ދަގަނޑޭ ފީފާ ސެންޗަރީ ކްލަބަށް ވަނުމުގެ އަމާޒެއް

Aug 26, 2021, 1:43 PM
ދަގަނޑޭ ފީފާ ސެންޗަރީ ކްލަބަށް ވަނުމުގެ އަމާޒެއް

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ގައުމީ ޓީމަށް 100 މެޗު ހަމަކޮށް ފީފާގެ ސެންޗަރީ ކްލަބަށް ވަނުމަކީ ދިވެހި ފުޓްބޯޅަ އަށް ލޯބިކުރާ ކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމެއް ކަމަށް ގައުމީ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

އޮކްޓޫބަރު މަހު މާލޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަކީ ގައުމީ ޓީމުގެ ތަރި ދަގަނޑޭގެ ފަހު ސާފް މުބާރާތަށް ވުމުގެ ފުރުސަތު އެބައޮތް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ މީގެ ކުރިން ޕީއެސްއެމްގެ "އެކްސްކްލޫސިވް" ޕްރޮގްރާމްގައި ވާހަަކަ ދައްކަވަމުން ވިދާޅުވެފަ އެވެ.

ދާދި ފަހުން އޭއެފްސީ ކަޕް ކުޅެން އީގަލްސް ޓީމުގައި ހިމެނުނު ދަގަނޑޭ އަށް ޕްލޭއޮފް މެޗުގައި ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގައި ބަލިވުމުގެ ސަބަބުން ނުކުޅެވެ އެވެ. އުމުރުން 35 އަހަރުގެ ދަގަނޑޭ އަށް މިދިޔަ ސީޒަނުގައި ކްލަބް ވެލެންސިއާގެ މެޗުތަކެއް ވެސް އަނިޔާގެ ސަބަބުން ގެއްލުނެވެ.

ކުރިއަށް އޮތް ސާފްގެ ކުރިން ދަގަނޑޭގެ އަނިޔާގެ ކަންކަމާ ބެހޭގޮތުން ސުވާލުކުރުމުން ސުޒޭން ބުނީ ދަގަނޑޭގެ އަނިޔާގެ ކަންކަމަކީ އަދި ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަކީ އޭނާ ސާފްގައި ކުޅޭ ފަހު މުބާރާތް ކަމަށް ދެކިގެން ޕްރެޝަރުތަކެއް ނަގަން ޖެހޭ ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.

"އަޅުގަނޑުގެ ކަނާތް ފަރާތުން މީނީ ފީފާ ސެންޗަރީ ކްލަބްގެ ކުޅުންތެރިއެއް. އަޝްފާގު އެ ހިސާބަށް ދާން ބައިވަރެއް ވަގުތު އެބައޮތް. އަޅުގަނޑުމެން ރާއްޖޭގެ ފުޓްބޯޅަ އަށް ލޯބިކުރާ ކޮންމެ މީހަކު ބޭނުންވާނެ. އިމްރާން ވެސް ވަރަށް ބޭނުންވާނެ. ސެންޗަރީ ކްލަބަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ (އަޝްފާގު) ހުންނަން،" ގައުމީ ޓީމުގެ ގޯލްކީޕަރު ކޯޗަކަށް މި ވަގުތު ހުރި އިމްރާން މުހައްމަދަށް އިޝާރާތްކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސުޒޭން ބުންޏެވެ.

އިމްރާން ވަނީ 17 އަހަރު ވަންދެން ރާއްޖޭގެ ގޯލު ބަލަހައްޓައި، ގައުމީ ޓީމަށް 109 މެޗު ކުޅެދީގެން ފީފާ ސެންޗަރީ ކްލަބްގައި ހިމެނިފަ އެވެ. އޭނާ އަކީ އެ ޝަރަފް އޮތް ހަމައެކަނި ދިވެހި ކުޅުންތެރިޔާ އެެވެ. ދަގަނޑޭ ވަނީ ގައުމީ ޓީމަށް 85 މެޗުން 55 ގޯލު ޖަހައިދީފަ އެވެ. ފީފާ ސެންޗަރީ ކްލަބަށް ވަންނަން އަދި 15 މެޗު ދަގަނޑޭ ކުޅެން ޖެހެ އެވެ.

"އަޝްފާގަށް 12 ވަރަކަށް މެޗު ކުޅެގެން (ފީފާ) ސެންޗަރީ ކްލަބަށް ވަދެވޭނެ. އޭގެ ތެރެއިން އެ މަރުހަލާގެ ތެރެއިން އަންނަ އެއްޗެއް ސާފް ޗެމްޕިއަންޝިޕަކީ ވެސް. އަޝްފާގަށް އެއްވެސް ޕްރެޝަރެއް ނެތް. އިރާދަކުރެއްވިއްޔާ އަޝްފާގު އެންމެ ރަނގަޅަށް ފިޓްކޮށް އެވައިލަބަލް ވާނެ ސާފް ޗެމްޕިއަންޝިޕަށް،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ދަގަނޑޭ ފީފާގެ ސެންޗަރީ ކްލަބަށް ވަނުމަކީ އެފްއޭއެމްގެ ރައީސްގެ ބައްސާމްގެ ވެސް ވަރަށް ބޮޑު ވިސްނުންފުޅެއް ކަމަށެވެ. ސުޒޭން ބުނީ ދަގަނޑޭ އެކަން ކުރަން މަދުވެގެން އެއް އަހަރު ގައުމީ ޓީމަށް އަދި ކުޅެން ޖެހޭ ކަމަށެވެ.

"އެބަޖެހޭ 18 ވަރަކަށް މަސް ނޫނީ ދެ އަހަރު ވަރު ނޫނީ މަދުވެގެން އެއް އަހަރު ވަރު ކުޅެލަން. އޭގެ ތެރެއިން ސެންޗަރީ ކްލަބަށް ދެވޭނެ. އަޅުގަނޑު ހަމަގައިމުވެސް ފުޓްބޯޅައިގައި މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން އެންމެ ބޭނުންވާ އެއް ކަންތައް ރާއްޖޭގެ ކުޅުންތެރިއަކު ދެން ސެންޗަރީ ކްލަބަށް ދާއިރު އަޝްފާގު ދިއުން،" ދަގަނޑޭ އަށް މީގެ ކުރިން ދެ ކްލަބެއްގައި ވެސް ކޯޗުކޮށްދިން ސުޒޭން ބުންޏެވެ.

"ކުރިއަށް އޮތް އަހަރެއްގެ ތެރޭގައި އެފްއޭއެމާއި އަޝްފާގުގެ ކިބައިން އެދެނީ އަދި ކުރިއަށް އޮތްތަނުގައި ކޮންމެ މީހެއް ކޯޗަށް އައި ކަމުގައި ވިޔަސް އަޅުގަނޑު އެދެނީ އަޝްފާގަށް އެ ފުރުސަތު އޮންނާނެ ކަމަށް،"

ސާފްގެ މުބާރާތްތަކުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް އޮތް ދަގަނޑޭ އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕްގައި ކުޅުނީ 2015 ވަނަ އަހަރުގެ ފަހުކޮޅުގައި އިންޑިއާގެ ޓްރިވެންޑްރަމްގައި ބޭއްވި މުބާރާތުގަ އެވެ. ރާއްޖޭން އެންމެ ފަހުން 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގައި ބޭއްވި ސާފް ސުޒުކީ ކަޕް (ޗެމްޕިއަންޝިޕް) ކާމިޔާބުކުރި ޓީމުގައި ދަގަނޑޭ ނުހިމެނެ އެވެ.

ދަގަނޑޭ އަށް އޭރު ގައުމީ ކޯޗު ޕީޓާ ސެގާޓް ޓީމުން ފުރުސަތު ނުދޭން ފެށީ 2018 ވަނަ އަހަރު ކުރީކޮޅުގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސަށް ހާޒިރުނުވުމުން އަދަބެއްގެ ގޮތުންނެވެ. އޭގެ ފަހުން ގައުމީ ޓީމު ކުޅުނު ނުވަ މެޗުން ފުރުސަތެއް ނުދެ އެވެ. ދަގަނޑޭ އަށް ފުރުސަތު ނުދޭ މައްސަލައިގައި ސެގާޓްގެ ވާހަކަ އެކި ފަހަރު ހުރީ އެކި ގޮތަށެވެ.

ދޮޅު އަހަރަށް ފަހު 2019 ވަނަ އަހަރު ގައުމީ ޓީމުން އަލުން ފުރުސަތު ހޯދުމަށް ފަހު ދަގަނޑޭ އަންނަނީ ގަވާއިދުން ޓީމުގައި ހިމެނި ފުރަތަމަ އެގާރައިގައި ވެސް ގިނަ މެޗުތަކެއް ކުޅެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox