މީހުން އެ އެންގުމަށް އަމަލުކޮށްފައެއް ނުވެ އެވެ. އެމެރިކާ އިން އަނެއްކާވެސް މިއަދު ވަނީ އެއާޕޯޓު ކައިރިން ދުރަށް ދިޔުމަށް އެދި އެލާޓެއް ނެރިފަ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ޕްރެސް ސެކެޓްރީ ޖެން ސާކީ ވިދާޅުވީ އިތުރު ހަމަލާއެއްގެ އައުމުގެ ފުރުސަތު ބޮޑު ކަމަށާއި ކުރިއަށް އޮތީ ނުރައްކާތެރި ވަގުތުތަކެއް ކަމަށެވެ.

ތާލިބާނުންގެ ތަރުޖަމާނު ބިލާލް ކަރްމީ ބުނީ ތާލިބާން ހަނގުރާމަވެރިން އެއާޕޯޓުގެ އަސްކަރީ ފަޅީގައި ސެކިއުރިޓީ ބެލުމުގައި އުޅެމުންދާ ކަމަށެވެ.

ވިހި އަހަރުގެ ދިގު ހަނގުރާމައަކަށް ފަހު މި ދަނޑިވަޅުގައި އަފްގާނިސްތާނުން ފެންނަމުން ދަނީ އައިއެސްއާ ދެކޮޅަށް އެމެރިކާ ސިފައިންނާއި ތާލިބާނުން ގުޅިގެން މަސައްކަތް ކުރާ މަންޒަރެވެ.

އެމެރިކާ އޮފިޝަލުން ބުނީ އެހެން ގައުމުތަކުގެ ރައްޔިތުންނާއި ލިޔުންތައް ހަމައަށް ހުރި އަފްގާން ރައްޔިތުން ރައްކާތެރިކަމާއެކު އެއާޕޯޓުގެ ތެރެއަށް ވަންނަން ތާލިބާނުން އެހީވަމުންދާ ކަމަށެވެ.

އޯގަސްޓު 14 ވަނަ ދުވަހު ތާލިބާނުން ވެރިކަމަށް އައުމުން މިހާތަނަށް 109،000 އަށް ވުރެ ގިނަ މީހުން ވަނީ އަފްގާނިސްތާނު ދޫކޮށް ފްލައިޓުތަކުގައި ގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox