ހަމަލާއަށްފަހު ހައްޔަރުކުރި ބައެެއް މީހުންގެ ޝަރީއަތް ފަށައިފި

މިއަދު ޝަރީއަތް ފެށި ނާޒިމް އަދި ޔާސީން: މި ދެ މީހުންނަކީ ވެސް ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ދެ މީހުން --

މިއަދު ޝަރީއަތް ފެށި ނާޒިމް އަދި ޔާސީން: މި ދެ މީހުންނަކީ ވެސް ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ދެ މީހުން --

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ބައެއް މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޝަރީއަތް ފަށައިފި އެވެ.

އެގޮތުން، މިއަދު ވަނީ އެ އޮޕަރޭޝަނުގައި މާލޭން ހައްޔަރުކުރި ތިން މީހެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ ފުރަތަމަ މަރުހަލާ ކަމަށްވާ އިބްތިދާއީ އަޑުއެހުންތައް ފަށައިފަ އެވެ.

އެއީ، އއ. މާޅޮސް، އަސަރީގެ މުހައްމަދު ނާޒިމާއި ދަފްތަރު ނަންބަރު 1326 ހަސަން ޔާސީން އަދި ހުޅުމާލެ ފްލެޓް 07-3-56 މުހައްމަދު ޒޫމާލް ޒަރީރުގެ އަޑުއެހުންތަކެވެ.

Advertisement

މި ތިން މީހުންގެ މައްޗަށް ވެސް އުފުލާފައިވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ދައުވާ އެވެ. ތިން މީހުންގެ ދައުލަތުން މައްސަލަ ހުށަހަޅާފައިވަނީ އެއް ދައުވާ ފޯމަކުންނެވެ.

ނަމަވެސް، މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ކުރިއަށް ގެންދަނީ ވަކިވަކިންނެވެ. ޝަރީއަތުގެ މަރުހަލާ ގެންދިޔުމަށް ހަމަޖެހިފައިވަނީ އެންމެންގެ މައްޗަށް އެއް އަޑުއެހުންތަކެއްގެ ގޮތުގަ އެވެ.

މިއަދުގެ އަޑުއެހުމުގައި ނާޒިމް: އޭނާއަށް ވަކީލަކު ހޯދަން މުއްދަތެއް ދިން
މިއަދުގެ އަޑުއެހުމުގައި ނާޒިމް: އޭނާއަށް ވަކީލަކު ހޯދަން މުއްދަތެއް ދިން

މިއަދުގެ އަޑުއެހުމުގައި ނާޒިމް: އޭނާއަށް ވަކީލަކު ހޯދަން މުއްދަތެއް ދިން

މިއަދު ހެނދުނު މުހައްމަދު ނާޒިމްގެ މައްސަލާގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އޭނާ ވަނީ ލިޔުންތައް ލިބިފައިވާ ކަމާއި ވަކީލަކު ހޯދުމަށް ފުރުސަތު ދިނުމަށް އެދިފަ އެވެ. އޭނާ އެދުނީ އެކަމަށް ތިން ދުވަސް ދިނުމަށެވެ. އެހެންވެ، މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު، އެ މުއްދަތު ނާޒިމަށް ދިނެވެ.

ދެން ބޭއްވީ ޔާސީންގެ ފުރަތަމަ އިބްތިދާއީ އަޑުއެހުމެވެ. އެ އަޑުއެހުމަށް ޔާސީން ހާޒިރުވެ އިނީ އޭނާގެ ވަކީލް އަބްދުﷲ އަލީއާއެެކު އެވެ. ދައުލަތުން ވަނީ އަޑުއެހުމުގައި އޭނާގެ މައްޗަށް ދައުވާ އިއްވައިފަ އެވެ.

އެ ދައުވާގައި ބުނަނީ ރާއްޖޭގައި ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅޭ ބަޔަކު ހަމަލާއެއް ދިނުމަށް ރާވަމުންދާ ކަމުގެ އިންޓެލް މައުލޫމާތެއް ލިބުމާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނުގައި ޔާސީން ދިރިއުޅޭ ގެ ބަލާފާސްކޮށްފައިވާ ކަމަށެވެ. އަދި، އޭނާ ގެންގުޅޭ ސެމްސަންގް ފޯނުން ޓެރަރިސްޓް ޖަމާއަތެއް ކަމަށް ރައީސް ކަނޑައަޅުއްވާފައިވާ ބައެއްގެ ފޮޓޯތައް ފެނިފައިވާ ކަމަށެވެ.

އެ ދައުވާއަށް ޔާސީން އިންކާރު ކުރި އެވެ. އެހެންވެ، ދައުލަތުން ވަނީ އޭނާގެ މައްޗަށް ހެކި ހުށަހަޅާފަ އެވެ. އެގޮތުން ބައެއް ސިއްރު ހެކިންނާއި ފުލުހުންގެ ރިޕޯޓްތަކާއި އޮފިސަރުން ހެކީގެ ގޮތުގައި ހުށަހެޅި އެވެ. ދިފާއުގައި ހެކި ހުށަހެޅުމަށް ޔާސީންއަށް ފުރުސަތުދީ، އެކަން ދެން އޮންނަ އަޑުއެހުމަކަށް ގާޒީ ތާވަލު ކުރެއްވި އެވެ.

ދައުވާ ލިބޭ ތިންވަނަ މީހާ ކަމަށްވާ މުހައްމަދު ޒޫމާލް ޒަރީރުގެ އަޑުއެހުން މިއަދު ކުރިއަށް ގެންދެވިފައެއް ނުވެ އެވެ. އެއީ، އޭނާ މިއަދު ކޯޓަށް ހާޒިރު ނުކުރެވުމުންނެވެ.

ކްރިމިނަލް ކޯޓުން މައުލޫމާތު ދިން ގޮތުގައި، މިއަދުގެ އަޑުއެހުމަށް ޒޫމާލް ހާޒިރުކުރުމަށް އަންގައި އަމުރު ފޮނުވީ ފުލުހުންނަށެވެ. ނަމަވެސް، އޭގެފަހުން އޭނާ ވަނީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ބަދަލުކޮށްފަ އެވެ. އެހެންވެ، ޒޫމާލް މިއަދު ކޯޓަށް ހާޒިރުކުރުމުގެ އަމުރު ކަރެކްޝަނަލް ސާވިސްއަށް ލިބިފައި ނެތުމުން، އޭނާ ހާޒިރު ނުކުރެވުނީ އެވެ.

ހަމަލާއަށްފަހު ހިންގި ހަރުކަށި ފިކުރާ ދެކޮޅު އޮޕަރޭޝަނުގައި އައްޑޫ ސިޓީން ހައްޔަރުކުރި މީހުންގެ ތެރެއިން މީހެއްގެ މައްޗަށް ވެސް އިއްޔެ ވަނީ ކްރިމިނަލް ކޯޓުގައި ޝަރީއަތް ފަށައިފަ އެވެ. އެއީ، ގއ. ކޮލަމާފުށީ، ވިކްޓްރީ މަފްތޫހު ސައީދުގެ ޝަރީއަތެވެ. އޭނާގެ މައްޗަށް ވެސް އުފުލާފައިވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ދައުވާ އެވެ.

މަފުތޫހު: އޭނާގެ މައްޗަށް އިއްޔެ ވަނީ ކުރިމިނަލް ކޯޓުގައި ޝަރީއަތް ފަށާފައި
މަފުތޫހު: އޭނާގެ މައްޗަށް އިއްޔެ ވަނީ ކުރިމިނަލް ކޯޓުގައި ޝަރީއަތް ފަށާފައި

މަފުތޫހު: އޭނާގެ މައްޗަށް އިއްޔެ ވަނީ ކުރިމިނަލް ކޯޓުގައި ޝަރީއަތް ފަށާފައި

ދައުވާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން އިއްޔެ ކޯޓުގައި ކުރިއަށް ދިޔައިރު އޭނާގެ މައްޗަށް ދައުވާ އިއްވައި، ދައުވާއަށް އިންކާރުކޮށްފައިވެ އެވެ.

މަފްތޫހު ސައީދަކީ އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ހުއްޓައި، ދަށު ކޯޓުން ދޫކޮށްލުމަށް އަމުރުކުރި ފަސް މީހުންގެ ތެރޭ ހިމެނޭ މީހެކެވެ. އޭނާއާއެކު ފަސް މީހުން އަލުން ހައްޔަރުކުރުމަށް ހައިކޯޓުން ހުކުމްކޮށްފައިވަނިކޮށް، އެ ހުކުމް ބާތިލްކޮށް މަފްތޫހު ބަންދުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން އަމުރުކުރި އެވެ. އެއީ، އިންޓެލް ރިޕޯޓް ފިޔަވައި އިތުރު ހެއްކެއް އޭރު އޭނާގެ މައްޗަށް ނެތުމުންނެވެ.

ނަމަވެސް، އޭގެ ފަހުން އަނެއްކާވެސް ފުލުހުން ވަނީ މަފްތޫހު ހައްޔަރުކޮށްފަ އެވެ.

ނަޝީދަށް ދިން ހަމަލާއަށްފަހު ފުލުހުން ހިންގި އޮޕަރޭޝަނުގައި މާލެ، ހުޅުމާލެ އަދި އައްޑޫ ސިޓީން މީހުން ހައްޔަރުކުރި އެވެ. ނަމަވެސް، އެއީ ޖުމްލަ ކިތައް މީހުން ކަމެއް ފުލުހުން ސާފެއް ނުކޮށްދެ އެވެ. އެ އޮޕަރޭޝަނުގައި ހައްޔަރުކުރި ބައެއް މީހުންގެ މައްޗަށް ފަހުން ވަނީ ނަޝީދަށް ދިން ހަމަލާގެ ތުހުމަތު ކުރެވި، އެ ތަހުގީގު ވެސް ފަށައިފަ އެވެ.

ހަމަލާއާ ގުޅިގެން މިހާތަނަށް ދައުވާ އުފުލާފައިވަނީ ހަތަރު މީހެއްގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ވެސް ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގަން މިދިޔަ ހޮނިހިރު ދުވަހު ވަނީ ފަށައިފަ އެވެ. އެއީ، އަދުހަމް އަހުމަދު ރަޝީދު، 25، އާއި މުޖާޒް އަހްމަދު 21، އާއި ތަހުމީން އަހްމަދު، 32 ގެ އިތުރުން، އަލީ ހައިޝަމްގެ މައްޗަށެވެ. މީގެ ތެރެއިން އަލީ ހައިޝަމްއަކީ ހަރުކަށި ފިކުރާ ދެކޮޅު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox