އެމެރިކާގެ ޖާސޫސީ ރިޕޯޓް: ކޮވިޑުގެ ހަގީގަތް އަދިވެސް ނޭނގޭ

ކޮވިޑް ފަތުރާ ވައިރަސް ލީކުވި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ޗައިނާގެ ލެބޯޓަރީ.-- ފޮޓޯ: އޭއެފްޕީ

ކޮވިޑް ފަތުރާ ވައިރަސް ލީކުވި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ޗައިނާގެ ލެބޯޓަރީ.-- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން، އެމެރިކާ (އޯގަސްޓު 25) - ކޮވިޑް ވައިރަސް އުފެދުނު ގޮތް ހޯދަން އެމެރިކާ އިން ހިންގި ތަހުގީގަށް ޗައިނާ އިން އެއްބާރުލުން ނުދިނުމުން އިތުރު މައުލޫމާތެއް ލިބިފައި ނެތް ކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ކޮވިޑް ވައިރަސް އުފެދުނު ގޮތް ހޯދަން ކުރާ މަސައްކަތް ދެ ގުނަކޮށް އަވަސް ތަހުގީގެއް ހިންގުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ޖާސޫސީ އޮފިޝަލުންނަށް އެންގެވީ މިދިޔަ މޭ މަހު އެވެ. އޭރުން އަންގާފައި ވަނީ 90 ދުވަސް ތެރޭ މަސައްކަތް ނިންމުމަށެވެ.

އެ ތަހުގީގަށް ފަހު ބައިޑެން އަށް ހުށަހެޅި ޖާސޫސީ ރިޕޯޓުގައި ވެސް ޔަގީން ކުރެވޭ މައުލޫމާތެއް ނެތް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތަށް ދިމާވީ ޗައިނާއިން ތަހުގީގަށް އެއްބާރުލުން ނުދިނުމުން ކަމަށް އޮފިޝަލުންނާ ހަވާލަދީ ބައެއް ނޫސްތަކުގައި ވެ އެވެ.

"ބައެއް މައުލޫމާތު ފޯރުކޮށްދޭން ޗައިނާ އިން ދެކޮޅު ހަދާ ނަމަ މިކަމުގެ ހަގީގަތެއް ދުވަހަކު ވެސް ނޭނގޭނެ،" އޮފިޝަލަކު ވޯލް ސްޓްރީޓް ޖާނަލް އަށް ވިދާޅުވި އެވެ.

މި ވައިރަހަކީ ޗައިނާގެ ވޫހާނުގެ ލެބޯޓަރީން ލީކުވި އެއްޗެއް ކަމަށް ބައެއް ޖާސޫސީ އޮފިޝަލުން ބުނި ނަމަވެސް އަނެއް ބައި އޮފިޝަލުން ބުނަނީ މިއީ ގުދުރަތީ ގޮތުން ޖަނަވާރުންގެ ގައިން އިންސާނުންނަށް ވާސިލްވި ވައިރަހެއް ކަމަށެވެ.

އެމެރިކާގައި ހުންނަ ޗައިނާ އެމްބަސީން ބުނީ ވައިރަހުގެ ހަގީގަތް ހޯދަން ކަމަށް ބުނެ، މިކަން ސިޔާސީ ނުކުރުމަށް ގޮވާލާ ކަމަށެވެ.

ޗައިނާގެ ވޫހާން ސިޓީއިން 2019 ވަނަ އަހަރުގެ ފަހުކޮޅު ފެނުނު ކޮވިޑް ބަލީގައި މުޅި ދުނިޔެއިން މިހާތަނަށް ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު، އެ ވައިރަސް ރަނގަޅަށް ދެނެގަންނަން ފުރިހަމައަށް ތަހުގީގެއް ކުރަން ޑަބްލިއުއެޗްއޯއަށް ދަނީ ޕްރެޝަރު ބޮޑުވަމުންނެވެ.

މިދިޔަ ޖެނުއަރީ މަހު ޑަބްލިއުއެޗްއޯއިން ވަނީ މިނިވަން، ބައިނަލްއަގްވާމީ މެމްބަރުން ހިމެނޭ ތަޖުރިބާކާރުންގެ ޓީމެއް ވޫހާންއަށް ފޮނުވާފަ އެވެ. ވައިރަސް ފެނުނުތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ޗައިނާއަށް ދިޔަ އެ ޓީމުން މަސައްކަތް ކުރީ ޗައިނާގެ ތަޖުރިބާކާރުންގެ ޓީމަކާ އެކު އެވެ.

ކޮވިޑް ފަތުރާ ވައިރަސް ދުނިޔެއަށް ފެތުރުނީ ވޫހާންގެ ލެބަކުން ލީކުވެގެން ކަމަށް ދެކެވޭ ވާހަކައަށް ލިބޭ ސަމާލުކަން ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ނެތް ކޮންސްޕިރެސީ ތިއަރީއެއް ކަމަށް ޗައިނާ ސަރުކާރުން ބުނެ އެވެ.

ޖެނުއަރީ މަހު ޑަބްލިއުއެޗްއޯ އާއި ޗައިނާއިން ހިންގި ތަހުގީގުގައި ބުނީ ވައިރަސް ފެތުރުނީ ލެބަކުން ލީކުވެގެން ކަމަށް ބެލުމުގެ ފުރުސަތު ކުޑަ ކަމަށެވެ. އެ ތަހުގީގަށް އިޝާރާތްކޮށް ޗައިނާއިން ވެސް ބުނަމުން ދަނީ އެއީ ދިމާވުން ނާދިރު ކަމެއް ކަމަށެވެ.

ނަމަވެސް ޖުލައި މަހުގެ ކުރީކޮޅު ޑަބްލިއުއެޗްއޯއިން ބުނީ އެ ތަހުގީގުގެ ދެ ވަނަ މަރުހަލާ ފަށަން ޖެހޭ ކަމަށެވެ. އެ މަރުހަލާގައި ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި ހިމެނެނީ ޗައިނާގެ ލެބުތައް އޮޑިޓް ކުރުމެވެ. އެގޮތަށް ޑަބްލިއުއެޗްއޯއިން އިއުލާނު ކުރިއިރު، އެމެރިކާއިން ދަނީ ވޫހާންގައި ހުންނަ ބަޔޯޓެކް ލެބެއް ރަނގަޅަށް ބަލަން ބާރު އަޅަމުންނެވެ.

ޗައިނާއިން ބުނީ ޑަބްލިއުއެޗްއޯގެ ހުށަހެޅުމަކީ އެ ގައުމަށް "އިހްތިރާމް ކުޑަ" އަދި "ސައިންސްގެ ހޯދުންތަކަށް ނުބަލައި" ހުށަހެޅި ހުށަހެޅުމެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox